ސީރިއާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިން ހިސާރުކޮށްފައިވާ "ދޫމާ" ގައި އެގައުމުގެ ސަރުކާރު ސިފައިން ކެމިކަލް ހަތިޔާރު ބޭނުން ކުރި ކަމުގެ ހެއްކެއް ނެތް ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާގެ ހާރިޖީ ވަޒީރު، ސާޖެއި ލާވްރޯވް ވިދާޅުވީ، ދޫމާ އަށް ޒިޔާރަތް ކުރި އެގައުމުގެ ސްޕެޝަލިސްޓުންނާއި އެއިޑް ވޯކަރުންގެ ރިޕޯޓުތަކަށް ބަލާއިރު އެ ސަރަހައްދު ހިސާރުކޮށްގެން ތިބި ހަނގުރާމަވެރިން ސަރަހައްދު ދޫކޮށް ދާން ފަށާފައެވެ. އަދި ކެމިކަލް ހަތިޔާރު ބޭނުން ކުރި ކަމުގެ ހެއްކެއް ނެތް ކަމަށް އޭނާ ވިދާޅުވެފައިވަނީވެސް ދޫމާއަށް ދިޔަ އެގައުމުގެ ސްޕެޝަލިސްޓުންނާއި އެއިޑް ވޯކަރުންނާ ހަވާލާދީ އެވެ.

ރަޝިއާއިން އެކަން ދޮގު ކުރި ނަމަވެސް އެފަދަ ހަމަލާތަކެއް ދީފައިވާ ކަމަށްބުނެ ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ ސީރިއާ ކުށްވެރިކުރަމުންނެވެ. އެހަމަލާތަކުގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއްބާރު ކަމުގައިވާ އެމެރިކާއިން ވެސް ވަނީ އެކަން ކުށްވެރިކޮށް އިންޒާރު ދީފައެވެ. އެގައުމުގެ ރައީސް ކުރެއްވި ޓްވީޓެއްގައި ސީރިއާގެ ރައީސް ބައްޝާރުލް އައްސަދަކީ ޖަނަވާރެއްގެ ގޮތުގައިވެސް ވަނީ ސިފަކޮށްފައެވެ.

އޭގެ އިތުރުން ފްރާންސުންވެސް ވަނީ ސީރިއާއަށް އިންޒާރުދީފައެވެ.

 

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަ

    ރަޝިއާ ކަނު ދޯ؟

  2. ޖޮއްބެ

    ފޭކު ޔަހޫދީންގެ ފޭކު.....!! އެމީހުން ވެސް ވަރަށްމޮޅުވާނެ ރީނދޫމީހުން ހެން ޑްރާމާކުޅެން....!!