އައިއެސްގެ ލީޑަރު މަރުވިކަން އެ ޖަމައާތުން ކަށަަވަރު ކޮށްދީފިއެވެ.

އަލް- ބަޣުދާދީ މަރުވެފައިވާކަން ކަށަވަރު ކޮށްދެމުން އެ ޖަމާއަތުން ކޮންޓްރޯލް ކުރާ ނޫހަކުން އާއްމު ކުރި އޯޑިއޯ އެއްގައި ވަނީ ދެން އައިއެސް ހިންގުމާއި ހަވާލުވާނެ ފަރާތެއްވެސް އައްޔަން ކޮށްފައެވެ.

"އަމަގް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އައިއެސްގެ އައު ލީޑަރަކަށް އައްޔަން ކޮށްފައި ވަނީ އަބޫ އިބްރާހިމް އަލް- ހާޝިމީ އަލް- ކުރައިޝީ ނަމަކަށް ކިޔާ މީހެކެވެ.

އެ ޖަމާއަތުން ވަނީ އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނެއްގައި ބަޣުދާދީ ބިންގަރާހެއް ތެރެއަށް ވަދެ، އޭނާގެ ޖާނު ގޮއްވާލައިގެން މަރުވެފައިވާކަން ޔަގީންކޮށްދީފައެވެ.

މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ބަޣުދާދީ މަރާލާފައިވާ ކަމުގެ ޙަބަރު މީސް މީޑިއާގައި ދައުރު ވި ނަމަވެސް، މިއީ އައިއެސް އިން އެކަން ކަށަވަރު ކޮށްދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މިއާއި އެކު އެމެރިކާ ސިފައިން ބަޣުދާދީ މަރާލި ކަމަށް ސުވާލު އުފައްދަމުން އައި މީހުންނަށް ވަނީ މިކަމުގެ ހަގީގަތް އޮޅުން ފިލާފައެވެ.

ބަޣުދާދީ މަރުވެފައިވާ ކަމުގެ ޙަބަރު އޯޑިއޯ މެސެޖެއްގެ ޒަރިއްޔާ އިން ދީފައި ވަނީ އެ ޖަމާއަތުގެ އައު ސްޕޯކްސް ޕާސަންގެ މަގާމައި ހަވާލުވި އަބޫ ހަމްޒާ އަލް-ކުރައިޝީއެެވެ. އޭނާ ވަނީ އޭގެ ކުރިން އެ މަގާމުގައި ހުރި އަބޫ ހަސަން އަލް-މުޖާހިރު މި މަހުގެ 27ވަނަ ދުވަހު މަރުވެފައިވާކަންވެސް ކަށަވަރު ކޮށްދީފައެވެ.

އައިއެސްގެ ކުރީގެ ސްޕޯކްސް ޕާސަން މަރާލާފައި ވަނީ ސީރިޔާގައި ހަރަކާތްތެރިވާ ކުރުދީންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށްވެސް އަލް-ކުރައިޝީ ވަނީ ބުނެެފައެވެ. ކުރީގެ ސްޕޯކްސްޕާސަން އަބޫ ހަމްޒާ އަކީ ބަޣުދާދީ މަރުވެއްޖެ ހާލަތެއްގައި އެ ޖަމާއަތް ހިންގުމާއި ހަވާލުވާން މީގެ ކުރިން ހަމަޖައްސާފައި އޮތް މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހަގީގަތް

    ‎إنا لله وإنا إليه راجعون
    ބަޣުދާދީގެ ފާފަ ފުއްސަވާ ޖައްނަތުލް ފިރުދައުސް މިންވަރު ކުރައްވާފާދޭ އާމީން

    19
    56
  2. ދޮން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

    19
    38
  3. އަހްމަދު

    تقبّل الله

    11
    26
  4. އިންޓެލިޖެންސް

    އެމެރިކާއިން ދެން އަރރާނީ ލުބުނާނަށް

    25
    7
  5. ޒޭ

    ބިންގަރާސް ތެރޭގައި ނަފްސު ގޮއްވާލި ވާހަކަ ތީ
    ކަލޭމެން އިތުރު ކޮއްފައިވާ ބައެއް.

    10
    26
  6. ސޯވިއެޓް - ތާލިބާން

    ތިއީ އެމެރިކާގެ އެހީގައި ހިންގާ ޖަމާޢަތެއް. އެމީހުން ގެންގުޅޭ ޓޫލްއެއްތީ ބައްޝާރުގެ ވެރިކަން ވައްޓަން.

    26
    4
  7. ޙައްޤު

    ‎إنا لله وإنا إليه راجعون

    7
    38
  8. ސްނޯ

    ސްޓޭޖް ފަަހަތުން ނޭނގޭ އެތައް ކަމެއް އެބަ ހިނގާ؟ ދެން ލަލަލަ

    10
  9. ޒެޑް

    އާން. ކާފަރުން ވަނީ އޭނާ ޝަހީދު ކޮލާފައި. އަދި ނަން ހަޑި ކުރަން އެތައް ދޮގެއް ހަދާ ފަތުރާފައި. އެމީހުންގެ އެވާހަކަތައް ކަލޭމެންގެ ތެރެއިން ބަޔަކު ގަބޫލުވެސް ކުރި. އެމީހުން
    އެހެދި ދޮގު ތަކައް ސުވާލު ކުރެވޭ ދުވަހުން އެމީހުން ގެ ހާލު ވަނީ ކޮންފަދަ އަކުންބާ؟

    6
    46
  10. ބަޣްދާދީ

    އައިސިސް އަކީ އިސްލާމީ ނަމެއް ބޭނުން ކޮށްގެން އުޅޭ އެމެރިކާގެ ކުޅިބައެއް. ބަޣްދާދީއާއި އެމެރިކާ އަދި އިޒްރޭލުގެ ބޮޑުންނާއިއެކު ތިބޭ ފޮޓޯތަކާއި ވީޑިއޯތައްވެސް ވަނީ ލީކްވެފަ. އައިސިސް އަކީ އިސްލާމީ ވަންތަކަމެއް ލިބިގެންނުވާ ކަމުގެ އެންމެ ބޮޑު ހެއްކަކީ އެމީހުން އަންހުންނާއި ކުޑަކުދިން އަދި ރަހުމް ކުޑަކޮށް މީހުން މަރާ މެރުން. ހަނގުރާމައިގާވެސް ރަސޫލާ އަންގަވާފަވަނީ ގަސްގަހާގެއްސަށް ގެއްލުން ނުދިނުމަށާއި އަންހެނުންނާއި ކުޑަކުދިން ނުމެރުމަށް. ކަޅު ދިދަ ހިފައިންގެ ފުރަތަމަ އަންނާނީ ރަނގަޅު ނޫން މީހުންކަމުގަވެސް އޮވޭ. އިންޝާﷲ. ފަލަސްތީނާއި މުސްލިމު ޤައުމުތަކުގެ ހައްޤުގަ މުސްލިމުން އެއްބައިވެ ޔަހޫދީންތައް ބަލިކުރާނެ.

    107
    4
  11. ސަލާހުއްދީން

    ހައްހައްހާ! އަމިއްލައަށް ޚަލީފާ ހެދިގެންއުޅުނު ބުރާންޗެއްތީ. މިއާޚަލީފާ ހެދިގެން އުލެބަލަ

    6
    4