އަވައްޓެރި ސްރީލަންކާގައި ފަތުރުވެރިން އުފުލަން ހަދައިގެން އެތްތަކެއް މަރުވެއްޖެއެވެ.

ޑެއިލީ މެއިލް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އެތްތައް މަރުވެފައި ވަނީ މާބުރަ ބޮޑުވެގެންނެވެ. އަދި މަރުނުވި ނަމަވެސް ބައެއް އެތްތަކުގެ ހާލު ދެރަވެފައިވާ ކަަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އެ ނޫހުގައި ބުނެފައިވާގޮތުގައި، އޮޅުކަމުން ގިނަބަޔަކު ލޯބިކުރާ 18 އަހަރުވީ އެތެއްވެސް މަރުވެފައިވާ ކަމަށާއި އެސޮރު މަރުވެފައި ވަނީ ފަތުރުވެރިން އެއްތަނުން އަނެއްތަނަށް އުފުލަން ހަދައިގެން ކަމަށެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާގޮތުގައި، އެންމެ ފަހުން މަރުވި އެ އެއެތުގެ ހަތަރު ފައި ވަނީ ބިންދައިގެން ގޮސްފައެވެ.

މިދިޔަ މަހުގެ 16 ވަަނަ ދުވަހުން ފެށިގެން މަރުވަމުން އަންނަ އެތްތައް ވަޅުލުމުގައި އާއި އެހެން ކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދަނީ އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމުން ކަމަށް މައުލޫމާތު ލިބެއެވެ.

އެއެއްތައް މަރުވެފައި ވަނީ ބުރަބޮޑުވެގެން ކަމަށް މިހާތަނަށް ކުރިއަށްގެންދިޔަ ތަހުގީގުން ހާމަވެފައި ވާކަމަށް ޑެއިލީ މެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.

ހަމައެކަނި ޓުއަރިސްޓުން އުފުލުމުގެ ބަދަލުގައި އެއެއްތައް ދަނީ އެހެނިހެން ބަރުމުދާ އުފުލުމުގައިވެސް ގިނަ އަދަދަކަށް ބޭނުންކޮށްފައެވެ. އަދި އެމަސައްކަތް ކޮށްފައިވަނީ އެތަކެތީގެ ގާބިލްކަމަށްވުރެ އިތުރަށް ކަމަށާއި މިހާރު އެތްތައް ބޭނުން ކުރާނެ ގޮތުގެ ޓްރެއިނިންގް ޕްރޮގްރާމްތަކެއް އެތަކެތި ގެންގުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން އެފަދަ ދިރުންތަކާ ބެހޭ އިދާރާތަކުން ކުރިއަށް ގެންދާކަމަށް އެނޫހުން ވަނީ ބުނެފައެެވެ.

އެތްތައް މަރުވި ހާދިސާ އާއި ގުޅިގެން ކުރަންފެށި ތަހުގީގުން މިހާތަނަށް އެނގިފައިވާ ގޮތުގައި އެތްތައް ގެންގުޅެމުންދިޔަ ފަރާތްތަކުން ވަނީ އެ އެތްތަކަށް އަނިޔާކޮށްފައެވެ. އަދި އެތް ދަތުރުކުރަން ދެކޮޅު ހަދާނަމަ ތަޅައި އަނިޔާ ކޮށްފައިވާކަމަށް ތަހުގީގުން އިނގެއެވެ.

ވޯލްޑް އެނިމަލް ޕްރޮޓެކްޝަންް އިން ހާމަކޮށްފައިވާ ގޮތުގައި އޭޝިއާ ބައްރުގައި 3000 އަށްވުރެ ގިނަ އެތް ދަނީ އެކި ބޭނުންތަކުގައި ބޭނުން ކުރަމުންނެވެ. އޭގެތެރެއިން 77 އިންސައްތަ އެތް ބޭނުން ކުރަނީ އެކިއެކި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކުގައި ކަމަށް އެފަރާތުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ...

    ??

  2. ިޮފަލިނަރަ

    ހެޔޮނުވަަނެދޯ.... .ދެއް އެެއީ ވެހިކަލެެއްތަ..