އިންޑިއާގެ އަހުމަދާބާދުގައި ހަތް އަހަރުގެ ކުޑަކުއްޖަކާ ބެހެން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ހަތް އަހަރުގެ ކުއްޖާއާ ބެހުނީ އުމުރުން 19 އަހަރުގެ ޒުވާން ފިރިހެނެކެވެ. އަދި އޭނާއަކީ ކާންޕުރުގައި ހުންނަ ކެފޭއެއްގައި ވެއިޓަރަކަށް އުޅޭ މީހެއް ކަމަށް ޚަބަރުތައް ބުނެއެވެ.

ކާންޕުރުގެ ތަލްޓޭޖް ސަރަހައްދުގައި ހިނގި މިހާދިސާގައި 19 އަހަރުގެ އެ ފިރިހެން މީހާ ކުޑަކުއްޖާއާ ބެހުނީ ކުއްޖާގެ ގޭގެ ބޭރުގައި ނިދާފައި އޮއްވައެވެ. އެވަގުތު ކުއްޖާގެ ބެލެނިވެރިންވެސް ތިބީ ކުއްޖާގެ ކައިރީގައި ނިދާފައި ކަމަށް މައުލުމާތު ލިބެއެވެ.

ކުޑަކުއްޖާއާ ބެހުނު މަންޒަރު ފެނިފައިވަނީ ކުއްޖާގެ ބައްޕައަށެވެ. ކުއްޖާގެ ބައްޕަ ބުނި ގޮތުގައި އޭނާ ހޭލި އިރު 19 އަހަރުގެ ފިރިހެނާ އޮތީ އޭނާގެ ދަރިފުޅު ގައިމަތީގައެވެ. އެވަގުތު އެކުއްޖާ ބައްޕައާއި މަންމައަށް ގޮވަމުންދިޔަ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

މިމައްސަލާގައި ތުހުމަތު ކުރެވޭ މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފިލާވަޅު

    ކަލޯ ތިޔަމީހުން ނުވިހާ ކުދިންނާވެސް ބެހެން އުޅެފާނެ

    8
    1
  2. ޙަވަޙަވag

    އަލަށް ވިއްޔަ އިންޑިޔާގަ މިކަހަލަ ކަމެއްމިވީ ނޫހުގަ ޖަހަން??

    7
    2