އައިއެސްގެ ލީޑަރު އަބޫބަކުރު އަލް-ބަޣުދާދީ ހުރިތަނުގެ މައުލޫމާތު އެމެރިކާ އަށް ފޯރުކޮށްދީފައި ވަނީ ބަޣުދާދީ ދިރިއުޅުނު ގޭގައި ދިރިއުޅެމުން ދިޔަ، ބަޣުދާދީގެ ވަރަށް އަރިސް މީހަކު ކަމަށް އެމެރިކާގެ "ފޮކްސް ނިއުސް" އިން ބުނެފިއެވެ.

"ފޮކްސް" އިން ބުނާ ގޮތުގައި ބަޣުދާދީ ހުރިތަނުގެ ސިއްރު މައުލޫމާތުތައް އެމެރިކާގެ ޖާސޫސުންނާއި ހިއްސާ ކުރަމުން ގެންދިޔައީ ސީރިއާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ ޖަމާޢަތް ކަމަށްވާ ސީރިއަން ޑިމޮކްރަޓިކް ފޯސް (އެސްޑީއެފް) އިންނެވެ. ބަޣުދާދީގެ އެންމެ އަރިހުގައި ހުރީ އެސްޑީއެފް އަށް މައުލޫމާތު ފޯރުކޮށްދެމުން ދިޔަ ޖާސޫސެކެވެ.

އެސްޑީއެފްގެ ޖެނެރަލެއް ކަމަށްވާ މަޒްލޮމް އަބްދީ "ފޮކްސް" އަށް މައުލޫމާތު ދެމުން ބުނީ ބަޣުދާދީ ދިރިއުޅެމުން ދިޔަ ގޭގެ މައުލޫމާތު މެއި މަހުގެ 15 ދުވަހު އެޖަމާޢަތައް ލިބުނު ކަމަށެވެ. އެގޭގައި ބަޣުދާދީ ދޭތެރެ ދޭތެރެއިން ހުރެއެވެ. އެންމެ ފަހުން އޭނާ މަރުވީ އެގެއަށް އައިތާ 48 ގަޑިއިރު ވެސް ނުވަނީސް ކަމަށް ވެއެވެ.

ބަޣުދާދީ މަރާލި އޮޕަރޭޝަން ހިންގިއިރު ބަޣުދާދީ ދިރިއުޅުނު ގޭގެ ހުރިހާ މައުލޫމާތެއް އެމެރިކާ އަށް އޮތީ ޖާސޫސުންގެ ފަރާތުން ލިބިފައެވެ. މައުލޫމާތު ދިން ޖާސޫސު ވަނީ ބަޣުދާދީ ދިރިއުޅުނު ގޭގެ އަޑީގައި ބިންގަރާސް މަގެއް އޮންނަ ކަމާއި އެމަގު އޮންނަ ގޮތް ވެސް ކިޔައިދީފައެވެ.

އެމެރިކާ ސިފައިން ބަޣުދާދީ ދިރިއުޅުނު ގެ ކައިރިއަށް ދިއުމަށް ފަހު ފުރަތަމަ ވެސް ޖާސޫސު އެގެއިން ނެރެ އޭނާ އަށް ރައްކާތެރިކަން ދިނެވެ.

އައިއެސްގެ އެންމެ އިސްވެރިންގެ ކައިރީގައި ތިބޭ މީހުން ސިއްރުތައް ހާމަކުރުމަކީ ވަރަށް ނުވާ ކަމެކެވެ. ލީޑަރުންގެ މައުލޫމާތު އާއްމުކޮށް އެނގެނީ ވެސް ވަރަށް ތެދުވެރި، އާއިލީ ގުޅުން ވެސް އޮންނަ މީހުންނަށެވެ. ބަޣުދާދީގެ މައުލޫމާތު އެންމެ ކައިރީގައި ހުރި މީހާ ފޯރުކޮށްދިންއިރު ބަޣުދާދީ އަތުލައި ގަނެވޭނެ މައުލޫމާތެއް ފޯރުކޮށްދޭ މީހަކަށް 25 މިލިއަން އެމެރިކާ ޑޮލަރު އޮތީ ހުށަހަޅާފައެވެ. އެހެންކަމުން އޭނާ އަށް މި ފައިސާ އެމެރިކާ އިން ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮބާ

    އެއްފަހަރުން މުއްސަންދި ވީނު

    16
    7
    • ރިޒާ،

      ހީވޭތަ ދީފާނެހެން ، އާހިރުގަ ޖާސޫސް ވެސް މަރާލާނެ..

      25
      6
    • ހޫ

      ހާދަ ދެރަވެޔޭ ދޯ އޭނަ މަރުވީމަ.

      4
      15
  2. ވާނުވާ

    އަޖައިބެއް. ދެފަހަރު އެކައްޗެއް ނުކިޔާ. އެއް ފަހަރު ބުނާނެ މައުލޫމާތު ދިނީ އިރާގް އިންނޭ ކުރުދީންނޭ ވެސް ކީ

    6
    1
  3. ޢިރާގުން

    ކުއްތާ އެއްއައީމާ ޖާނުގޮއްވާ ނުލާނެ. ޖާނުގޮއްވާލައިފިއްޔާ ދުޝްމަނުންވެސް މަރުވާނެ.

    8
    1
  4. ގަޅި

    ކަލޭމެން ނަމަ ފުރަތަމަވެސް ދުއްވާލާނީ މައުލޫމާތު ދިން މީހާ.

    4
    4
  5. ޢަޒްރާ ޢަލީ

    ޓްރަމްޕް ނިމިގެންދާނީ ބަޔަކު ދޭ ފިދާގެ ހަމަލާއަކުން އިރާދަ ކުރެއްވިއްޔާ ﷲ އަކްބަރު

    11
    6
  6. ނުރަބޯ

    ހުރިހާ ކަމެއްކުރީ ކުރުދީން އެކަމަކު މެޑެލްޖަހަނީ އެމެރިކާ ސިފައިން.

  7. އަލީ

    ދިވެހިންނޭވެ... އަދިވެސް ހޭލާކަށް ނުވޭހެއްޔެވެ... މީނާއަކީ ހަޤީޤީ މުސްލިމެއްނަމަ އަމިއްލަ ޖާނު ގޮއްވާލައިގެން މަރެއް ނުވާނެއެވެ... މިކަމުންވެސް އައިއެސް އަކީ މުސްލިމުންގެ ނަން ހުތުރު ކުރުމަށް އުޅޭ ބައިގަނޑެއްކަން އެނގެއެވެ... އެކަމަކު އަދިވެސް ޖިހާދަށޭ ކިޔައިފަ ތިދަނީ އައިއެސްއާއި ގުޅެން ހެއްޔެެވެ؟ޣާފިލުކަމުގެ ނިދިން ހޭލާށެވެ... ﷲއަށް ތައުބާވާށެވެ... އަދި ވަޤުތު ފާއިތެއްނުވެއެވެ...

    5
    2