ރޭގެ ވަގުތެއްގައި އެމެރިކާ އަސްކަރިއްޔާ އިން ސީރިޔާގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އައިސިސްގެ ލީޑަރު އަބޫ އަލް-ބަޣުދާދީ ހައްޔަރު ކުރަން ދިޔަ ނަމަވެސް، އޭނާ ވަނީ އަމިއްލަ ޖާނު ގޮއްވާލައިގެން މަރުވެފައެވެ.

އޭނާ މަރުވިކަން އިއުލާން ކޮށް، ގައުމާއި މުހާތަބު ކުރަމުން ޓްރަމްޕް ބުނެފައި ވަނީ އައިސިސް މީހުންނަކީ ވަރަށް ސްމާޓް ބައެއް ކަމަށާއި އަދި އެމީހުންނަށް ވުރެން މޮޅަށް އިންޓަނެޓް ބޭނުން ކުރާ ހަމައެކަނި މީހަކަށް ހުންނާނީ ޑޮނަލްޑް ޓްރަމްޕް ކަމަށެވެ.

"އެނގޭނެހެން މިއީ ވަރަށް ސްމާޓް ބައެއް. މި މީހުން ސެލް ފޯނުތައް ބޭނުން ކުރާކަށް ނޫޅޭ. ޓެކްޓިކަލް ގޮތުން އެމީހުން މޮޅުކަމުން ހަމަ އަޖައިބުވޭ. ދުނިޔޭގައި ނޫޅޭނެ އެމީހުންނަށް ވުރެން މޮޅަށް އިންޓަނެޓް ބޭނުން ކުރާ ބައެއް، ޑޮނަލްޑް ޓްރަމްޕް ފިޔަވާ. ކޮންމެއަކަސް، އެމީހުން ވަރަށް މޮޅު އިންޓަނެޓް ބޭނުން ކުރަން. އެމީހުންގެ ރެކްރޫޓިން މަސައްކަތްވެސް ކުރަނީ އޮންލައިން ކޮށް" ޓްރަމްޕް ބުނެފައި ވެއެވެ.

ކިރިޔާ ކަމެއް ވާއިރަށް އެތައް ޓްވީޓެއް މީސް މީޑިއާގައި ހިއްސާ ކުރާ ޓްރަމްޕް މިހެން ބުނެފައި ވާއިރު، ދާދި ފަހުން އޭނާ ވަނީ އެޕަލް އައިފޯނުގެ ފަހުގެ ފޯނުތަކުގައި ހޯމް ބަޓަން މިހާރު ނީންނާތީ އެކަމާއި ޝަކުވާ ކޮށްފައެވެ. އެޕަލްގެ ފަހުގެ ފޯނުތަކުން ހޯމް ބަޓަން އުނި ކުރިކަން ޓްރަމްޕް އަށް އެނގިފައި ވަނީވެސް އެކަން ކުރިތާ އެތައް މަހެއް ފަހުންނެވެ.

މިވަރުގެ ރައީސްއަކު އޭނާ އަށް ވުރެން މޮޅަށް އިންޓަނެޓް ބޭނުން ކުރާ މީހަކު ނުހުންނާނެ ކަމަށް ބުނުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ޖޯކު ޖަހަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ދމޗމ

    ޖާބިރު

    11
  2. ތާޖު

    ބަޣްދާދީއަކީ އެމެރިކާ އެޖެންޓެކެވެ. އޭނާގެ ފުރާނަނެތް މަސްގަނޑު ނުދެއްކީ އޭނާ ފޮރުވައިގެން އެމެރިކާއަށް ގެންދަންވެގެންނެވެ.

    8
    2
  3. ހުސޭނުބޭ

    ކަލެޔަށް ނޭގޭ ޕޮކަމެން ކުޅޭކަށްވެސް!