ސައުދި އަރަބިއްޔާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމްރާގެ މަތިވެރި އަޅުކަން އަދާ ކުރަން ދިޔަ 35 މީހަކު ނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ މައްކާ-މަދީނާ ހައިވޭގައި ދަތުރު ކުރަމުން ދިޔަ ބަހެއް މުދާ އުފުލާ ވެހިކަލެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓުގައި އަނިޔާވި އިތުރު ހަތަރު މީހަކަށް ދަނީ އަލްހަމްނާ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ސައުދީ އޮފިޝަލުން ވިދާޅުވީ ނިޔާވެފައި ވަނީ އޭޝިއާ އާއި އަރަބި ގައުމުތަކުގެ އުމްރާ ވެރިން ކަމަށެވެ. ނަމަވެސް ނިޔާވި މީހުން ނިސްބަތްވާ ޤައުމުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރޭ ހިނގި މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް އެންމެ ފުރިހަމަ ބޭސް ފަރުވާގެ ހިދުމަތް ހިލޭ ކޮށްދިނުމަށް މަދީނާގެ ގަވަރުނަރު މިހާރު ވަނީ އަމުރު ކުރައްވާފަ އެވެ.

ސައުދީގެ އޮފިޝަލުން މިހާރު ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވަހީދުބެ

    މި ހިތާމަވެރި ހާދިސާގައި ނިޔާވި މީހުންނަށް މާތްﷲ ހެޔޮ ރަހްމަތް ލައްވައި އަނިޔާވި އެންމެންނަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.

    127
    1
  2. ޖާޒީރާ ބޯއީ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.

    100
    5
  3. ސައީދު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    89
    3
  4. ޢަލީ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    39
    2