6.6 މެގްނެޓިއުޑް ބާރުމިނުގައި ފިލިޕީންސްއަށް މިއަދު އައި ބިންހެލުމެއްގައި ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

އެ ގައުމުގެ ޖިއޮލޮޖިސްޓުން ބުނީ، މަރުވެފައި ވަނީ، ސްކޫލެއްގެ ކްލާސް ރޫމް ތެރޭގައި ފިލައިގެން އޮތް ކުއްޖެއް ކަމަށެވެ.

އެ ބިންހެލުން އައި އެ ގައުމުގެ އެކި ސަރަހައްދުގެ އިމާރާތްތަކަށް ގެއްލުން ލިބި ގިނަ ބަޔަކަށް އަނިޔާވެސް ވިއެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ބިންހެލުން މިނިޓަކަށް ދެމިގެން ދިޔައެވެ. އަދި މި ބިންހެލުމުގައި ބައެއް ގެތަކާއި އިމާރާތްތަކާއި، ސްކޫލްތަކުގެ ކްލާސްރޫމްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ.

މި ބިންހެލުން އައިސްފައި މި ވަނީ މި މަހުގެ ކުރީކޮޅު އެ ގައުމަށް އައި ބިންހެލުމުން އަސަރުން ސަލާމާތް ނުވެވިގެން އުޅެނިކޮށެވެ. އެ ބިންހެލުމުގައި ފަސް މީހަކު މަރުވިއެވެ.

މިއަދު އައި ބިންހެލުމުގައި އެ ކުއްޖާ މަރުވީ އޭނާ ފިލާ އޮތް މަގްސޭސޭގައި ހުްނނަ ސްކޫލްގެ ފާރު އޭނާ ގަޔަށް ވެއްޓިގެން ކަމަށެވެ. އެ ހާދިސާގައި ސްކޫލްގައި ތިބި ގިނަ ކުދިންތަކަށްވެސް އަނިޔާ ވިއެވެ.

އެ ހާދިސާގައި ގިނަ ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އަދި ބަޔަކު ގެއްލިގެން ރިޕޯޓް ކުރުމާއި ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މިހާރު ކަމާއި ގުޅުން ހުރި އިދާރާތަކުން ދަނީ މި ބިންހެލުމުގައި ގެއްލުން ލިބުނު ވަރު އަންދާޒާ ކުރަމުންނެވެ.

ޔޫއެސްގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނީ، 6.8 މެގްނެޓިއުޑްގެ މި ބިންހެލުން އައިސްފައި ވަނީ، ކުދި ކުދި ބިންހެލުންތަކަކަށް ފަހުގައިކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު