އަވަށްޓެރި ސްރީލަންކާގެ މޫސުން ގޯސްވެ، ރަތް އިންޒާރު ނެރެފިއެވެ.

މި އިންޒާރު ނެރެފައި ވަނީ އެ ގައުމުގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިންނެވެ. އެ އިދާރާ އިން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އަށް 3 ދުވަހުވެސް އެ ގައުމުގެ ގިނަ ހިސާބުތަކަށް ބޯ ވިއްސާރަ އާއި އެކު ގުގުރާނެ ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

ރަތް އިންޒާރު ނެރެފައި ވަނީ އެ ގައުމުގެ އުތުރާއި މެދު އުތުރުން މޫސުން ގޯސްވުމާއި ގުޅިގެންނެވެ. މި ހިސާބުގަނޑުގައި ގަޑިއަކު 70-80 ކިލޯމީޓަރާއި ދެމެދުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވާއިރު އެ ގައުމުގެ މޫސުމާއި ބެހޭ އިދާރާ އިން ވަނީ އާއްމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައެވެ. މި އިންޒާރު ދިގުލައިގެން ދާނީ މިރޭގެ 10:30ގެ ނިޔަލަށް ކަމަށް ވަނީ ލަފާކޮށްފައެވެ. ނަމަވެސް މި ވަގުތު އިތުރުވުުމަކީ އެކަށީގެންވާ ކަމެކެވެ.

އެ ގައުމުގެ ކަނޑުތައް ވަނީ ވަރަށް ގަދަވެފައި

މި އިންޒާރާއި އެކު އެ އިދާރާ އިން ވަނީ ސަމާލު ދިގުލައިގެންދާ ވަގުތުގައި ހުރިހާ ފަރާތްތަކުންވެސް ގޭތެރެއަށް ވަދެ، ބޭރުގައި ނޫޅުމަށް ނަސޭހަތްތެރިވެފައެވެ. އަދި ހުސް ބިންތަކުން ދުރުވުމަށާއި، ގޭތެރޭގައިވެސް ކަރަންޓު ސާމާނު ބޭނުން ނުކުރުމުގެ އިތުރުން ބައިސްކަލާއި ސައިކަލު ފަދަ ވެހިކަލްތައްވެސް ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.

މިގޮތަށް އެދިފައި މިވަނީ މި އިންޒާރު ދެމިގެން ދާ ވަގުތުގައި އެ ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ގުގުރައި، ހޮނު އަޅާނެ ކަމަށް ބެލެވޭތީއެވެ. އެ ގައުމުގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުން ދިޔަ ނަމަވެސް، މި ރަތް އިންޒާރު ގިނަ ދިވެހިން ދިރިއުޅޭ ކޮލޮމްބޯ ސަރަހައްދަށް ނެރިފައެއް އަދި ނުވެއެވެ. ކޮލޮމްބޯ ސަރަހައްދަށް ނެރެފައި ވަނީ ރީނދޫ ސަމާލެކެވެ.

ކިޔުންތެރިންގެ ހިޔާލު