ސީރިޔާގައި ހަރަކާތްތެރިވަމުން އަންނަ ނިރުބަވެރި ޖަމާއަތެއް ކަމުގައިވާ އައިސިސްގެ ހަނގުރާމަވެރިން ގަދަކަމުން ގެންގުޅުނު 800 އެއްހައި އަނބިންނާއި ދަރިން ފިލައިފިއެވެ.

މިހައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ފިލާފައި މިވަނީ އެމީހުން ޖަލެއްހެން ބައިތިއްބަމުން އައި އައިން އިއްސާ ކޭމްޕައް ތުރުކީ އާއި އެ ގައުމަށް ވާގިވެރިވާ ފަރާތްތަކުން އެ ކޭމްޕަށް އަމާޒުކޮށް ހަމަލާދިން ވަގުތުގައެވެ.

އައިސިސް އިން އަދިވެސް ސީރިޔާގެ އެކި ދިމަދިމާލުގައި ހަރަކާތްތެރިވަމުން އަންނައިރު، މި ހަމަލާ ދިން ވަގުތު އެ ކޭމްޕުން ފިލާފައިވާ 800 އެއްހައި މީހުންނަކީ ސީރިޔާ އަށް ނިސްބަތްވާ ބައެއް ނޫނެވެ.

މި ހަމަލާ އާއި އެކު ކޭމްޕުން މީހުންތައް ދުވެ ފިލާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް އާއްމުވެފައި ވާއިރު، ތުރުކީ ސިފައިންނާއި ސީރިޔާގެ ކުރުދީންގެ މެދުގައި މިވަގުތުވެސް ހަމަލާތައް ދަނީ ބަދަލު ކުރަމުންނެވެ. މިއީ އައިސިސްގެ ކޭމްޕެއް ނަމަވެސް އެތަނުގައި ފޯރި މަރަމުން ދަނީ ކުރުދީ ހަނގުރާމަވެރިންނެވެ.

ރިޕޯޓުތައް ބުނާގޮތުން ފިލި މީހުންގެ ތެރޭގައި އިނގިރޭސި ވިލާތަށް ނިސްބަތްވާ ޓޫބާ ގޮންޑަލް އާއި އޭނާގެ 2 ދަރިންވެސް ހިމެނެއެވެ. ޓޫބާ އަކީ ޝަމީމާ ބޭގަމް ސީރިޔާ އަށް ގެންދިއުމަށް ޝަމީމާގެ ބޮލަށް އެރުނު ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން އަންނަ މީހެކެވެ.

ތުރުކީ އިން ދޭ ހަމަލާތަކުގައި ސީރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން އެ ގައުމަށް ވާގިވެރިވަމުން އަންނައިރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޢާން ދާދި ފަހުން ވަނީ ކުރުދީންނާއި ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަން ހުއްޓައިނުލާނޭ ކަމަށް ބުނެފައެވެ.

"އަހަރެމެން މަޑުކޮށްގެން ނުތިބޭނަން. ތުރުކީއިން މި ތަޅާލުމުން ދުރަކަށް ނުދާނެ ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް. އެމެރިކާއާއި ޔޫރަޕުން ބުނަނީ އަހަރެމެން ކުރުދީން މަރަނީ އޭ. ހަގީގަތަކީ ކުރުދީންނަކީ އަހަރެމެންގެ އަޚުން. އަހަރެމެންގެ ހަނގުރާމައަކީ ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމަ." ހުކުރު ދުވަހު އުރްދުޢާން ވިދާޅުވިއެވެ.

ތުރުކީ ސިފައިން އަންނަނީ އެ ގައުމާއި ސީރިޔާ ގުޅޭ ބޯޑަރުގައި ވަރަށް ވަރުގަދަ އަށް ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ޢުލާ

  ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އެކަނބަލުން އެހާލުގަޖެއްސި ނިރުބަވެރި އެއްޗިހިންތައް ނެތިކުރައްވާދޭވެ.

  61
  12
 2. އައިލަވްއައިސިސް

  الحمد لله

  46
  3
 3. ނަމަ

  އަނބިންނަން ވެސް ކެއްނުވާވަރުވީމަ ފިލާނެތާދޯ

  31
  9
 4. ކެނެ:^

  އަނބިންތަ ނޫނީ ގަދަކަމުން އަޅުވެތިކޮށްގެން އަމިއްލަ ބޭނުމަށް ގެންގުޅުން އަޅުންތަ؟

  25
  8
  • ވާނުވާ

   ހަލާލު އަނބިން އަޅުވެތި ކޮށްގެން ގެންގުޅުނު އަޅުންނެއްނޫން

   10
   13
   • ހަބަރު

    ހަލާލުކަން އިނގޭނީ ތިއިން މީހަކާ ދިމާވީމަ. ކަލޭމެންނަކީ ޝަރީއާގައި ހިފަހައްޓައިގެން އުޅޭ ބައެއްނޫން. އަންހެނަކު ގެނެސްސަ އެހެން ދަނިކޮށް ފެންނަ ފިރިހެނަކު ވައްދާފަ ބުނާނެ މީމަގެ އަނބިއޭ އެވަގުތު އެ ހެދުމުގެ ތެރޭއޮތި\ީ ކާކުކަންވެސް އެނގުމަކާނުލާ ކައިވެނިކުރެވުނީ. ކޮބާ ޝަރީއާގަ ވާ ވަލީދިނުމާއި ރަންކިއުމާ މިހިރަ މިހިރަ ކަންކަން

    16
    5
   • މޮޔައެނޮނިމަސް

    ނިންޖާއިން ހައްހާ

    4
    6
 5. އަޅުގަނޑު

  މާތްﷲ އެންމެހާ މުސްލިމުން އަބަދުވެސް ރައްކާތެރިކޮށް ދެއްވަވާށި އާމީން

  9
  1