އިންޑިއާގެ "ނޯތް އާމީ ކޮމާންޑަރ" ލެފްޓިނެންޓް ޖެނެރަލް ރަންބީރު ސިންހު ދަތުރުކުރަމުންދިޔަ ހެލިކަޕްޓަރ ވެއްޓިއްޖެ އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ހެލިކަޕްޓަރު ވެއްޓުނީ ޖައްމުގެ ޕޫންޗުގެ ސަރަހައްދަކަށެވެ. އަދި އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށް ޚަބަރުތައް ބުނެއެވެ.

މި ހާދިސާގައި ހެލިކަޕްޓަރު ވެއްޓުނީ ޖައްމުއިން ސްރީ ނަގަރަށް ދަތުރުކުރަމުން ދަނިކޮށެވެ. އަދި އާމީ ކޮމާންޑަރާއިއެކު އޭގަތި ތިބި ސިފައިން ސަލާމަތްވީ ކިރިޔާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ. ނަމަވެސް ހެލިކަޕްޓަރު ވެއްޓުމުގެ ސަބަބުން އެސަރަހައްދުގައި ހުރި އާންމުންގެ މީހަކަށް އަނިޔާ ވެފައިވާ ކަމަށް މައުލުމާތު ލިބެއެވެ.

ހެލިކަޕްޓަރު ވެއްޓުނު އިރު، ދެ ޕައިލެޓުންނާއި ރަންބީރާއެކު ޖުމްލަ 7 ކްރޫއިން ތިއްބެވެ.

 

ކިޔުންތެރިންގެ ހިޔާލު