އައިއެސް އަށް އައު ލީޑަރަކު އައްޔަން ކޮށްފައިވާކަން އެ ޖަމާއަތުން ހާމަ ކޮށްފިއެވެ.

އެ ޖަމާއަތުން ކޮންޓްރޯލް ކުރާ ނޫހެއް ކަމުގައިވާ "އަމަގް" އިން އާއްމު ކުރި އޯޑިއޯ އެއްގައި ވާގޮތުން އައިއެސްގެ އައު ލީޑަރަކަށް އައްޔަން ކޮށްފައި ވަނީ އަބޫ އިބްރާހިމް އަލް- ހާޝިމީ އަލް- ކުރައިޝީ ނަމަކަށް ކިޔާ މީހެކެވެ.

އައިއެސްގެ ހިންގުމާއި އަލް-ހާޝިމީ ނަމަކަށް ކިޔާ މީހަކު ހަވާލުވި ނަމަވެސް، އޭނާގެ އެއްވެސް ފޮޓޯއެއްވެސް އެ ޖަމާއަތުން މިހައިތަނަށް ދައްކާފައެއް ނުވެއެވެ.

މެދުއިރުމަތީގެ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން އައިއެސް އިން ބަޣުދާދީގެ މަރުގެ ދިޔަ ހޯދަން ނިކުންނާނެ ކަމަށް ބުނެފައި ވާއިރު، އައިއެސް އިން އެމީހުންގެ ހުސްވެފައިވާ މަގާމުތަކަށް މީހުން އައްޔަން ކުރުމީ އެ މަސައްކަތުގެ ފެށުމެއް ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ.

ބަޣުދާދީ މަރުވެފައިވާ ކަމުގެ ޚަބަރު އޯޑިއޯ މެސެޖެއްގެ ޒަރިއްޔާ އިން އިއުލާން ކުރަމުން އެ ޖަމާއަތުގެ އައު ސްޕޯކްސް ޕާސަންގެ މަގާމައި ހަވާލުވި އަބޫ ހަމްޒާ އަލް-ކުރައިޝީ ބުނެފައި ވަނީ އޭނާ މިހާރު ހުރި މަގާމުގައި މީގެ ކުރިން ހުރި އަބޫ ހަސަން އަލް-މުޖާހިރު މި މަހުގެ 27ވަނަ ދުވަހު މަރުވެފައިވާކަންވެސް ކަށަވަރު ކޮށްދީފައެވެ.

އަބޫ ހަސަން އަލް-މުޖާހިރު މަރާލާފައި ވަނީ ސީރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނާއި އެމެރިކާ ސިފައިން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އޭނާ އަކީ މީގެ ކުރިން ބަޣުދާދީގެ މަރާއި އެކު އައިއެސް ހިންގުމާއި ހަވާލުވާން އޮތް މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ދިވެހި

  حفظه الله

  12
  48
 2. ގުއި ޗޮންހެއި

  މަށަށް ކީއްތަ؟

  43
  16
 3. އަހުމަދު

  رحمه الله

  20
  44
 4. ފެނިގެއްލޭ

  بقيت انشاالله

  9
  38
 5. ޙެހެހެ

  ކެނެރީގެ ނަޝީދު ބާ؟

  38
  5
 6. ހޭލާ

  ތިއީ އިޒްރޭލާއި އެމެރިކާ އާއި ސަޢުދީގެ މަދަދާއި އެކު މުސްލިމުންނަށް ހުތުރުއަރުވަމުން ގެންދާ ބައެއް. ކަލޭމެން ސައޫދީއަށާއި އިޒްރޭލަށް ހަމަލާ ނުދެނީ ކީއްވެ؟

  59
  5
 7. ކުނބު

  މަބުނީ އައިއެސް ސަޕޯޓަރުން މިތާ ހާދަ ކޮމެންޓެއް އެބަކުރެގޭ

  41
  8