މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި އިންޑިއާގެ ސިޓީއެއް ކަމަށްވާ ޓްރުޗިރައްޕާލީގައި ކުޑަ ކުއްޖަކު ފުން ވަޅެއްގެ ތެރެއަށް ވެއްޓި ތާށިވި ހާދިސާއެއް ފެންމަތިވުމާއި ގުޅިގެން އެކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތް އިދާރާތަކުން ވަގުތުން ފަށައިގެން ކުރިޔަށް ގެންދިޔަނަމަވެސް އަދިވެސް އެކުއްޖާ ސަލާމަތްކުރެވިފައި ނުވާ ކަމަށް އެޤައުމުގެ ނޫސްތަކުން ބުނެފިއެވެ.

މި ހާދިސާ މިހާރު ބައިނަލްއަޤުވާމީ މީޑިއާތަކުގެ ސަމާލުކަމަށްވެސް އައިސްފައިވާއިރު، އުމުރުން ދެ އަހަރުގެ އެ ތުއްތު ކުއްޖާ ތާށިވެފައި އޮތީ، އޭނާ ދިރިއުޅޭ ގޭގެ ކައިރީގައި، ބިމުން ތޮރުފާފައި ހުރި ފުން ވަޅެއްގެ ތެރޭގައެވެ. އިދާރާތަކުން މި ކުއްޖާ ތާށިވި ސަރަޙައްދުގައި ހަރަކާތްތެރިވަމުންދާއިރު، ކުއްޖާގެ ހާލު ދެރަވަމުންދާ ކަމަށް އެފަރާތްތަކުން ބުނެއެވެ.

އެގޮތުން އެކުއްޖާ ސަލާމަތް ނުކުރެވި މިއަދަށް ހަތަރު ދުވަސް ވެފައިވާއިރު، ކުއްޖާ އޮތީ ހޭނެތިފައި ކަމަށް އޮފިޝަލުންނާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވެއެވެ. އެކުއްޖާ ހޭނެތިފައި އޮތް ނަމަވެސް އަދިވެސް ނޭވާ ލަމުންދާ ކަމަށާއި، ނަމަވެސް މިގޮތުގައި މާގިނައިރު އޮވެއްޖެނަމަ އެކުއްޖާގެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ބޮޑު ކަމަށް އެފަރާތްތަކުން ނޫސްތަކުގައި ބުނެފައި ވެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެކުއްޖާ ތާށިވެފައި އޮތީ ބިމުގެ 328 ފޫޓު އަޑީގައެވެ. އޭނާ ސަލާމަތް ކުރުމަށް އެ ސަރަޙައްދުން އިތުރު ދެ ތަނެއް ކޮނުމުގެ މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް އެ ސަރަޙައްދުގެ ބިމުގެ އަޑީގައި ވަނީ ހިލަކަމުން އެކަމަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް ވެއެވެ. ނޫސްތައް ބުނާގޮތުގައި ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް ކޮނެވުނީ 30 ފޫޓާއި 36 ފޫޓުގެ ދެ ވަޅުގަނޑެވެ.

އިދާރާތަކުން ވަނީ އެކުއްޖާ ތާށިވެފައި އޮތް ވަޅުގަނޑުގެ ތެރެއަށް ކުދި ކެމެރާތަކެއް ފޮނުވައިގެން އެކުއްޖާ އޮތް ހާލު ބަލާފައެވެ. މިގޮތުން ނަގާފައިވާ ފޮޓޯތައް މިހާރު މީޑިއާގައި އާންމުވެފައި ވާއިރު ފޮޓޯތަކުން ފެންނަ ގޮތުގައި އެކުއްޖާ އޮތީ ދެ އަތް މައްޗަށް ވާގޮތަށް ވަޅުގެ އަރިމަތިން ހަށިގަނޑު ފިތި ތާށިވެފައެވެ. މި ހާދިސާގައި އެކުއްޖާގެ ހަށިގަނޑަށް ލިބިފައިވަނީ ކިހައިވަރެއްގެ އަނިޔާތަކެއް ކަމެއް އަދި ހޯދިފައެއް ނުވެއެވެ.

އެކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާއިރު، އެ ސަރަޙައްދަށް ވާރޭވެހި ވިއްސާރަ ކުރަމުންދާ ކަމަށް ވެއެވެ. ނަމަވެސް ކުއްޖާ ތާށިވެފައި އޮތް ވަޅުގައި ފެންބޮޑުވެފައެއް ނުވެއެވެ. ކަމާއި ބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ސަރަޙައްދުގައި ޓެންޓު ޖަހައިގެން ކުއްޖާއަށް އިތުރު ގެއްލުމެއް ނުލިބޭނެ ފަދަ ގޮތަކަށް އެކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި މަސައްކަތަށް ހޭދަވާނެ ވަގުތެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޝިޔާމް

    އެކުއްޖާ ސަލާމަތްކޮށް ދެއްވާށި. އާމީން

    135
    2
  2. ސްޕޭސް އެކްސް

    އީލަން މަސްކުގެ ސަމާލުކަމަށް ތިކަން ގެންނަން ފެނޭ.

    35
    3
  3. އާމިނަ

    ޔާﷲ މިދަރިފުޅު މިތަނުން ސަލާމަތްކަމާއެކު މައިންބަފައިންނަށް ލިބޭނެގޮތް މިންވަރު ކޮށްދެއްވާނދޭވެ.އާމީން
    ހާދަ އަސަރެއް ކުރެއޭ.
    ކުޑަކުޑަ ތުއްތު ފުރާނަ އެއް.ވިސްނާބަލަ ނިކަން. ކަމެއްދިމާވީމާ ދަންނަވާނޭ އެހެން ފަރާތެއްނެތް. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހުސްާޠާހިރު ވަންތަކާމާއެވެ. ސުބްޙާނަﷲ

    169
  4. ާއަހު

    މާތް ﷲ އެ
    ތުއްތު ކުއްޖާ
    ސަލާމަތް
    ކޮށް ދެއްވާށި!

    74
    1
  5. Anonymous

    ޔާﷲ މި ތުއްތު ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްކޮށްދެއްވާންދޭވެ! އިނބަރަސްކަލަާންގެ އަކީ އެންމެމޮޅަށް ދެނެވޮޑިންގެންވާ ރަސްކަލާނގެ!

    66
  6. އާތު

    ހިތުގަ އުފެދޭ ސުވާލަކީ އެކުއްޖާ ވަޅުގަަނޑުން އަޑިޔަށް ދާނީ އެ ކުއްޖާ އަށް ދެވޭ ވަރަށް ޖާގަ އެ ވަޅުގަނޑުގަ އިނީމަ ނޫންބާއޭ؟ދެނެ ކީއްވެބާއޭ ނަގަން އުދަނގޫ ވެގެން އެއުޅެނީ.. ފަހަރުގަ ޚަބަރުގަ އޮތް އެއްޗެއް އަޅުގަނޑަށް ގެޓް ނުވަނީ ކަމަށްވެސް ވެދާނެ.. ދުޢާ އަކީ ކުއްޖާ ހެޔޮ ހާލުގަ ލެއްވުން..އިރާދުކުރެއްވިއްޔާ ކުއްޖާގެ ފުރާނަ ސަލާމަތް ވާނެ.

    35
    2
    • އާލިއާ

      ވަޅުގަނޑުގެ ފުޅާ މިން އެކުއްޖާއަށް ވަދެވޭ ވަރަށް ހުއްޓަސް އެކުއްޖާ ނަގަން މީހެއް ނުވަތަ މެޝިނެއް ވައްދާނެ ފުޅާމިން އެވަޅުގަނޑުގަ ނެތީ. އެކުއްޖާ އެއޮތީ ތާށިވެފަ ވަކި ހިސާބަކުން ވަޅުގަނޑު ހަނިވީމަ. ކުއްޖާގެ އުމުރުގެ ހަގު ކަމުންނާއި ކުއްޖާގެ ގައިގައި ވަރު ނެތުމުން ވާގަޑެއްގަ ހިފުމަކީވެސް އުނދަގޫ ކަމަކަށްވާނެ. އަދި ވަޅުގަނޑު މާ ފުން ވުމުން އެކުއްޖާ އާ މުއާމަލާތު ކުރުންވެސް ވާނީ އުނދަގޫ ކަމަކަށް.

      25
  7. ސަޑޭ

    އެކުއްޖާ ސަލާމަތްކޮށް ދެއްވާނދޭއެވެ.....އާމީން

    25
  8. ދޮން ބަބުރު ސޮރު

    ތިވެސް ޗައިނާގައި ދިމާވި ކަމެއްނަމަ ތިޔަ ކުއްޖާ ނަގާފައި އޮންނާނީ ތިހުރީ ކަޔޯ މެންގެ ފެންވަރު.

    7
    7
  9. ލުއި ލުއި

    ޔާﷲ މިދަރިފުޅު މިތަނުން ސަލާމަތްކަމާއެކު މައިންބަފައިންނަށް ލިބޭނެގޮތް މިންވަރު ކޮށްދެއްވާނދޭވެ.އާމީން
    ހާދަ އަސަރެއް ކުރެއޭ.
    ކުޑަކުޑަ ތުއްތު ފުރާނަ އެއް.ވިސްނާބަލަ ނިކަން. ކަމެއްދިމާވީމާ ދަންނަވާނޭ އެހެން ފަރާތެއްނެތް. ﷲ ސުބްޙާނަހޫ ވަތަޢާލާގެ ހުސްާޠާހިރު ވަންތަކާމާއެވެ. ސުބްޙާނަﷲ

    115

    11
  10. Anonymous

    މާތް ﷲ އެ
    ތުއްތު ކުއްޖާ
    ސަލާމަތް
    ކޮށް ދެއްވާށި!
    أمين

    13