މުސްލިމް އަންހެނަކު ބުރުގާ އަޅައިގެން ހުރީމަ އޮސްޓްރޭލިއާގެ ސިޑްނީގެ ނައިޓްކްލަބަކަށް ނުވަދެވުނެވެ.

21 އަހަރުގެ ސޯލިހާ އިޤްބާލް ނަމަކަށް ކިޔާ އަންހެނަކު، އޭނާގެ ރައްޓެހިންނާއެކު ސިޑްނީގެ މަޝްހޫރު ނައިޓްކްލަބެއް އޮންނަ، ޕެރަގަން ހޮޓެލް ބޭރުގައި އެތަނަށް ވަންނަން ކިއޫ ހަދައިގެން ހުއްޓާ، ދޮރު ކުރިމަތީ ތިބި ސެކިއުރިޓީން އޭނާ ކައިރީގައި ވަނީ އަޅައިގެން ހުރި "ބުރުގާ" ނެގުމަށް ބުނެފައެވެ. އެހެންނޫނީ ނައިޓްކްލަބް ތެރެއަށް ނުވަދެވޭނެ ކަމަށް ބުންޏެވެ. އޭގެ ކުރިން ސޯލިހާ ވަނީ އޭނާގެ ފޮޓޯ އައިޑީ ވެސް ސެކިއުރިޓީންނަށް ދައްކާފައެވެ.

"އޭނާ އަހަރެންގެ ހިޖާބަށް އިޝާރަތްކޮށްފަ ބުނި ނަގަން. އަހަރެންނަށް ޝޮކެއް ލިބުނު އެކަމުން. އަހަރެންނަށް އެއަށް އެއްވެސް ޖަވާބެއް ނުދެވުނު ކުއްލިއަކަށް އެގޮތަށް އެމީހާ ބުނުމުން. ދެން އޭނާގެ އަޑުގެ ރާގު ވެސް ހަރުކަށިކޮށް އަނެއްކާ ބުނެފި ބުރުގާ ނަގަން. ތިއީ ކޯއްޗެއް، ތި ނަގާ، އޭނާ އަހަރެންނާ ދިމާލަށް މިހެން ބުނި." ސޯލިހާ ބުންޏެވެ. ޒުވާން އަންހެނާ ވަނީ ސެކިއުރިޓީ ކައިރީގައި އެއީ އޭނާގެ ހިޖާބު ކަމަށާއި، އޭނާ އެ ނުނަގާނެ ކަމަށް ބުނެފައެވެ.

ސެކިއުރިޓީން އެކަމާ ގުޅިގެން ސޯލިހާ ނައިޓްކްލަބަށް ނުވެއްދިއެވެ. ސޯލިހާ ވަނީ އޭނާގެ އައިޑީގައިވެސް ހުންނާނީ ބުރުގާ އަޅައިގެން ހުރި ފޮޓޯއެއް ކަން ފާހަގަކޮށްފައެވެ. ނައިޓްކްލަބަށް އޭނާ ނުވެއްދުމުން ދޮރު ކައިރީގައި ތިބި ސެކިއުރިޓީންނާއި، އެތަނުގެ މެނޭޖްމެންޓާ ދެމެދު ހޫނު ޒުވާބެއް ހިނގި ކަމަށް ސޯލިހާ ބުންޏެވެ. އަދި އިރުކޮޅެއްގެ ތެރޭގައި އެތަނަށް ފުލުހުން ވަނީ އައިސްފައެވެ. ފުލުހުންގެ އެންގުމުގެ މަތިން ސޯލިހާ ޖެހުނީ ނައިޓްކްލަބަށް ނުވަދެވި އެރޭ ގެއަށް ދާށެވެ. އެއީ ޢިމާރާތެއްގެ ވެރިންގެ ހުއްދަ ނެތި، އެތަނާ 50 މީޓަރަށްވެސް ކައިރީގައި މަޑުނުކުރެވޭނެ ގޮތަށް އޮސްޓްރޭލިއާގައި ހެދިފައި އޮންނަ ޤާނޫނެއްގެ ދަށުންނެވެ.

ޕެރަގަން ހޮޓަލުގެ އޮޕަރޭޝަންސް މެނޭޖަރު، ކްރެއިގް ވަނީ ސޯލިހާ އަށް އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓު މެދުވެރިކޮށް މަޢާފަށް އެދިފައެވެ. ނަމަވެސް، ކްރެއިގް ވަނީ ސޯލިހާ ނައިޓްކްލަބަށް ނުވެއްދި ސަބަބަކީ އޭނާ ބުރުގާ ނަގަން ދެކޮޅު ހެދުމުން ކަމަށް ބުނެ ދައްކާ ވާހަކަ ދޮގުކޮށްފައެވެ. އޭނާ ބުނީ ދޮރު ކުރިމަތީގައި ތިބޭ ސެކިއުރިޓީން ސޯލިހާ ނުވެއްދީ އެއީ ބޮލުގެ ސްކާފެއް ކަމަށް ހީކޮށް، އެ ނަގަން އޭނާ ދެކޮޅު ހެދުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ކުޑަމަރިޔަނބު

  އޭނާ އެހެރީ ބުރުގާއެއް އަޅާގެންތަ ފުރަތަމަ މީހަކު އަޅެ ހީހީ މަރެއްނުވާނެތަ އެއަށްވުރެ މާ ރަނގަޅުވީސް ފެންހިއްކާ ތުވާއްޔެއް ބޮލުގަ އޮޅާލައިގެން އުމުރުދުވަހު އުޅުނަސް

  100
  3
 2. މާހާ

  ތީ ބުރުގާތަ؟؟ ނޫނީ ބޮލު ފޮތި ކޮޅެއްތަ.. ތިޔަކައް ނުކިޔާނެ ބުރުގާ އަޅާ މީހުނެކޭ.. ކަރުވެސް އެއޮތީ ދިމާއައް... އަންހެނުންގެ އައުރަ އަކީ މޫނާ ދެ އަތްތިލަ ފިޔަވާ ހުރިހާ ތަނެއް.. އަަދި ނައިޓް ކްލަބް އަކައް ނުދާނެ މުސްލިމެއް ކަހަލަ މުސްލިމަކު ދޯ.. ތިޔަ މީހާ ރަނގަޅުވާނީ ބުރުގާ އަޅަން ވާގޮތައް ނޭޅޭ ކަމުގަ ވައްޔާ ނޭޅުން...

  78
  3
 3. ބޮލުފޮތި

  ފުރަތަމަ ނައިޓް ކްލަބަކައް ވަންނަން ޖެހޭތަ ބުރުގާ އަޅައިގެން؟

  85
  1
 4. ލަމް

  ދިވެހި ބައެއް އަންހެން ކުދިންވެސް ބުރުގާ އަޅަން ވާގޮތަކައް ނޫން ވަކި އަޅަނީ.. ބުރުގާ އަޅާފަ ޓޮޕާ ޖިންސާ ލައިގެން ތަންތަނައް ބާރު ކޮއްގެން ހުރުމައްވުރެ އެމީހުންވެސް ރަނގަޅުވާނީ އެ ނޭޅިއްޔާ....

  62
  2
 5. Anonymous

  ތިޔައީ ބުރުގާއެއްތޯ؟؟؟؟

  41
  3
 6. ފަލަޑެ

  މަ ހީ ކުރީ ފެންވަރައިގެން އިސްތަށިގަނޑު ހިއްކަން ތުވާލި ކޮޅެއް އޮޅައިގެން ހުރީ ކަމަށް. ތިތާ ސެކިއުރިޓީ އަށްވެސް އޮޅިދާނެ ދޯ ތިވައްތަރު ވީމަ....

  48
  1
 7. ކުނބު

  ތިޔަމައްސަލައިގަ ހުރިހާ ތައުރީފެއް ހައްގުވަނީ ނައިޓްކްލަބް ސެކުއިރިޓީއަށް. އެއީ ކީއްވެ؟ އެއީ އެމީހުން އެއޮތީ ބުރުގާގެ އިއްޒަތާގަދަރު ހިފަހައްޓާފަ. ނައިޓްކުލަބަށް މީހުން ދޭތަ ބުރުގާ އަޅައިގެން.

  60
 8. ވަޓް ދަ ހެކް

  ބުރުގާ އަޅައިގެން ތިއޮތީ ކަނދުރާ ފެންނަން.

  21
  1
 9. އަލިބެއްޔާ

  މާފަންނު ކޮޅުގަ އުޅޭނެ ތިގޮތަށް ބުރުގާ އަޅާފަ އަތްކުރު ޓީޝާޓު ލައިގެން އުޅޭ ދެބައި އުމުރުގެ އަންހެނެއް..

  9
  1
 10. ބޮޑު ހަސަންބެ

  ހޫން. ބުރުގާ އަޅައިގެން ނައިޓް ކުލަބައްގޮސް ސޮލަވާތްފުޅު ކިޔަންދޯ އެމަންޖެ އެ އުޅެނީ؟.