އައިއެސްގެ ލީޑަރު އަބޫބަކުރު އަލް ބަގްދާދީ ހައްޔަރު ކުރަން އެމެރިކާ އިން ސީރިޔާގައި ހިންގި އޮޕަރޭޝަނުގައި އޭނާ އަމިއްލަ ޖާނު ގޮއްވާލާފައި ވާއިރު، އޭނާގެ އެންމެ ފަހު ވަގުތުކޮޅު ހަރަކާތް ކުރިގޮތް އެމެރިކާ އިން ހާމަ ކޮށްފިއެވެ.
ގައުމާއި މުހާތަބު ކުރަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައި ވަނީ އަލް ބަގްދާދީ މަރުން ސަލާމަތްވާން އެންމެ ފަހު ވަގުތުކޮޅު ދެކޮޅަށް ދުވި ކަމަށެވެ.
"އޭނާ މަރުވީ ކުއްތާ އެއް ގޮތަށް، އޭނާ މަރުވީ ވޭނުގައި" ޓްރަމްްޕް ބުނެފައި ވެއެވެ.
މި އޮޕަރޭޝަން ކުރިއަށް ދިޔަ ވަގުތު ޓްރަމްޕް ދިޔައީ ވަގުތުން އެ މަންޒަރު ބަލަމުންނެވެ. މިއީ މީގެ ކުރިން އެމެރިކާ އިން އޮސާމާ ބިން ލާދިން މަރާލުމަށް ހިންގި އޮޕަރޭޝަންގައިވެސް ކަންތައް ކޮށްފައިވާ ގޮތެވެ.
މި އޮޕަރޭޝަންގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.
އައިސިސްގެ ލީޑަރު ޖާނު ގޮއްވާލުމުގެ ކުރިން އޭނާ ހުރި ތަނުން ޒަހަމް ވެފައިވާ 11 ކުއްޖަކު ވަނީ ސަލާމަތް ކޮށްފައެވެ. ނަމަވެސް މި ކުދިންގެ އިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ.
މިކަމާއި ގުޅިގެން ތުރުކީ އިން ބުނެފައި ވަނީ އައިސިސްގެ ލީޑަރު އޭނާ ހުރި ތަނަށް ގޮސްފައި ވަނީ މީގެ ދެ ދުވަސް ކުރިން ބެލެވޭ ކަމަށް. ނަމަވެސް މި އޮޕަރޭޝަންގައި ތުރުކީ އިން އަމަލީ ގޮތުން ބައިވެރިވެފައެއް ނުވެއެވެ.
އެމެރިކާ ސިފައިން ސީރިޔާ އަށް ދިއުމުގެ ކުރިން އެ ގައުމުގައި އޮޕަރޭޝަނެއް ހިންގުމަށް ދާ ކަމުގެ މައުލޫމާތު ރަޝޔާ އަށް ދީފައި ކަމަށްވެސް ޓްރަމްޕް ވަނީ ބުނެފައެވެ. ނަމަވެސް އެއީ އަލް-ބަޢުދާދީ ހައްޔަރު ކުރަން ހިންގާ އޮޕަރޭޝަނެކަމެއް ރަޝިއާ އަކަށް އަދި އިތުރު އެއްވެސް ފަރާތަކަށް އަންގާފައެއް ނުވެއެވެ
ޑޮނަލްޑް ޓްރަމްޕް އިތުރަށް ބުނެފައި ވަނީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އަލް-ބަޢުދާދީ ހައްޔަރު ކުރަން މަސައްކަތް ކުރި ކަމަށާއި ނަމަވެސް، އޭނާ އަބަދުވެސް ގެންދަނީ ހުންނަތަން ބަދަލުކުރަމުން ކަމަށެވެ.
"މީގެ ކުރިންވެސް އަހަރެމެން އޭނާ ހައްޔަރުުކުރަން މަސައްކަތް ކުރިން. އެކަމަކު އަހަރެން ދާންވާއިރަށް އޭނާ އެހެން ތާކަށް ބަދަލުވޭ. މިގޮތަށް އެތައް ފަހަރެއްގެ މަތިން ކަންތައް ވަނީ ވެފައި. މިފަހަރު އަހަރެމެން ދިޔައީ އޭނާ ހައްޔަރު ކުރެވޭނެ ކަމުގެ ޔަގީންކަން އޮވެގެން" ޓްރަމްޕް ބުނެފައި ވެއެވެ.
ޓްރަމްޕް ވަނީ އައިސިސްގެ މީހުންނަކީ ޒަމާނީ ޓެކްނޮލެޖީ ބޭނުން ކުރުމުގައި އެންމެ ކުރީގައި އުޅޭ އެއް ފަރާތްކަން ފާހަގަކޮށްފައެވެ.
އަލް ބަޢުދާދީ ޖާނުން ފިދާވެގެން މަރުވެފައި ވަނީ އޭނާގެ އުނަގަނޑުގައި އަޅުވާފައި އޮތް ސުއިސަޑް ބެލްޓެއް ގޮއްވާލައިގެންނެވެ. އެމެރިކާގެ ހަމަލާތައް އަމާޒުވާން ފެށުމުން އަލް-ބަޢުދާދީ 3 ކުދިންނާއި އެކު ރޮމުން ދުވެފައި ގޮސް ވަނީ ބިންގަރާހަކަށެވެ. އޭނާ ޖާނުން ދިފާވެފައި ވަނީ އޭގެ ފަހުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އައިސިސްގެ ލީޑަރާއި ބެހޭ ގޮތުން އެމެރިކާ އަށް މައުލޫމާތު ދީފައި ވަނީ އީރާގުގެ ބައެއް ހަނގުރާމަވެރި ޖަމާއަތްތަކާއި ކުރުދީ ސިފައިންނެވެ.
އަލް-ބަޢުދާދީ މަރާލި އޮޕަރޭޝަނަށް އެމެރިކާ ސިފައިން ވަނީ 2 ހަފްތާ ކުރިން ތައްޔާރުވެފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. މަރުވެފައި ވަނީ އަލް-ބަޢުދާދީކަން ކަށަވަރު ކުރެވިފައި ވަނީ އެމެރިކާ އިން ހެދި ޑީއެންއޭ ޓެސްޓުތަކުންނެވެ.
އަލް-ބަޢުދާދީ އާއި އެކު އޭނާގެ ދެ އަނތްބަކުވެސް ވަނީ މަރުވެފައެވެ. އައިސިސްގެ އުފައްދައި، އެ ޖަމާއަތް ފެތުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ބަޢުދާދީގެ މަރާއި އެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުން އަންނަނީ އެކަމާއި އުފާ ފާޅުކުރަމުންނެވެ. ބަޢުދާދީ ވަނީ ކުށެއް ނެތް އެތައް ހާސް ރައްޔިތުންތަކެއްގެ ފުރާނަ ދުއްވާލާފައެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ޖަންނަތުލް ފިރްދައުސް ދެއްވަވައިފާދޭއެވެ. ޢާމީން
???
ޖަންނަތުލް ފިރްދައުސް ލިބޭތަ ކުށެއްނެތް އެތައްހާސް ބަޔަކު މަރާފަ ހުންނަ މީހުންނަށް. ދެން އަމިއްލަ އަށް މަރުވުމަކީވެސް ކުފުރު މަރެއް
އެމެރިކާ ބުނެގެން ނެތް ގަބޫލް ކުރެވޭކަށް. ސޮރީ...
އަލްހަމްދުލިﷲ. ސައިތާނު މަރުވެއްޖެ
އަހަރެން ފަހަރެއްގައިވެސް އައިސިސް އަކީ ރަގަޅު ބައެކޭ ނުބުނަާނަމެވެ އެއީ އިންސާނިިީ ލޭ ބޮމުން ގެންދާ ބައެކެވެ މީގަ ފާހަގަ ކުރަންޖެހޭ ކަމަކީ އެމެރިކާ ހަމަ ހަގީގަތުގައިވެސް މުސްލިމުންނަށް ހެވަކަށް އެދޭނެބާއެވެ ގޯސްމީހަކަސް ރަގަޅު މީހަކަސް އަރަބިންނަަަާމެދު / މުސްލިމުންނަަަާމެދު ޔަހޫދީންނަާއި ނަސާރާއިން ދެކެނީ އެއްގޮތަކަށެވެ މުސްލިމުގައުމަކަށް ވިިިިިިީތީ އެވެރިން ބޭނުންވަާނީ ސުންނާފަތި ކޮށްލާށެވެ ޕަޕެޓު ސަރުކާރުތަށް އިސްލާމީ ގައުމުތަކުގައި އުފައްދަނިީ އެހެންވެއެވެ ޓުރަންޕު އަންނިއަށްވެސް ހެވެއްނޭދެއެވެ ސަބަބަކީ ނަމުގެ ކުރިއަށް މުހައްމަދު ކިޔާތިިީއެވެ މީދިވެހިން ދުއް އަތާތުރު ކަމުގައި ވިޔަސް އެވެ
މަރުވެއްޖެއޭ ކިޔާފަ ތިއްބާ ދެން ފެންނާނީ ވައިޓްހައުސްގަ ކަޅުދިދަ ނަގާފަ ޓްރަމްޕު ފައްސާލާފަ ގޮނޑީގަ އިންދާ. ދެން ހޭންތިބޭތި
ޓްރަމްޕާއި އެމެރިކާ އަދި ޔަހޫދީންގެ ތިޔަ ޑްރާމާ އަހަންނަށް އަޑުއަހާލަން ވަރަށް ރީތި އަދި ފިލްމެއްވެސް ހަދާލަން ތިޔަ ވާހަކަ ވަރަށް ރީތި. އާ އެހެންޏާފަހެ މި އޮށް ހުރިހާ ދުވަހު ނުވިކަމެއް ހަމަ ކުއްލިއަކަށް ތުރުކީ ސިފައިން ބަޣްދާދީ ދެންމެ ދެންމެ ހިފާ ހައްޔަރުކޮށްފާނެހެން ހީވީމާ ތިޔަ ބުނަނީ އެމެރިކާއިން ބަޣްދާދީ ހިފަން ހިންގި އޮޕަރޭޝަންގައި އޭނަ އަމިއްލައަަށް މަރުވިކަމަށް. ތިޔަ ވާހަކަ މަށެއް ގަބޫލެއް ނުކުރާނަން. ތިޔައީ ބޮޑު އޮޅުވާލުމެއް. ތިޔަ ބަޣްދާދީ އަކީ އަސްލު އިޒްރޭލު އިންޓެލިޖެންސް އޮފިސަރެއް. އޭނާގެ ނަންވަނީ އިރާގު ވަންތަ ނަމަކަށް ބަޣްދާދީއަށް ބަދަލުކޮށްފަ. ގަމާރު މުސްލިމު އެކްސްޓްރީމިސްޓުން ހައްލާލުމަށް. އެމެރިކާމީހުން އޮޕަރޭޝަން ހިންގީ ބަޣްދާދީ ތުރުކީގެ ޙަމަލާއެއްގައި މަރުވެދާނެކަމަށްޓަކައި އޭނާ ޙިމާޔަތްކޮށްގެން އެސަރަޙައްދުން ގެންދަންވެގެން. ދުނިޔޭގެ ލޯމަށްޗަށް ޑްރާމާ ކުޅެލާފަ ބަޣްދާދީ އަމިއްލައަށް މަރުވީކަމަށް ހަދާ އަނދުން އަޅުވާލާފަ ބަޣްދާދީގެ ޓާސްކް ފުރިހަމަވީކަމަށް ހަދާފަ މިހާރު އެގެންދިޔައީ އިޒްރޭލަށް. އޭނަ އެތާނގަ ނަން ބަދަލުކޮށްލާފަ ތުނބުޅި މަތިމަސް ބާލަފަ ފޮޓޯ ޖަހާލާފަ އެހެން އައިޑެންޓިޓީ އެއްގެ ދަށުން އޭނަ އުޅޭނެ އެތާނގަ. ގަމާރު އެކްސްޓްރީމިސްޓުން ތިބޭ !!! ދުނިޔެއަށް ލޯހުޅުވާ ދެކޮޅު ބަލާ ހޯދަބަލަ މީސްތަކުންނޭ... ބަލައިލަ އަދި ޓްރަމްޕް ބުނި ވާހަކަ " އައިސިސްގެ މީހުންނަކީ ޒަމާނީ ޓެކްނޮލެޖީ ބޭނުން ކުރުމުގައި އެންމެ ކުރީގައި އުޅޭ އެއް ފަރާތް! " އަޅެ މީހުން ގަމާރު ހައްދަން މިހިރީ ދައްކާވާހަކަ.
ޢެމް ޑީ އެން އަށްވުރެ ރަގަޅުވާނެ ތި ބައިގަޑުވެސް.
ހަހަ ސާބަހޭ ޓްރަ މްޕް
ޓްރަމްޕް އިސްލާމް ނުވެ މަރާއި ބައްދަލު ވެއްޖެ ނަމަ ތި އެއްޗަށް އެނގޭނެ މަރުގަހުރިވޭން.....
ﷲ އެފުރާނައަށް ރަހުމަތް ލައްވައި ފާފަފުއްސަވާންދޭވެ.....ސައްހަ ހަދީޘް އިން ޝާބިތުވާގޮތުން ކާފަރެއްގެ އަތުން އެމީހާގެ ދީނުގެ ސަބަބުން މަރާލެވޭ މޫސްލިމް މީހާގެ ނަރަކައިގެ ޖާގަ އެކާފަރުމީހާ ކަށަވަރުކޮށްފިއެވެ...މަރުވުމުގެ ކުރިން އިސްލާމްވެއްޖެ މީހާ މެނުވީއެވެ.
ކުއްތާ އަކީ ޓުރަންޕު
އައިސިސް އިން މެރި އެންމެ ޔަހޫދީއެއް ދައްކަބަލަ. ހުސް ފޭކު ޔަހޫދީ ރޭވުމެއް މީ އައިސިސްއަކީ
ސައުދީ، މިސްރު، އިރާގު، ގަތަރު، އިންޑޮނޭޝިއާ، މެލޭޝިޔާ، ދިވެހިރާއްޖެ، ލުބުނާން، ޕާކިސްތާން، ބަންގާޅު، ނައިޖީރިއާ، ލީބިޔާ، ޓިއުނީޝިއާ، މޮރޮކޯ އަދިވެސް އެހެން އިސްލާމީ ގައުމުތަކުން މެރި ޔަހޫދީއެއް ދައްކަބަލަ.
ހާދަ ދޮގުވަސް ދުވައޭ
ސީރިއާގައި އުޅެނީ ރަޝިއާ ސިފައިން. ރަޝިއާ ޑިފެންސް މިނިސްޓްރީއިން ބުނަނީ ތިކަމުގައި ސުވާލުއުފެދޭ އެތައްކަމެއް އެބަހުރިކަމަށް. ދެން އަނެއްކަމަކީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން ގޮއްވާލަން ތައްޔާރުވެހުރިމީހަކު ރޮމުން ކޮޅުކޮޅުމައްޗަށް ދުވާނެހެނެއް ހިއެއްނުވޭ.
ހުސްދޮގު . އެ މެރިކާއިން އުފައްދާފައި ވާ އެ ޖަ މާއަތަކީ އަރަބި ގައު މުތަކުގެ މަސްލަހަތު ނަގާލަން ފޮނުވައިފައވާ ބައެއް. .
ސައްދާމް ހުސެެއިން ..ގައްޒާފީ މަރާލާފަ ދައްކަން ކެރިއްޖެ..ކަލޭމެން އުފެއްދި ޖަމާއަތްތަކުގެ ލީޑަރުން މަރާލާފަ ފޮޓޯއެއް ދައްކާކަށް ނުކެރޭ .އުސާމާ ބިންލާދިން މަރާލާފީމޯ ފޮޓޯއެއް ވީޑިޔޯއެއް ނެއް ހަމަ އެގޮތަށް ތިކިޔަނީ ބަގްދާދީ ވެސް މަރާފީމޯ.
ނަސީދު ބުނީ ކީކޭ...
ހަހަ. އެމެރިކާ ބުނާބަސް ޤަބޫލުކުރާނެތަ؟ ތިޔަމީހުން ދޮގެއް ހެދެންއޮއްވަ ތެދެއް ނަހަދާނެ. ޕްރޮޕެގެންޑާއަށް ބާރުލިބޭ އެއްޗެއް ނޫނީ ނުބުނާނެ.
އައިސިސްގެ ލީޑަރަކީ އިޒްރޭލުން ތަމްރީނުކޮއްގެން ނެރެފައިވާ މީހެއް.
ކީއްވެ އެމެރިކާއިން އޭނާ ފަހާދުވީ؟
ތިއީ އަސްލު ޔަހޫދީންގެ ރޭވުމުގައި ޖެހިފަ ހުރި މީހެއް. ބޮޑު އިލްމުވެރި ބޭކަލެއް ހަލީފާކަމަށް އިސްކުމުރީމަ މުސްލިމުން އޭނާ އަށް ތަބާވެދާނެތީ މުސްލިމުން އެންމެ ރުޅި އަންނަ ބައިގަނޑު "ޔަހޫދީން" ގެ ޕަޕެޓެއްކަމަށް ބުނީ..
ޓްރަމްޕް ހަދާނީ ހިސް ދޮގު. ނިކަން އަހަރުމެންގެ ކިލަރ ބަސްޓަރ މިސްޓރ ހުސްނުއް ސުޢޫދު ތި ކޭސް ހަވާލު ކޮށްލަބަލަ. ސިކުންތެއް ނުނަގާނެ. ވ ގާބިލު ބޭކަނބަލެއް ސުއޫދު އަކީ