އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަލަށް ލާ ދުވަސް ދެކެން ކެތް މަދުވެފައި ހުރި ކަމަށް ޓްރަމްޕަށް ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ފާޑު ކިޔަމުން އަންނަ ހޮލީވުޑްގެ އެކްޓަރ އަދި ޕްރޮޑިއުސާ ރޮބާޓް ޑެ ނިރޯ ބުނެފިއެވެ.

ޓްރަމްޕުގެ ސިޔާސަތުތަކަށް އެ ގައުމުގެ ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، ރޮބާޓް ވަނީ މިދިޔަ އަހަރު އޮތް ޓޯނީ އެވޯޑްސް ހަފްލާގައި ވާހަކަ ދައްކަމުން ޓްރަމްޕް އާއި ދިމާލަށް ހަޑިހުތުރު ބަސްތައްވެސް ބޭނުންކޮށްފައެވެ. މިހެން ކަންތައް ކޮށްފައި ވަނީ ހަމައެކަނި ރޮބާޓް އެއް ނޫނެވެ. އެ ގައުމުގެ ގިނަ ރައްޔިތުން ޓްރަމްޕަށް މިހާރު ނަފްރަތު ކުރެއެވެ.

ރޮބާޓް

"ދިމާވެގެން މި އުޅޭ މައްސަލަ އަކީ ޓްރަމްޕް އަށް ހީވަނީ އޭނާ އަކީ ގޭންގުސްޓާރެކޭ. އެކަމަކު އޭނާ އެއީ ގޭންގުސްޓާރެއްވެސް ނޫން. އެމީހުންގެ މެދުގައިވެސް ވަކި އުސޫލުތަކެއް ހުރޭ. ޓްރަމްޕް މިއީ އެއަށް ވުރެންވެސް ދަށް ފަންތީގެ މީހެއް" ރޮބާޓް ބުނެފައިވެއެވެ.

ދާދި ފަހުން ޔޫކްރޭނުގެ ރައީސް އަށް ޓްރަމްޕް ވަނީ މަގާމުގެ ނުފޫޒް ބޭނުންކޮށްގެން އޭނާގެ އަމިއްލަ މަސައްކަތްތަކެއް ކުރަން ޕްރެޝަރު ކޮށްފައެވެ. މިކަން ފާހަގަކޮށް ރޮބާޓް ބުނެފައި ވަނީ ޓްރަމްޕް މި ދުނިޔެ ދޫކުރާތަން ބަލަން އަދި ބޭނުން ނުވާ ކަމަށާއި، ބޭނުންވަނީ އޭނާގެ ކުށްތަކަށް ހައްގު އަދަބު ލިބިގަންނަން ޓްރަމްޕް ޖަލަށް ލާ މަންޒަރު ދެކެން ކަމަށެވެ. އަދި އެ މަންޒަރު ބަލަން ކެތްމަދުވެފައި ހުރި ކަމަށްވެސް ރޮބާޓު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު