ސީރިއާއަށް ކެމިކަލް ހަތިޔާރު ބޭނުންކޮށް އެޤައުމުގެ ސަރުކާރުން ބޮން އެޅި މައްސަލަ ކުއްވެރިކޮށް އެކަމާ ގުޅިގެން 24 ގަޑިއިރު ތެރޭ ބޮޑު ނިންމުމެއް ނިންމަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަންޕް ބުނެފިއެވެ.

އެމެރިކާގެ ރައީސް މިހެން ބުނެފައިވަނީ އެމެރިކާގެ އަސްކަރިއްޔާގެ އިސްވެރިންނާއި އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެެންބަރުންނާ ބައްދަލު ކުރެއްވުމަށްފަހު ނޫސްވެރިންނަށް ދިން ބަސްދީގަތުމެއްގައެވެ. ސީރިއާގައި ކެމިކަލް ހަތިޔާރުގެ ހަމަލާ ދިން މީހުން އެކަމުގެ ބޮޑު އަގެއް ދައްކަން ޖެހޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދިންއިރު، ޓުރަންޕްބުނީ މިކަމުގައި ރަޝިޔާއާއި އިރާނުގެ އަތެއްވެސް ވާކަމަށެވެ.

ޓުރަންޕް ބުނީ މިހަމަލާގެ ފަހަތުގައި ތިބި އެންމެނަށްވެސް އެކަމުގެ ހިތި ފެންނާނެކަމަށާއި އެމެރިކާއިން މިކަން ވަރަށް ސީރިއަސްކޮށް ބަލަމުންގެންދާކަމަށެވެ. މިމައްސަލައަިގައި ސީރިޔާގެ ރައީސް ބައްޝާރުލް އަސަދަކީ "ޖަނަވާރެއްގެ" ގޮތުގައި ވެސް ޓްރަމްޕް ވަނީ ސިފަކޮށްފައެވެ.

"ޖަނަވަރު އަސަދަށް ވާގިވެރިވުމުގެ ޒިންމާ ރައީސް ލަޑިމިއާ ޕުޓިން އާއި ރަޝިޔާ އަދި އީރާނުން އުފުލަން ޖެހޭނެ. އެކަމުގައި އެ މީހުން ބޮޑު އަގެއް އަދާކުރަން ޖެހޭނެ،" ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އެމެރިކާއިން މިގޮތަށް ބުނެފައިވާއިރު، ބައެއް ނޫަސްރިޕޯޓްތަކުން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އެމެރިކާއިން ސީރިޔާގެ ސަރުކާރާ ދެކޮޅަށް ހަމަލާތަކެއް ދޭނެކަމަށާއި ސީރިއާ އަށް ރައްދު ދޭނެ ގޮތަކާ ގުޅޭ ގޮތުން މިއަދު ޓުރަންޕް ބޮޑު ނިންމުމެއް ނިންމާނެ ކަމަށެވެ.

ސީރިއާގެ ދޫމާގައި ކެމިކަލް ހަތިޔާރު ބޭނުން ކުރުމުން 70 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މީޑިޔާ ރިޕޯޓްތަށް ބުނެފައިވާއިރު، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއަށް ފާޑުވިދާޅުވި ޓުރަންޕް މީގެ ކުރިން ބުނެފައިވަނީ ވައިގެ ހަމަލާ ކުރިން ދިން ނަމަ އަސަދުގެ ކަންތައް މިހާރު ހުންނާނީ ނިމިފައިކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އަހުމަދު

    އަސަދަކީ ވެސް ޖަނަވާރެއް އަދި ޓްރަމްޕަކީވެސް ޖަނަވާރެއް.

    11
    2
    • ހާލިދު

      ހަހަހަހާ ތި ބުނީ ވާ ހެޔޮ އެއްޗެއް

      8
      1
  2. ނުރަބޯ

    އަސަދު މީހުންމަރާތީ ޖަނަވާރަކަށް ވެފައި ޔަހޫދީ ބޮޑުވަޒީރު މީހުންމަރާ އިރުވެސް ޖަނަވާރަކަށް ނުވަނީ ކީއްވެބާ؟

    11
  3. ޖޮއްބެ

    ވެގެން އުޅޭގޮތަކީ އެމެރިކާއިން ސޫރިޔާ އަޅުވެތިކޮށް ޢިރާގަށް ހެދިހެން ފޮތިފޮތިކޮށް ބަހަންވެގެން ބައެއް ޢަރަބި ގައުމުތަކާގުޅިގެން ސޫރިޔާސަރުކާރާ އިދިކޮޅުމީހުންނަށް ހަތިޔާރާ ތަމްރީނުދީގެން ހިންގި ހަނގުރާމައިގައި ބޮޑެތި ކުރިއެރުން ތަކެއްލިބި ސޫރިޔާ ގެ ބިމުން ބޮޑު ބައެއް ހިފައިގެން ސަރުކާރު ވައްޓާލަން ހަނގުރާމަކުރަމުން ދަނިކޮށް، އެތަނަށް ފާޅުގައި ރަޝިޔާ ވަދެ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ޙަމަލާތަކެއްދީ ތަޅާދުންކާލި އަރުވާލާ މިބައިގަނޑު ހިފައިގެން ތިބި ރަށްތައް ވެސް އަނބުރާހިފާ، މިހާރު މިބައިގަނޑުގެ އަތްދަށުގައި އޮތީ ވަރަށް ކުޑަތަންކޮޅެކެވެ. އެހެން ކަމުން ކެމިކަލްޙަމަލާއެއް ދިނިއްޔޭ ކިޔައިގެން ދުނިޔޭގެ ގައުމުތަކުގެ ހަމްދަރުދީ ހޯދައިގެން އަނެއްކާވެސް އެތަނަށް ވަށި ބޭލޭތޯ ބަލަނީއެވެ. ކެމިކަލް ޙަމަލާއެކޭ ބުނަނީވެސް އެހީދޭ ޖަމާޢަތްތަކުގެ ނަމުގައި ގޮސް ތިބި އެމެރިކާގެ އެޖެންޓުން ނެވެ. ވިސްނާލީމާ ވެސް އެނގެންވާނެދޯ ހަނގުރާމަ ނިމިނިމި އޮއްވާ ކޮންމެހެން ކެމިކަލް ޙަމަލާއެއް ދިނުމުގެ ބޭނުމެއްނޯންނާނެކަން. އަނެއްކާ މީހުން މަރާތީ އެމެރިކާ އިން ދެރަވާނަމަ ފަލަސްޠީނުގައި ޔަހޫދީ ސިފައިން އަންހެނެއް ފިރިހެނެއް ކުޑަކުއްޖެއް ނުބަލާ މަރަމުންދާއިރު އެމެރިކާގެ ރައީސް ޓްރަމްޕަށް އެތަން ފެންނަން ޖެހޭނެތާ އަދި އެކަމަށް ފިޔަވަޅެއް އަޅަންޖެހޭނެތާ.....!!!!

    10
  4. ެައަލީ

    ކުރަންޕް ތިއުޅެނީ ޔަހޫދީން ހިންގާ ޖަރީމާތަށް ފޮރުވަން ވެގެން ތިވާހަކަ ދައްކަނި މުސްލިމުންނަށް މާހެޔޮއެދޭ މީހަކަށްވެގެން