އައިއެސްގެ ލީޑަރު އަބޫބަކުރު އަލް-ބަޣުދާދީ ހައްޔަރު ކުރަން އެމެރިކާ ސިފައިން ސީރިއާގެ އުތުރުގައި ހައްސަ އޮޕަރޭޝަނެއް ހިންގައިފި ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނެފިއެވެ. މިއޮޕަރޭޝަން ހިންގާފައި ވަނީ އެމެރިކާގެ ސީއައިއޭގެ ވެސް ބައިވެރިވުމާއި އެކުއެވެ.

މިއޮޕަރޭޝަންގައި ބަޣުދާދީ ހައްޔަރު ކުރެވުނު ކަމެއް އަދި އެއްވެސް ފަރާތަކުން ކަށަވަރު ކޮށެއް ނުދެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ހާއްސަ ކަމެއް އިއުލާން ކުރަން ތައްޔާރުވަމުން އަންނަކަން ވައިޓް ހައުސް އިން ދެންމެ ވަނީ ކަށަވަރު ކޮށްދީފައެވެ.

ވައިޓް ހައުސްގެ ތަރުޖަމާނަކު މީޑިއަށް މައުލޫމަތު ދެމުން ބުނީ އާދީއްތަ ދުވަހު ޓްރަމްޕް ވަރަށް ހާއްސަ ކަމެއް އިއުލާން ކުރާނެ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއެވެ. ޓްރަމްޕް މީޑިއާ އާއި ބައްދަލުކޮށް "ހާއްސަ ކަމެއް އިއުލާން ކުރުން" އޮންނާނީ ބެލެވޭ ގޮތުގައި ރައްޖޭ ގަޑިން މިރޭ 21:00 ގައެވެ.

ބަޣުދާދީ ހައްޔަރު ކުރަން އެމެރިކާގެ އަސްކަރިއްޔާ އިން ހިންގި އޮޕަރޭޝަނާއި ގުޅޭ ގޮތުން އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަން އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ނިރުބުވެރި ޖަމާޢަތް އައިއެސް އުފައްދާ އެޖަމާޢަތުގެ ލީޑަރުކަން ކުރަމުން އަންނަ ބަޣުދާދީ ފިލައިގެން އުޅޭތާ ފަސް އަހަރު ވެއްޖެއެވެ. ބަޣުދާދީ ފުރަތަމަ ފެނުނީ 2014 ވަނަ އަހަރު މޫސަލްގެ މިސްކިތެއްގައި އައިއެސްގެ ހިލާފަތު އިއުލަން ކުރަން ޚުތުބާއެއް ދޭން ހުއްޓައެވެ. އޭގެ ފަހުން އާއްމުތަނަކުން އޭނާ ނުފެނެއެވެ.

މީގެ ކުރިން އެމެރިކާގެ އޮފިޝަލުން ވަނީ ބަޣުދާދީ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ބުނެ ވެސް މީޑިއާ އަށް މައުލޫމާތު ދީފައެވެ. 2018 ވަނަ އަހަރު ފެބްރުއަރީ މަހާއި 2017 ވަނަ އަަހަރުގެ މެއި މަހު ވެސް ބަޣުދާދީ ވަރަށް ބޮޑަށް ޒަހަމްވި ޚަބަރު ފެތުރިފައިވެއެވެ.

އައިއެސް އިން 2010 ވަނަ އަހަރު ހަނގުރާމަވެރި ޖަމާޢަތެއްގެ ގޮތުގައި ހަރަކާތްތެރިވާން ފަށާ އިރާޤާއި ސީރިއާގެ ބޮޑު ސަރަހައްދެއް ހިފިއެވެ. ނަމަވެސް މިހާރު އެޖަމާޢަތުން ހިފި ގިނަ ސަރަހައްދުތައް ގެއްލި ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޚާން

    رحمه الله

    11
    3
  2. ހަގީގަތް

    ތިހެން ކިތައްމެ ފަހަރަކު ބަގްދާދީ ހައްޔަރު ކޮށް މަރާ ވެސްލައިފި. އެމެރިކާއިން ބުނި ސީރިޔާއިން އައިއެސް ނައްތާލެވިއްޖޭ ވެސް. އެމެރިކާއިން ބުނާ ކޮންމެ އެއްޗަކާ ދިމާ އިދިކޮޅަށް ކަންތައް ވަނީ. ބަލަމާ މިފަހަރު ކިހިނެއްތޯ ވަނީ

    12
    2
  3. ޙައްޤު

    އޭ ޔަހޫދީންނޭ، އޭ ސޮލީބީންނޭ، އޭ މުލްހިދުންނޭ، އޭ މުރުތައްދުންނޭ، އޭ ﷲގެ އަދުއްވުންނޭ. ކަލޭމެން ތިޔަ ރުޅީގައި ހަލާކުވެދާށިއޭ. ﷲ ގަންދީ ބުނަމެ. މުޅި ބިމުގައި ﷲގެ ދީން ޤާއިމްކުރެވެންދެން ނޫނީ އެކަމުގައި އަހަރުމެން މަރުވަންދެން އަހަރުމެން މިކަމެއް ނުހުއްޓާނަމެ.

    15
    3
    • Anonymous

      މި މީހަކު ހޯދާ ހައްޔަރުކުރޭ

    • އަމާޒު

      ހައްޤު މިކިޔާ ކަލެގެއަކީ ނާތަހުޒީބު، ވިސްނު މުގައި ކޮށި، ދުނިޔެއިން ބޭކާރުވެފައިވާ، ބުއްދިހަ މަނުޖެހޭ އަ މިއްލައެދުންބޮޑު މަގުއޮޅި ހައްދުފަހަނަ އަޅާފައިވާ ގަ މާރެއް. މިބައިގަނޑު ހުސްވެނުދަނީސް އަހަރެ މެންވެސް ތިބައިގަނޑާއި ދެކޮޅަށް ކުރާ ހަނގުރާ މައިގައި ވާގިވެރިވެ ހުއްޓިނުތިބޭނަން

  4. ހުސޭނުބޭ

    ބަލަގަ ހަމަ ތި އެމެރިކާ ނޫންތަ ބުނީކީ ބަޣްދާދީ މަރުވެއްޖެއޭ! ދެން މަރުވެ ކަށިފުރޭނިފައިވާ މީހަކު ހޯދުމަށް މަހާނަ މައްޗަށް މަޑިއަށްޖެހުމުގެ ބޭނުމަކީ ފަހެ ކޮބައި!

    10
    1