ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީން ފަށާފައިވާ އަސްކަރީ ހަނގުރާމައާ ގުޅިގެން އެމެރިކާގެ ރައީސް ރުޅި ގަދަވެ، އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ޓްރަމްޕް ބުނެފައިވަނީ ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ކޮންގްރެސްގެ މެމްބަރުންނާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އެމެރިކާއިން ތުރުކީއާ ދެކޮޅަށް މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން ނިންމާފައިވަނީ ސީރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައިސިސްގެ ހަނގުރާމަވެރިން ގަދަކަމުން ގެންގުޅުނު 800 އެއްހައި އަނބިންނާއި ދަރިން ފިލައިގެން މިނިވަންވެފައިވަނިކޮށެވެ. އެމީހުން މިނިވަންވެފައިވަނީ ތުރުކީން ދެމުންދާ ހަމަލާތަކުގެ ސަބަބުންނެވެ.

މިހައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ފިލާފައި މިވަނީ އެމީހުން ޖަލެއްހެން ބައިތިއްބަމުން އައި އައިން އިއްސާ ކޭމްޕައް ތުރުކީ އާއި އެ ގައުމަށް ވާގިވެރިވާ ފަރާތްތަކުން އެ ކޭމްޕަށް އަމާޒުކޮށް ހަމަލާދިން ވަގުތުގައެވެ.

އައިސިސް އިން އަދިވެސް ސީރިޔާގެ އެކި ދިމަދިމާލުގައި ހަރަކާތްތެރިވަމުން އަންނައިރު، މި ހަމަލާ ދިން ވަގުތު އެ ކޭމްޕުން ފިލާފައިވާ 800 އެއްހައި މީހުންނަކީ ސީރިޔާ އަށް ނިސްބަތްވާ ބައެއް ނޫނެވެ.

މި ހަމަލާ އާއި އެކު ކޭމްޕުން މީހުންތައް ދުވެ ފިލާ މަންޒަރު ދައްކުވައިދޭ ފޮޓޯތައް އާއްމުވެފައި ވާއިރު، ތުރުކީ ސިފައިންނާއި ސީރިޔާގެ ކުރުދީންގެ މެދުގައި މިވަގުތުވެސް ހަމަލާތައް ދަނީ ބަދަލު ކުރަމުންނެވެ. މިއީ އައިސިސްގެ ކޭމްޕެއް ނަމަވެސް އެތަނުގައި ފޯރި މަރަމުން ދަނީ ކުރުދީ ހަނގުރާމަވެރިންނެވެ.

ރިޕޯޓުތައް ބުނާގޮތުން ފިލި މީހުންގެ ތެރޭގައި އިނގިރޭސި ވިލާތަށް ނިސްބަތްވާ ޓޫބާ ގޮންޑަލް އާއި އޭނާގެ 2 ދަރިންވެސް ހިމެނެއެވެ. ޓޫބާ އަކީ ޝަމީމާ ބޭގަމް ސީރިޔާ އަށް ގެންދިއުމަށް ޝަމީމާގެ ބޮލަށް އެރުނު ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުން އަންނަ މީހެކެވެ.

ތުރުކީ އިން ދޭ ހަމަލާތަކުގައި ސީރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތަކުން އެ ގައުމަށް ވާގިވެރިވަމުން އަންނައިރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރްދުޢާން ދާދި ފަހުން ވަނީ ކުރުދީންނާއި ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަން ހުއްޓައިނުލާނޭ ކަމަށް ބުނެފައެވެ.

"އަހަރެމެން މަޑުކޮށްގެން ނުތިބޭނަން. ތުރުކީއިން މި ތަޅާލުމުން ދުރަކަށް ނުދާނެ ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް. އެމެރިކާއާއި ޔޫރަޕުން ބުނަނީ އަހަރެމެން ކުރުދީން މަރަނީ އޭ. ހަގީގަތަކީ ކުރުދީންނަކީ އަހަރެމެންގެ އަޚުން. އަހަރެމެންގެ ހަނގުރާމައަކީ ނިރުބަވެރި ޖަމާޢަތްތަކާ ދެކޮޅަށް ކުރާ ހަނގުރާމަ." ހުކުރު ދުވަހު އުރްދުޢާން ވިދާޅުވިއެވެ.

ތުރުކީ ސިފައިން އަންނަނީ އެ ގައުމާއި ސީރިޔާ ގުޅޭ ބޯޑަރުގައި ވަރަށް ވަރުގަދަ އަށް ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދދދދދދ

    ކޮބާ! އަބަދުވެސް މަމިކިޔަނީ އައިއެސްއަކީ ޔަހޫދީ ޖަމާއަތެކޭ. މުސްލިމުންގެ ނަމުގަ ތިބެގެން މުސްލިމުންގެ ލޭއޮހޮރުވާ ހަދަނީ މުސްލިމުނަގެ އަގު ވައްޓާށޭ.

    26
    5
  2. ޕިސްޕިސް

    އައިއެސް އާ ދެކޮޅަކަށް ނޫނޭ ތުރުކީން ހަގުރާމަ ކުރަނީ އެއް. ކުރުދީންނާ ދެކޮޅަށޭ.

    11
  3. އައްޔު

    އެހެންތާވާނީ އައިސިސް އަކީ ސީއައިއޭގެ އުފެއްދުމެއް ވިއްޔާ ރުޅިއަންނާނެ ނޫންތަ

    13
    3
  4. ޯއިޖާ

    އުރުދުގާން ، ހާލުގަޖެހިފައިވާ މުސްލިމްއުހުތުންނާއި ޅަދަރިން ، އެނުލަފާ ކުރުދީންގެ އަތްދަށުން ސަލާމަތްކޮއްދިނީތީވެ، މުސްލިމުންނޭކިޔައިގެން މިއުޅޭ "ލާދީނީޑިމޮކުރެސީ މެދުދީނެއް" ހަދައިގެން އުޅޭ މީހުންނައް ވަރަށް އަސަރުކޮއްފިދޯ

    11
    2
  5. ފަރުދާ

    މާތްކަލާކޯ! އައިއެސް ޖަމާޢަތުގެ ތެރޭގައި ތިބޭނެ އެމެރިކާ އާއި ޔަހޫދީންގެ އިންޓެލިޖެންސް އޮފިސަރުންވެސް އައި.އެސް. ހަނގުރާމަވެރިންނާއި، އެމީހުންގެ އަނބީންގެ ގޮތުގައި. އެހެންވީމާ އެމެރިކާ އަކަށް ކެތެއް ނުކުރެވޭނެ އައި.އެސްއަށް ގެއްލުންވާތަން ބަލާކަށް. ޙަޤީޤަތަކީ އައިއެސް ގެ މުޅި ޙަރަކާތަކީ އިސްލާމީ ދުނިޔެ ނައްތާލުމަށް ޖިހާދީ ނަމުގައި ހިންގައިގެން އުޅޭ ބޮޑު ޖަރީމާއެއްކަން! ޢުރުދުޤާން އަށް ކާމިޔާބު ދެއްވައި! އެމެރިކާ އާއި ހުޅަނގުން ފަޟީހަތް ކުރައްވާންދޭވެ!

    7
    1
  6. އަލީ އިބްރާހިމް

    މީނަ ރުޅިގަދަވާނެތާ އެއީ މީނަ މުސްލިމުން މަރަން ހަދައިފައިވާ ގުރޫޕެއްވިއްޔާ