ޖިންސީ ފުރައްސާރައާއި އަނިޔާތަކުގެ ވާހަކަތައް ކިޔައިދިން ބަންގްލަދޭޝްގެ ނުސްރަތު ޖަހާން ރަފީގެ ގަޔަށް ކެރޮސިން އަޅާ އަންދާލި މައްސަލާގައި 16 މީހަކު މެރުމަށް ހުކުމްކޮށްފިއެވެ.

އުމުރުން 19 އަހަރުގެ ނުސްރަތުއަށް ޖިންސީ އަނިޔާކޮށްފައި ވަނީ އޭނާ ކިޔަވަމުން ދިޔަ ދީނީ ސްކޫލްގެ ހެޑްމާސްޓަރު އެވެ. އޭނާ އަންދާލާފައި ވަނީ އޭޕްރިލް މަސް ތެރޭގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއާ މާ ދުރުނޫން ހިސާބެއްގައި އޮންނަ އަވަށެއް ކަމަށްވާ ފެނީގައެވެ.

އެ މައްސަލާގައި އެ ސްކޫލްގެ އިތުރު ދެ ކުއްޖަކުވެސް ހިމެނެއެވެ.

ނުސްރަތުގެ މައްސަލާގައި ޝަރީއަތުގައި މަރަން ހުކުމްކޮށްފައިވާ މީހުންގެ ތެރޭގައި ސްކޫލުގެ ހެޑްމާސްޓަރާއި ދެ ދަރިވަރުންނެވެ.

ނުސްރަތުގެ މަރުގެ މައްސަލައަކީ މިހާތަނަށް ބަގްލަދޭޝްގެ ކޯޓަކުން އެންމެ އަވަހަށް ކުރި ޙުކުމްކަން ފާހަގަކޮށްލެއެވެ. މިހުކުމް އަވަސްކޮށްފައިވަނީ ނުސްރަތުގެ މަރުގެ މައްސަލައިގައި އިންސާފު އަވަސްކޮށްދިނުމަށް ގޮވާލާ އެޤައުމުގެ އެކި ސަރަހައްދު ތަކުގައި ބޮޑެތި މުޒާހަރާތަކެއްވެސް ކޮށްފައިވަނިކޮށެވެ.

ނުސްރަތުގެ އާއިލާއިން ބުނެފައިވަނީ ނުސްރަތަށް ކުރި ޖިންސީފުރައްސާރައިގެ ވާހަކަތައް ކިޔައިދެން ހިތްވަރު ދިން އާއިލާގެ މީހުންނަށް މަރުގެ އިންޒާރު ލިބެމުން އަންނަ ކަމަށާއި އެމީހުންނަށް ހިމާޔަތް ހޯދާ ދިނުމަށް ބޮޑު ވަޒީރު ކުރެން އެދިލައްވާ ކަމަށެވެ.

އާއިލާއިންވަނީ މަރުގެ އަދަބު އަވަސްކޮށްދިނުމަށް އެދިފައެވެ. ބަގްލަދޭޝްގައި މަރުގެ އަދަބު ދެނީ ދަން ޖައްސައިގެންނެވެ.

ބަންގްލަދޭޝްގައި ހިނގާ ދިޔަ އެ ހާދިސާގައި އަންދާލާފައި ވަނީ ނުސްރަތު ޖަހާން ރާފީއެވެ. އުމުރުން އެންމެ 19 އަހަރުގެ ނުސްރަތަކީ ކުޑަކުޑަ އަވަށަކަށް ނިސްބަތްވާ މީހެކެވެ. އިސްލާމިކް ސްކޫލެއްގައި ކިޔަވަމުންދިޔަ ނުސްރަތު ކިޔާދީފައިވާ ގޮތުގައި، ޕްރިންސިޕަލް އޭނާ އޮފީހަށް ގެންގޮސް އެކިފަހަރު މަތިން، ޖިންސީ ގޯނާތައްދީ، ގައިގައި އަތްލުމަށް ވަނީ މަސައްކަތް ކޮށްފައެވެ.

ނުސްރަތު ވަނީ އޭނާއަށް ޖިންސީ ފުރައްސާރަ ލިބެން ފެށުމާއެކު އެވާހަތައް އާއިލާއާ ހިއްސާކޮށް، ފުލުހަށްވެސް ގޮސް، އެންމެނަށް ކިޔައިދީފައެވެ. އެ ވާހަތައް ފުލުހަށް ކިޔައިދިން އިރުެސް ފުލުހުން އެކަމަށް މާބޮޑު ސަމާލުކަމެއް ދީފައިނުވާ ކަމަށާއި، އެ ކަމަކީ މަޖަލަކަށް ހަދާ ފުލުހުން ވީޑިއޯ ކުރި ކަމަށް ނުސްރަތު ބުނެފައިވެއެވެ. ނުސްރަތު އަނބުރާ ސްކޫލަށް ދާން ބޭނުން ނުވާތީ ފުލުހުންގެ ފަރާތުން ރައްކާތެރިކަން ހޯދަން އެދުނު ނަމަވެސް، ފުލުހުން އެކަމަށްވެސް މާބޮޑު ސަމާލުކަމެއް ނުދޭ ކަމަށް އާއިލާއިން ބުނެފައިވެއެވެ.