ދުނިޔޭގެ އެންމެ ދެވަނަ އަށް އެންމެ ބޮޑު ޖަޒީރާ ގައުމުކަމަށްވާ ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ފިލިޕީންސަށް އައިސްފައިވަނީ 6.4 މެގްނިޓިއުޑްގެ ބިންހެލުމެކެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި އެ ބިން ހެލުން އައިސްފައިވަނީ އެގައުމުގެ ސެންޓޯސް، މިންޑަނާއޯގެ 40 މޭލު އުތުރުންނެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ ބިރެއް ނެތް ކަމަށް އެ އިދާރާއިން ބުނެއެވެ. ނަމަވެސް ހަވާއީގައި ހުންނަ ޕެސިފިކް ސުނާމީ ސެންޓަރުން ވަނީ އެ ބިންހެލުމުގެ ސަބަބުން 6.7 ފޫޓުގެ ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ޖިއިލޮޖިކަލް ސާވޭއިން ބުނެފައިވާ ގޮތުގައި އެ ބިންހެލުން އައިސްފައިވަނީ ބިމުގެ 14 ކިލޯމީޓަރު އަޑިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ޞުބުޙާނަﷲ، ދުނިޔެ ނިމުން ގާތްވެ އްޖެ، ހުރިހާ ލޮބުވެތި މުސްލިމް އަޚުންނާ އި އުޚުތުން، މާތްﷲ އަށް ބިރުވެތިވޭ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަލިފާން ފަރުބަދަތަށް ގޮވުމާ އި، ޠޫފާންތަ އް އައއއ އުމާ އި ޒަލްޒަލާތަށް މިދަނީ ގާތްގާތުން އަންނަމުން، މިކަންކަމަކީ ދުނިޔެ ނިމުމުގެ ޢަލާމާތްތަ އް ކަމުގަ އި ކީރިތި ޤުރު އާނުގަ އި އަ އިސްފަވޭ، ވީމާ ކީރިތި ޤުރު އާނާ އި މާތްނަބި އްޔާގެ ސުންނަތަ އް އުރެދިފަ އިވާ މީހުން ތަ އުބާވެ މާތްﷲގެ މަގަށް ރުޖޫޢަ ވުމަށް ނަޞޭޙަތްތެރިވެ ވަޞި އްޔަތް ކުރަން.

    26
  2. ާާީކީކޭބުނާނީ

    ތައްޔާރުވޭ އަޙުންނޭ!

    10
  3. ކީކޭބުނާނީ

    އަޚުންނޭ ތައްޔާރުވޭ!

  4. Anonymous

    ޞުބުޙާނަﷲ، ދުނިޔެ ނިމުން ގާތްވެ އްޖެ، ހުރިހާ ލޮބުވެތި މުސްލިމް އަޚުންނާ އި އުޚުތުން، މާތްﷲ އަށް ބިރުވެތިވޭ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އަލިފާން ފަރުބަދަތަށް ގޮވުމާ އި، ޠޫފާންތަް ގާތްވުމާ އި ޒަލްޒަލާތަށް މިދަނީ ގާތްގާތުން އަންނަމުން، މިކަންކަމަކީ ދުނިޔެ ނިމުމުގެ ޢަލާމާތްތަ އް ކަމުގަ އި ކީރިތި ޤުރު އާނުގަ އި އަ އިސްފަވޭ، ވީމާ ކީރިތި ޤުރު އާނާ އި މާތްނަބި އްޔާގެ ސުންނަތަ އް އުރެދިފަ އިވާ މީހުން ތަ އުބާވެ މާތްﷲގެ މަގަށް ރުޖޫޢަ ވުމަށް ނަޞޭޙަތްތެރިވެ ވަޞި އްޔަތް ކުރަން.

    12