ހީވަނީ ކިމް ކާޑޭޝިއަން އާއި އޭނާ ކައިވެނިކޮށްގެން އުޅޭތާ 500 އަހަރުވެފައިވާ ހެން ކަމަށް އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ، ކާންޔޭ ވެސްޓް ބުނެފިއެވެ.

ކާންޔޭ މިގޮތަށް ބުނެފައިވަނީ އެމެރިކާގެ މަޝްހޫރު ޓީވީ ޝޯވ، 'ދަ ލޭޓް ޝޯވ ވިތް ޖޭމްސް ކޯޑެން' ގެ "އެއާޕޫލް ކަރޯކޭ" ސެގްމެންޓެއްގައި ބައިވެރިވެގެން ދެއްކި ވާހަކައިގެ ތެރޭގައެވެ. 42 އަހަރުގެ ރެޕަރ ކާންޔޭ، އޭނާގެ 39 އަހަރުގެ އަނބިމީހާ ކިމް ކާޑޭޝިއަން އާއި ކައިވެނި ކޮށްގެން އުޅޭތާ މިހާރު 5 އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް ކާންޔޭ ބުނީ އެދެމީހުންގެ އުމުރުންވީ ދުވަހަށްވުރެ ވެސް އެމީހުންގެ ކައިވެންޔަށް ގިނަ ޒަމާންތަކެއް ވެފައިވާ ކަމަށެވެ.

އަބަދުވެސް އާއްމު މީހުންނާ ތަފާތުކޮށް ވާހަކަ ދައްކާ، އަދި އޭނާ ބުނެދޭން އުޅޭ ޕޮއިންޓުތައް، އަޑުއަހާ މީހުންނަށް ވިސްނޭނެ ގޮތަށް ވާހަކަ ދައްކާ ކާންޔޭ ވަނީ އޭނާގެ އެ ބުނުމަށްވެސް "މޮޅު ހުއްޖަތެއް" ޖޯކެއްގެ ތެރެއިންވެސް ދައްކާފައެވެ.

އޭނާ ވަނީ "ކައިވެނީގެ އަހަރުތަކާއި" "ކުއްތާ އަހަރު" ވެސް އަޅާކިޔާފައެވެ. ކާންޔޭ ބުނާގޮތުން 1 ކުއްތާ އަހަރަކީ 7 އިންސާނީ އަހަރެވެ، އެކަމަކު އެއް ކައިވެނީގެ އަހަރަކީ 100 އިންސާނީ އަހަރު ކަމަށް އޭނާ ބުންޏެވެ.

އެއާޕޫލް ކަރޯކޭ އެޕިސޯޑުގެ ތެރޭގައި ކާންޔޭ ވަނީ އޭނާގެ އާއިލާ އާއި، ރަޙުމަތްތެރިންނާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ. އަދި މި ހަފްތާގެ ތެރޭގައި ނެރެފައިވާ އޭނާގެ އެންމެ ފަހުގެ އަލްބަމް، 'ޖީޒަސް އިޒް ކިންގް' އާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައެވެ.

"އަހަރެންގެ އާއިލާގެ އެންމެންވެސް އަހަރެންނަށް ހެޔޮއެދޭ ކަން އެނގޭ. އެކަމަކު އެމީހުންނަކަށް ނުވެއް ގުޅުނު، ހަޅޭއްލަވާކަށް ނުކެރުނު އަހަރެންނާ ދިމާލަށް، އަހަރެންނަކީވެސް ބޮޑު މީހެއް މިހާރު." ކާންޔޭ މިފަހުން އޭނާ ކުރަން ޖެހުނު ތަޖުރިބާތަކާ ގުޅޭގޮތުން ކިޔާދިނެވެ.