ސީރިއާގައި ހަނގުރާމަކުރަމުންދާ އައިސިސް (އިސްލާމިކް ސްޓޭޓް އޮފް އިރާޤް އެންޑް ސީރިއާ) ގެ ނިރުބަވެރި ހަނގުރާމަވެރިންގެ ތެރެއިން އަންހެން ހަނގުރާމަވެރިންގެ ބްރާގައި ބޮން ހަރުކޮށްގެން ޖާނުންފިދާވުމުގެ ހަމަލާތަކެއް ދޭން އުޅޭ ކަމަށް އިނގިރޭސި މީޑިއާއިން ތުހުމަތުކޮށްފިއެވެ.

އެ މީޑިއާގެ ރިޕޯޓްކޮށްފައި ވާގޮތުން އައިސިސްގެ ނިރުބަވެރި ހަނގުރާމަވެރިން، ބޮން ގޮއްވުމަށް ބޭނުންވާ ވައިރިންގ ގެ މަސައްކަތްތައް އެމީހުންގެ އަންހެން ނިރުބަވެރިންނަށް މިހާރު ތައްޔާރުކުރާ ބްރާތަކުގައެވެ. މިކަން މިގޮތަށް ކުރާ ނަމަ، އައިސިސްގެ އަންހެން ނިރުބަވެރިންނަށް އެމީހުންގެ އަސްލު ބޮން ނުދައްކާ، ޗެކްޕޮއިންޓްތަކުން ފާސްވެވިދާނެ ކަމަށް އިނގިރޭސި ނޫހަކުން ފާހަގަކޮށްފައިވެއެވެ.

މިކަހަލަ ހާދިސާއެއް މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ސީރިއާގެ އަފްރިން ގައި ހިނގާފައިވާ ކަމަށް ރިޕޯޓުކުރެވިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ބްރާގައި ބޮމް ހަރުކޮށްގެން އައިސިސްގެ އަމާޒުހުރީ ވީހާވެސް ގިނަ ގޮތްގޮތަށް ސީރިއާގައި ޙަރަކާތްތެރިވާ ބޭރު ޤައުމުތަކުގެ ސިފައިން މެރުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ބްރާގައި ހަރުކުރާ ބޮން ތައްޔާރުކުރަނީ އެކަމަށް ވަރަށް ފަންނީ، ޤާބިލު ބައެކެވެ.

"މިއީ ހަމަ އަނެއް މިސާލު އެމީހުންގެ ވިސްނުން ހުރި ހިސާބު ދައްކުވައިދޭ، މީހުން މަރަން އެމީހުން ކޮންމެފަދަ ކަމެއް ވެސް ކުރަން ޖެހިލުން ނުވާނެ." އިނގިރޭސި ސެކިއުރިޓީ އޮފިޝަލަކު މިކަމާ ގުޅިގެން އޭނާގެ ވިސްނުން ހާމަކުރަމުން ބުންޏެވެ.

އައިސިސްގެ ނިރުބަވެރި ހަނގުރާމަވެރިން ބްރާގައި ހަރުކުރާ ބޮމަކީ ކުޑަ، އަދި ލުއި ބޮމެކެވެ. އެކަމަކު އޭގައި ހިމެނޭ ޕްލާސްޓިކް ގޮވާ ޒާތުގެ މާއްދާގެ ސަބަބުން 10 މީޓަރުގެ ހިސާބެއްގައި ތިބި ކޮންމެ މީހަކު މަރުވާ ވަރުގެ ގެއްލުން ބޮޑު، ބާރުގަދަ ގޮވުމެއް އެ ބޮމުން އުފައްދައެވެ.

އައިސިސް އަކީ 'ބްރާ ބޮމް' އީޖާދުކުރި ފުރަތަމަ ހަނގުރާމަވެރިންނެއް ނޫނެވެ. މީގެ ކުރިން، 2007 ވަނަ އަހަރުގެ ތެރޭގައި ތަމަޅަ ޓައިގަރުންގެ އަންހެން ހަނގުރާމަވެރިއަކު ވަނީ މިނިސްޓަރެއްގެ އޮފީސް ކައިރީގައި ބްރާގައި ބޮން ހަރުކޮށްގެންހުރެ، ޖާނުންފިދާވުމުގެ ހަމަލާއެއްދީ، ސެކްރެޓަރީއަކު މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޒަޑިބެ

    ދެންމިބޮން ގޮވާނީކޮންތާކަށް

    24
    2
  2. ލަމް

    އަނެއްކާ ކަންތަކާމިޖެހެނީ !
    މުސްލިމް އަންހެނެއްވީޔާ ހެދުންބާލުވަން މަޖުބޫރު ކުރުވާންވެސް ކަމެއްނޫ!
    މިހާރު ވެސް ބުރުގާވެސް ބާލުވާފަ ދޯއޮތީ!

    72
    3
  3. ޭބޭލްތާ

    ބުރާގަ ބޮން ހަރުކުރީމަތޯ ޓެރަރިސްޓު ހަމަލާއަކައްވަނީ ، ތިޔަ އެގުރޭޒިން ބޮން އަޅައިގެން އިރާގާއި އަފުގާނިސްތާނުން ކިތައްލައްކަ މުސްލިމް އަންހެނުންނާއި ކުދޑަކުދިން މަރާލިތޯ،

    67
    3
  4. ޒާ

    ތީ ހަގީގަތަކަށްވެސް ވެދާނެ. އެހެން ނަމަވެސް ތީ އިނގިރޭސީން ފަތުރާ ވާހަކަ. މުސްލިމު އަންހެނުންގެ މިނިވަންކަމަށް އަރައިގަތުމަށް ނުބައި ނުލަފާ ރޭވުމުގެ މަތީން އެމީހުން ދޮގުވާހަަ ފަތުރާނެ. އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް އިނގިރޭސި ބޮޑުވަޒީރު އެގައުމުގެ ޕާލިމަންޓްގައިވެސް ބުނި. މީ އަހަރެމެން މުސްލިމުން އެހާ އަޑުއަހަން ބޭނުންވާ ވާހަކަ ތަކެއްނޫން.

    52
    2
  5. ރަޝީދު

    މުސްލިމު އަންހެނުންގެ ބުރުގާ ނެގުމަށް ޔާހޫދިން ރާވައިގެން ހިންގާ ޖަރީމާއެއް.މިގައުމުގެ ސިޔާސީ އިސްރައްވެހިންވެސް ބޭނުންވާގޮތް.

    19
    2
  6. ކާފަ

    މުސްލިމް އަންހިނުންގެބުރާބާލުވަންކުރާކަމެއް...