އިންޑިއާގެ ސިޓީއެއް ކަމަށްވާ ޓްރުޗިރައްޕާލީގައި ހުރި ފުންވަޅަކަށް މިދިޔަ ހުކުރު ދުވަހު ވެއްޓުނު ކުޑަ ކުއްޖާ ސަލާމަތްވިއިރު، އޮތީ މަރުވެފައި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ސުޖިތް ވިލްސަން ނަމަކަށް ކިޔާ މި ފިރިހެން ކުއްޖާ ވެއްޓުނީ ފުންމިނުގައި 600 ފޫޓު ހުރި ވަޅަކަށެވެ. އޭނާ އެ ވަޅަށް ވެއްޓުނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި ގެ ކައިރީ ކުޅެން އުޅެނިކޮށެވެ.

ކަމާއި ބެހޭ އިދާރާތަކުން ބުނިގޮތުގައި، މި ކުއްޖާ ވެއްޓުމާއެކު، އެ ސަރަހައްދުގައި މި ކުއްޖާ ސަލާމަތް ކުރުމަށް ގިނަބަޔަކު ހަރަކާތްތެރިވަމުންދިޔައެވެ. އަދި މި ކުއްޖާގެ ހާލު ދެރަވަމުންދާ ކަމަށް އެފަރާތްތަކުން އިއްޔެ ވަނީ ބުނެފައެވެ.

ސުޖިތް ސަލާމަތް ކުރެވޭތޯ ކުރަމުންދިޔަ މަސައްކަތަށް މިއަދަށް ފަސް ދުވަސްވީއިރު، މިއަދު އޭނާގެ ހަށިގަނޑު އޮތް ހިސާބަށް ވާސިލްވާވަރު ވިއެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ މަރުވެފައި ކަމަށް އިންޑިއާގެ ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެކުއްޖާ ތާށިވެފައި އޮތީ ބިމުގެ 328 ފޫޓު އަޑީގައެވެ.

ކޮމިއުޝަނަރ އޮފް ރެވެނިއު އެޑްމިނިސްޓްރޭޝަން ރަދާކްރިޝްނަން ހަވާލާދީ އިންޑިއާ ނޫސްތައް ބުނާގޮތުގައި ސުޖީތުއާ ހަމައަށް އޮފިޝަލުންނަށް ވާސިލުވެވުނުއިރު އޭނާގެ ހަށިގަނޑުގެ ބައެއް ބައިތައް ބުރިވެ އޮތީ ކުނިވާން ފަށާފައި ކަމަށެވެ.

އަދި ސުޖީތު ހަށިގަނޑުގެ ދެން ހުރި ބައިތައް ހޯދުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ާަައާޔާ

    ލަގޮންޑި ފަޅައިގެން ދާ ވަރުގެ ހަބަރެއްތީ.. ??

    24