ހަރުކަށި އައިއެސް ޖަމާޢަތުގެ ލީޑަރު އަބޫބަކުރު އަލް-ބަޣުދާދީ މަރާލުމުން އެޖަމާޢަތުގެ ލީޑަރު ކަމަށް އިރާޤުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަމުގައި ސިފައިންގެ އިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރި އަބްދުﷲ ޤަދަސް ނަމަކަށް ކިޔާ މީހަކު އައްޔަން ކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަބްދުﷲ އައިއެސްގެ ލީޑަރުކަމަށް އައްޔަން ކުރީ ބަޣުދާދީ މަރުވުމުގެ ކުރިން އޭނާ މަރުވެއްޖެނަމަ އަބްދުﷲ އައިއެސްގެ ލީޑަރު ކަމަށް އައްޔަން ކުރަން ވަސިއްޔަތް ކޮށްފައި ވާތީއެވެ.

އަބްދުﷲ އާއި ބެހޭ މަގިނަ މައުލޫމާތެއް މީޑިއާ އަށް ސާފުވެފައެއް ނުވެއެވެ. ހަމައެކަނި އެނގޭ އެއްޗަކީ އޭނާ އަކީ ސައްދާމު ހުސައިންގެ ވެރިކަމުގައި ސިފައިންގެ އިސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކޮށް ސައްދާމުގެ ލޯބި ހޯދި މީހެއް ކަމެވެ.

އައިއެސްގެ އިސް މީހުންގެ ގޮތުގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ހަރަކާތްތެރިވަމުން އަންނަނީ ސައްދާމް ހުސައިންގެ ސަރުކާރުގައި ސިފައިންގެ އިސް މަގާމުތައް އަދާކުރި މީހުންނެވެ. އަބްދުﷲ އަކީ މީގެ ކުރިން ވެސް އައިއެސްގެ އޮޕަރޭޝަންތަކުގައި އިސްކޮށް ހަރަކާތްތެރިވި މީހެއް ކަމަށް ވެއެވެ.

އިއްޔެ ރޭ ސީރިއާގައި އެމެރިކާ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބަޣުދާދީ މަރާލާނެ ކަން ޔަގީން ވުމުން އޭނާ ވަނީ ގައިގައި ހަރުކޮށްފައި ހުރި ބޮންތައް ގޮއްވާލައިގެން ތިން ދަރިންނާއި އެކު އަމިއްލަ އަށް މަރުވެފައެވެ.

ސަލާމަތީ ކަންތައްތައް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިހާރު އައިއެސްގެ ބާރު ވަރަށް ދެރަވެފައިވާ ކަމަށް ލަފާކުރެވުނު ނަމަވެސް ބަޣުދާދީގެ މަރުގެ ބަދަލު ހިފަން އައިއެސް އިން ކުއްލިއަކަށް ނުރައްކާތެރި ހަމަލާތަކެއް ދިނުން އެކަށީގެންވެއެވެ. އެހެންކަމުން އެކަމަށް ތައްޔާރުވެ ތިބެން ޖެހޭ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލާމު

    ޙާޤީޤީ އައިއެސް ޖަމާޢަތަކީ ޞައްދާމުގެ ރިޔާސީގާޑުންގެ ގޮތުގައިމަސައްކަތްކުރި ފަސްލައްކަ ސިފައިން ހިމެނޭ ތަޖުރިބާކާރު ބާރުގަދަ ފޯސްއެކެވެ. މި ނައްތާލުމަކީ ވާނެކަމެއްނޫނެވެ.

    15
    13
    • ސޫޕް

      އެންމެ ފަހުގެ ހަގީގީ އައިއެސްއަކީ އޮސްމާނީ ދައުލަތް. އެވެރިކަމަށްފަހު އަދި އިސްލާމީ ޝަރީއަތެއް އޮންނަ ގައުމެއް ނާދޭ. ވެރިކަން ވެއްޓެންޖެހުނީ މުސްލިމުންގެ އީމާންތެރިކަމާއި އެއްބައިވަންތަކަން ނެތިދިޔުމުން. މިހާރުގެ އައިއެސްއަކީ މުސްލިމް ޖަމާއަތެކޭ ކިޔުމަށްވުރެ އުޅުމެއްނެތް ޖާހިލު ޖަމާއަތެކޭ ކިޔުން މާރަނގަޅު. އެއީ ސީދާ އެމެރިކާއާއި އިސްރާއިލާއި ޔޫރޮޕިއަން ޔޫނިއަންއެން މުސްލިމުންގެ ބާރު ކަނޑުވާލުމަށާއި އިސްލާމްދީން ހުތުރުކޮށް ބުއްދިބޭނުންނުކުރާ މީހުންނަށް އިސްލާމްދީން އޮޅުވާލަން ހަދާފައިވާ ޖަމާއަތެއް.

      23
      5
      • މޮޔައެނޮނިމަސް

        އަހަރެން ބަނޑު ހަރުވީ ވެ ސް އެމެރިކާ ޔާ ހެދީ

      • Anonymous

        ވާނުވާ ނޭގުނަސް ކޮމެންޓް ކުރާތީ ދެރައީ ރޯނު އެނދުރުން

  2. ބޮޑު ކަމެއް

    ކަންތަކާ ޖެހުނީ އަނެކަކު ޖާނުން ފިދާވާން އައްޔަން ކުރީ ދޯ.. އިސްލާމްދީނައް ހުތުރު އަރުވާ ބައިގަނޑު

    8
    2