މީސްމީޑިއާގައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ފުރައްސާރަކޮށް ލިޔުނު މީހަކާ ދެކޮޅަށް ބަނގްލަދޭޝްގައި ފެށި މުޒާހަރާ ވަރުގަދަވެ، މުޒާހަރާގެ ތެރެއަށް ފުލުހުން ބަޑިޖަހައިފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ބަޑިޖެހުމުގެ ސަބަބުން ހަތަރު މީހުން ވަނީ މަރުވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވެއެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ފޭސްބުކްގައި ޕޯސްޓެއްޖެހީ ބަނގްލަދޭޝްގެ ހިންދޫއެކެވެ. އެކަމާ ގުޅިގެން އާންމުން މުޒާހަރާ ކޮށްފައިވަނީ ބަންލަދޭޝްގެ އެންމެބޮޑު ރަށް ކަމަށްވާ ބޯލާ އައިލެންޑްގެ ބުރުހާނުއްދީން ޓައުންގައި އާންމުން ނަމާދުކުރަން ޖަމާވެއުޅޭ މައިދާނެއްގައެވެ. އެ މައިދާނަށް ވިހިހާހަށްވުރެ ގިނަމީހުން އެއްވި ކަމަށް ވެއެވެ.

މުޒާހަރާގެ ބައިވެރިން ގޮވާލަމުންދިޔައީ އެ ހިންދޫ މީހާ ވަގުތުން ދަންޖައްސައި މެރުމަށެވެ. އޮންލައިން މެދުވެރިކޮށް ކީރިތި ރަސޫލާއަށާއި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ މައްސަލަތައް ބަނގްލަދޭޝްގައި އިތުރުވަމުން ދާއިރު، އެކަމާ ރުޅިއައިސްގެން މިފަހަކަށް އައިސް މަގުތަކަށް ނުކުންނަ އާންމުންނާ ކުރިމަތިލުމަކީ ބަނގްލަދޭޝްގެ ސަލާމަތީ ބާރުތަކަށް މަޖުބޫރުވެފައިވަ ކަމެކެވެ.

ބަނގްލަދޭޝްގެ އާބާދީގައި 168 މިލިއަން މީހުން ހިމެނޭއިރު އޭގެ ތެރެއިން %90 އަކީ މުސްލިމުންނެވެ.

މިހާދިސާއާ ގުޅިގެން ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާވަނީ ކެތްތެރިކަމާއި މަޑުމައިތިރިކަން އިޚްތިޔާރު ކުރުމަށް އާންމުންނަށް ގޮވާލައްވާފައެވެ. ހަސީނާ ވިދާޅުވީ، ހިންދޫ މީހާގެ ފޭސްބުކް އެކައުންޓް ހެކްކޮށް، އެ އެކައުންޓުން ދޮގު ވާހަކަތައް ފަތުރަމުންގެންދަނީ މުސްލިމެއް ކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޖިންނި

  ބަންގްލަދޭޝްގަ އޮންނަނީ އިންޑިއާގެ ގޮނޑި ކޮއްކޮ ވެރިކަމެއް ޝޭޚް ޙަސީނާއަކީ ފައްކާ ހަރުބީ ކާފަރެއް

  83
  3
 2. ޕިސް

  ޕިސް ޕިސް ބަލާބަ ހަސީނާ ގަޑު ބުނެފަ އިންއެތި " ހަސީނާ ވިދާޅުވީ، ހިންދޫ މީހާގެ ފޭސްބުކް އެކައުންޓް ހެކްކޮށް، އެ އެކައުންޓުން ދޮގު ވާހަކަތައް ފަތުރަމުންގެންދަނީ މުސްލިމެއް ކަމަށެވެ."

  10
 3. އަލީ

  ތިޔައީ އިންޑިއާގެ ބަލާ... ހަސީނާއަކީ ގެރި މޯދީ ބުނާހާ ގޮތަކަށް ވެރިކަން ކުރާ މޯދީގެ ބިޓެއް

  15
 4. އަންނި

  އަންނި ބުނާކަހަލަ އެއްޗެއް ހަސީނާވެސް އެބުނީ

  7
  1