ގަދަ ބާރުން ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިސްރާއިލުން ހިފާފައިވާ ސަރަހައްދެއްގައި އެގައުމުގެ ޒުވާނެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދު ކޮށްލައިފިއެވެ.

ޕަލަސްތީނުގައި ހަރަކާތްތެރިވާ "ވަގުތު" ގެ ނޫސްވެރިޔާ މައުލޫމާތު ދިން ގޮތުގައި ޒުވާނާ ޝަހީދުކޮށްލާފައިވަނީ އިސްރާއިލް ސިފައިންގެ ބާރުގެ ދަށުގައި އޮންނަ ތުލްކަރީމްގައި އޮތް އަސްކަރީ ޗެކްޕޮއިންޓެއްގައެވެ. އަދި ޒުވާނާގެ ހަށިގަނޑު އަދިވެސް އޮތީ އިސްރާއިލް ސިފައިންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ނޫސްވެރިޔާ މައުލުމާތު ދެއެވެ.

ރެޑް ކްރޮސްއާ ހަވާލާދީ ނޫސްވެރިޔާ މައުލޫމާތު ދޭ ގޮތުގައި އިސްރާއިލް ސިފައިން ޝަހީދުކޮށްލީ 25 އަހަރުގެ ޒުވާނެކެވެ. އަދި އެޒުވާނާ ގަޔަށް ބަޑި ޖެހީ ތޫނު އެއްޗަކުން ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށްވެސް ރެޑްކްރޮސްއާ ހަވާލާދީ ނޫސްވެރިޔާ މައުލޫމާތު ދެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    މުލި ދުނިޔޭ ގެ އެއްމެހާ ގައުމުތަކުގަ ވަގުތު ނޫސްވެރިން ދޯ!