ފުރާނައަށް ނުރައްކާވާ، ނުރައްކާތެރި ބައްޔެއް ކަމަށްވާ ހިމަބިހި ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވެފައިވާތީ، އެ ބަލީގެ ނުރައްކާ މުޅި ދުނިޔެއަށްވެސް އެބަ އޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.
ޖެނީވާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޑަބްލިއުއެޗްއޯގެ ޑިޕާޓްމެންޓް އޮފް އިމިއުނިޒޭޝަންގެ ޑިރެކްޓަރު ޑރ. ކޭޓް އޮބްރިއެން ވިދާޅުވީ މިއަހަރުގެ މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިމަ ބިހި ޖެހުނު މީހުންގެ އަދަދު 364،808 އަށް އަރާފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ތިން ގުނަ އިތުރު އަދަދެއް ކަމަށާއި މިއަހަރަކީ 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެބަލި ޖެހިގެން ރިޕޯޓުކޮށްފައިވާ އަހަރު ކަމަށެވެ.
ހިމަ ބިހި ފެތުރެމުންދާ ގައުމުތަކުގެ ތެރޭގައި ޗެކް ރިޕަބްލިކާއި ކޮންގޯ އިނގިރޭސި ވިލާތްވެސް ހިމެނެއެވެ. އަދި ހިމަ ބިހި ނައްތާލެވިފައިވާ ގައުުމުތަކުގެ ލިސްޓުން ބައެއް ގައުމުތައް އުނިކުރަން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. މީގެތެރެއިން ކޮންގޯއިން މިއަހަރު އެކަނިވެސް 4000 އަށްވުރެ ގިނަ މީހުން ވަނީ ހިމަބިހި ޖެހިގެން މަރުވެފައެވެ.
ޑރ. އޯބްރިއެން ވިދާޅުވި ގޮތުގައި އެބަލި ފެތުރެމުން ދަނީ ކުޑައިރު އެބައްޔަށް ވެކްސިން ނުޖެހުމުގެ ސަބަބުންނެވެ.
"ދުނިޔޭގެ ހުރިހާ ބައްރެއްގައިވެސް މި ބަލި ފެތުރެމުން އެބަދޭ. އެކި ގައުމުތަކުގައި މިބަލީގެ ސަބަބުން މީހުން މަރުވަމުން އެބަދޭ.،" ޑރ. އޯބްރިއެން ވިދާޅުވެފައިވެއެވެ.
ހިމަބިއްސަށް ޖަހާ ވެކްސިނަކީ ދެ ޑޯޒަކަށް ދޭ އެއްޗެކެވެ. އެއީ އުމުރުން އެއް އަހަރުގައި އެ ވެކްސިން، އަދި އުމުރުން ތިން އަހަރުގެ އެއް ވެކްސިނެވެ. ޑަބްލިއު އެޗްއޯއިން ބުނާ ގޮތުގައި މުޅި ދުނިޔޭގެ އާބާދީގެ %95 މީހުން އެ ވެކްސިން ޖަހަން ޖެހެއެވެ. ނަމަވެސް ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަނީވެސް %86 ޕަސެންޓު މީހުންނެވެ. އަދި ދެވަނަ ވެކްސިން ޖަހަނީ %70 ޕަސެންޓު މީހުން ކަމަށެވެ.
މަގޭ ގައިގަވެސް އެބަހުރި ހިމަބިހި
"ޑރ. އޯބްރިއެން ވިދާޅުވި ގޮތުގައި އެބަލި ފެތުރެމުން ދަނީ ކުޑައިރު އެބައްޔަށް ވެކްސިން ނުޖެހުމުގެ ސަބަބުންނެވެ." އަދިވެސް ވެކްސިން ނުޖަހާތި. ރާއްޖޭގައިވެސް އެބައުޅޭ ވެކްސިންއާއި ދެކޮޅު އެތައްބަޔަކު. ބުނާނެ ވެކްސިންގެ ސަބަބުން އޯޓިސަމް ޖެހެނީއޭ. ހީވަނީ ޖެނެޓިކްސްއިން ޕީއެޗްޑީއެއް ހޯދާފައިވާ ރިސާޗަރުންތަކެއްހެން. ކިތަންމެވަރަކަށް ގަމާރުވިޔަސް އެކަމެއް ގަބޫލެއް ނުކުރާނެ.
ޥެކްސިން ޖަހާފަހުއްޓަސް ހިމަބިހި ޖެހިދާނެ ކަމަށް މާހިރުން ބުނޭ! ޟައްސަލައަކީ ތޮއްޖެހިފައި އޮތުން !އެކަމުގެސަބަބުން ބަލިފެތުރުން އިތުރުވެގެންދާނެ!
ހިމަބިހި އަކީ ޖެހުމުން ވަރަށް ފައިދާ ކުރާ ބައްޔެއް. ދިފާއީ ގޮތުން ބަރުގަދަވާނެ