މިނިމަހާއި، އެކި ވައްތަރުގެ ޖަނަވާރު މަސް ކަމުން ދިޔަ މީހަކު ރަޝިޔާއިން ހައްޔަރުކޮށްފިއެވެ.

ރަޝިއާގެ އިންވެސްޓިގޭޓިވް ކޮމިޓީން ނެރުނު ދިގު ބަޔާނެއްގައި ބުނެފައިވާ ގޮތުން 51 އަހަރުގެ ފިރިހެނަކު ވަނީ 3 އިންސާނުން ކާލާފައެވެ. އެމީހުން ކެއުމަށްޓަކައި އެންމެ ފުރަތަމަ އެމީހުންނަށް ބަނގުރާ ދިނުމަށްފަހު، އެމީހުން ނިދުނީމަ، ވަޅި ބޭނުންކޮށްގެން އެމީހުން މަރާލާފައިވެއެވެ. އެއަށްފަހު ހަށިގަނޑުގެ ބައިތައް ކުދިކުދިކޮށް ކޮށުމަށްފަހު، އެމީހުންގެ މިނިމަސް އެ މީހާ ވަނީ ކާލާފައެވެ.

އޭނައަށް ނުކުވުނު ބައިތައް ބޮޑު ދަބަހަކަށް އެޅުމަށްފަހު، ކޯރުތެރެއަށް އަޅާފައިވާ ކަމަށް ރަޝިއާގެ ތަހުގީގު ކޮމެޓީގެ ބަޔާނުގައި ބުންޏެވެ. 3 މީހުންގެ ހަށިގަނޑު ފެނިފައިވަނީ ރަޝިއާގެ އުތުރުގެ ސަރަޙައްދެއް ކަމަށްވާ އަރްޙަންގެލްސްކްގެ ކޯރަކާއި، ކުޅިއެއްގެ ތެރެއިންނެވެ. އެމީހާ، މީހުން މަރާފައިވަނީ 2016 އަދި 2017 ވަނަ އަހަރުގެ ތެރޭގައި، އަރްޙަންގެލްސްކްގެ އެކި ހިސާބުތަކުގައެވެ.

"މިނިމަސް ކެއުމުގެ އިތުރަށް، ދަޢުވާ ކުރެވޭ މީހާ ވަނީ ގަވާއިދުން ބުޅަލާއި، ކުއްތާ، ކުދި ޖަނަވާރުތަކާ އަދި ދޫނި ކައިފަ، އެ އެއްޗެހީގެ ހަށިގަނޑުގެ ބައިތައްވެސް ވަނީ އިންސާނުންގެ ހަށިގަނޑުގެ ބައިތަކާއެކު، ޕެކޭޖުތަކެއްގަ ފެނިފަ. ރަޝިއާގެ ތަހުގީގު ކޮމެޓީން ބުނާގޮތުން މިނިމަސް ކާ މީހާގެ ސިއްހީ ޓެސްޓުތައް ހެދިއިރު، އެމީހާ އަކީ އެއްވެސް ނަފްސާނީ މައްސަލައެއް ހުންނަ މީހެއްގެ ގޮތަށް ފާހަގަކުރެވިފައެއް ނުވެއެވެ.

ރަޝިއާގެ މިނިމަހާއި، ޖަނަވާރު ކާ މީހާ ވަކި ހިސާބަކުން ދިރިއުޅެމުން ދިޔައީވެސް އޭނާ ކާލި މީހެއްގެ އެޕާޓްމެންޓުގައެވެ. އެޕާޓްމެންޓަށް ބަދަލުވުމަށްފަހު، މަރާލެވުނު މީހާގެ އާއިލާ މީހުން ކައިރީ އޭނާ ބުނެފައިވަނީ، އެމީހުންގެ ދަރިފުޅު އެހެން ސިޓީއަކަށް ވަޒީފާ އަދާކުރަން ގޮސްފައިވާ ކަމަށެވެ. އެ މީހާ ގެއްލުނު މައްސަލައިގައި ފުލުހުންނަށްވެސް އޭނާ ބަޔާންދީފައިވަނީ އެގޮތަށެވެ. އޭނާ އެގޮތަށް ބުނާތީ އާއި، މެރުމަށްފަހު ކާލާފައިވާ އިތުރު ދެ މީހުންގެ އެއްވެސް އިތުރު ތިމާގެ ބަޔަކު ނެތުމުގެ ސަބަބުން އެމީހާ އާ ދޭތެރޭ މީގެ ކުރިން އެއްވެސް ޝައްކެއް ކުރެވިފައެއް ނުވެއެވެ.

ނަމަވެސް، މިހާރު ފުލުހުން އެމީހާ ހައްޔަރުކޮށް، އޭނާގެ މައްޗަށް ދަޢުވާ ކުރަން ތައްޔާރުވަމުން ވަމުންނެވެ.

އެ މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބަލަމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ލާމު

  ޢަރަބި ލިޔުމެއްގައި އޮއްވާ ދުށީން ، މިނިމަސްކާ މީހުންގެ މޫނުގެ ސިފަ ރާމާ މަކުނުގެ މޫނުގެ ސިފަޔަށް ބަދަލުވެޔޭ! ވައްތަރު ގޮތެއް އެބަ ހުރޭ ދޯ؟

  55
  1
 2. ހުސޭނުބޭ

  މި މިނިމަސްކާ މީހާގެ އެއްވެސް ނަފްސާނީ މައްސަލައެއްވެސް ނެތް! އެކަމަކު ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަކުރިއްޔާ ދެން އެމީހަކީ ދުނިޔޭގައި ލެއްވި ހުރިހައި ނަފްސާނީ ބައްޔެއް ޖެހިފައި ހުރި މީހަކަށްވެ ފުލުހުން އެމީހާ ފޮރުވާދޭ! އަޖައިބެއްނު!

  30
  3
 3. ނޕހވ

  ސަކިންދާ ވެސް

  24
  1
 4. ހުތުރު

  މަކުނެއް ކަންނޭގެ... ވައްތަރުދޯ އަސްލު

  16
  1
 5. ޑދ

  އާ ދޯ...??

  18