އެމެރިކާގެ އެފްބީއައި އިން ޓްރަންޕްގެ ގާނޫނީ ވަކީލުގެ އޮޕީސް ބަލައި ފާސް ކޮށްފިއެވެ.

ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ( އެފްބީއައި ) އިން ބަލައި ފާސް ކޮށްފައި ވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ ޓްރަންޕްގެ ގާނޫނީ ވަކީލް މައިކެލް ކޯހެންގެ އޮފީހެއެވެ.

ޓްރަންޕްގެ ގާނޫނީ ވަކީލް މައިކެލް ކޯހެންގެ އޮފީސް އެފްބީއައި އިން ބަލައި ފާސްކޮށްފައިވަނީ 2016 އިންތިހާބުގެ ކުރިން ބަރަހަނާ ފިލްމު ކުޅޭ އަންހެނެށް ކަމަށްވާ ސްޓޯމީ ޑަނިއަލް އަށް ޓްރަންޕް 130,000 ޑޮލަރު ދިން މައްސަލައިގެ ތަހުހިގީގަށް ބޭނުންވާ މައުލޫމާތު ހޯދާށެވެ.

އެމެރިކާގެ ރައީސް ޓްރަންޕް ވަނީ އެފްބީއައިގެ މި އަމަލު ކުއްވެރިކޮށް މިއީ ގައުމަށް ދިން ހަމަލާއެއް ކަމަށް ސިފަކޮށްފައެވެ.

ދާދި ފަހުން އެމެރިކާގެ ބަރަނާ ފިލްމް ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއެލްސްގެ އަތުން 20 މިލިއަން ޑޮލަރު ހޯދުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ދައުވާކޮށްފައެވެ.

ޓްރަމްޕްގެ ލޯޔަރުން ބުނާގޮތުގައި ސްޓޯމީއާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ދެމެދުގައި ކަމަކާ ބެހޭގޮތުން ވާހަކަ ނުދައްކާ ހަނުހުރުމަށް އެއްބަސްވެފައިކަމަށާއި ނަމަވެސް އޭނާވަނީ މިއެއްބަސްވުމާ ޚިލާފުވެފައިކަމަށެވެ. އަދި ޓްރަމްޕްގެ ލޯޔަރު މައިކަލް ކޯހެން ސްޓެފަނީ ބުނެފައިވަނީ އެވާހަކަ ނުދެއްކުމުގެ މަތިން ސްޓެފަނީ ކްލިފޯޑްއަށް 130،000 ޑޮލަރުގެޓުރަންޕްގެ އަމިއްލަ ޖީބުން ޚަދަރުކޮށްގެން ދީފައިވާކަމަށެވެ.

ސްޓޯމީ ވަނީ އޭނާއާއި އެމެރިކާގެ މިހާރު ރައީސް ޑޮނަލްޑް ޓްރަމްޕްއާއި ލޯބީގެ ގޮތުން 2006 ވަނަ އަހަރުން ފެށިގެން ގިނަ މަސްތަކެއް ވަންދެން އުޅުނުކަމަށް ބުނެފައެވެ. މިވާހަކަތައް ސްޓޯމީ މީޑިޔާތަކާ ފުރަތަމަ ހިއްސާކޮށްފައިވަނީ 2011 ވަނަ އަހަރުގައެވެ.

އެހެންނަމަވެސް ރައީސް ޓްރަމްޕް ވަނީ އެ ވާހަކަތައް ދޮގުކޮށް، ސޮޓޯމީއާއި ލޯބީގެ ގޮތުން ގުޅިފައިވާކަމަށް ދެކެވޭވާހަކައަކީ ބޮޑު އޮޅުވާލުމެއް ކަމުގައި އެތައް ފަހަރެއްގެ މަތިން ބުނެފައެވެ.