ޣައްޒާ އިން އިސްރާއިލް އަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޣައްޒާ އިން ފޮނުވާލާފައި ވަނީ ރޮކެޓު ހަމަލާތަކެކެވެ.

ހަމަލާ އަމާޒުވި ކާރެއް

އިިސްރާއިލްގެ ނޫހެއް ކަމުގައިވާ ޖެރުސަލިމް ޕޯސްޓް އިން ބުނެފައި ވަނީ ޣައްޒާ އިން ފޮނުވާލި ހަމަލާ އެއް އިސްރާއިލްގެ ގެއަކަށް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް ގެއަށް ލިިބިފައިވާ ކަމަށެވެ.

ނަމަވެސް މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް އެ ނޫހުން ބުނެފައި ވެއެވެ.

ހަމަލާ އަމާޒުވި ކާރެއް

ޓައިމްސް އޮފް އިސްރާއިލް އިން ބުނެފައި ވަނީ މިރޭ ޣައްޒާ އިން އިސްރާއިލް އަށް ދިން ހަމަލާ ތަކަކީ ފާއިތުވި މަސްތަކުގެ ތެރޭގައި ދިން އެންމެ ވަރުގަދަ ހަމަލާތައް ކަމަށެވެ.

އަދި ރޮކެޓު ސައިރެންގެ އަޑާއި އެކު ބިންގަރާހަށް ވަންނަން ދުވެފައި ދިޔަ 65 އަހަރުގެ އަންހެނަކަށް އަނިޔާވެފައި ވާއިރު އިތުރު މީހަކު ހޭ ނެތުނު ކަމަށްވެސް ޓައިމްސް އޮފް އިސްރާއިލް އިން ބުނެއެވެ.

ޣައްޒާ އިން އިސްރާއިލް އަށް ރޮކެޓު ހަމަލާތަކެއް ފޮނުވާލަނީ

މިކަމާއި ގުޅިގެން ފަލަސްތީނު މީޑިއާތަކުން ރިޕޯޓުކޮށްފައި ވަނީ މި ހަމަލާތަކާއި ގުޅިގެން އިސްރާއިލް ބައެއް މީހުންނަށް އަނިޔާވެފައި ވާކަމަށެވެ.

ނަމަވެސް އިސްރާއިލް އަސްކަރިއްޔާ އިން ބުނެފައި ވަނީ ޣައްޒާ އިން ދިން ރޮކެޓު ހަމަލާތައް ނާކާމިޔާބު ކޮށްލާފައި ވާކަމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. Anonymous

    ޢަލްހަމްދުލިﷲ.

    100
    3
  2. އަފީފް

    ސާބަހޭ، ހިއްވަރުކުރާތި. އިންޝާﷲ ކާމިޔާބުވާނެ. އެމީހުން ޖެހޭނީހަމަ ފައިބާން

    108
    3
  3. އަލީ އިބްރާހިމް

    ސާބަސް ހިއްވަރު ކުރާތި އަދިވެސް ތިޔަ އިސްރާއީލައް ހަމަލާ ދިނުން ގިނަ ކުރަންވީ.....

    102
    5
  4. ވަގުރޭލު

    ފިލާތިބެ ފަންސޫރު ރޮކެޓެއް އެއްލީމަ ޔަހޫދީ އެއްވެސް ޝައިތޯނަކު މަރެއް ނުވޭ.. އެ މިނިކާވަގުންތައް މިހަމަލާ ނިވާފަތްގަނޑަކަށް ހަދައިގެން ފަލަސްތީނުގެ ކުށެއްނެތް އެތަށް ކުޑަކުދިންނަކާ ޒުވާނުންނާ އާންމުން މަރާނެ.. ގިނަފަހަރަށް މިފަދަ ހަމަލާ ދޭނީވެސް އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސޭޑް އަޑީގަ އޮވެގެން.. ބޭނުމަކީ ދުނިޔޭގެ ލޮލުގަ އަނދުނެއް އަޅުވާފަ ފަލަސްތީނަށް އަރައިގަތުން

    14
    1
  5. މނ

    ކިހާ ދެރަ. މުސްލިމުންގެ ލޭ އޮހޮރުވުން އިތުރު ވާނީ

    7
    5
  6. މޯދީ

    ހަގީގަތާއި ކުރިމަތިލާން އެބެޖެހޭނޫން ! އިސްރާއީލަށް އެއްރޮކެޓް ފޮނުވިއްޔާ 10 މިސައިލުން ފަލަސްތީނު އެބަ ފުޑުފުޑު އެބަކުރޭ، އެކަމަކުވެސް ހިއްވަރުކުރާށޯ!؟

    4
    15
  7. ޖިންނި

    ﷲ އަކްބަރ !

    13
  8. ....

    ކަލޭ މެން ކާފަރުން ބިރުގަނޭތަ ? މަ ހީކުރީ ކަލޭ މެން ބިރު ނުގައްނާނެ ކަމައް ... ކަލޭމެންވެސް ބިރު ގަނޭ ދޯ މަރުވެދާނެތީ.... ދެން ވިސްނާލަ ބަލަ ފަލަސްތީން ތަންތާގަ ތިބޭ ކުޑަ ކުދީން ދެން ބޮޑެތި މީހުން މަރަމުންދާ އިރު އެމީހުނައް އަޅާނެ ވޭން.... ކަލޭ މެން ކާފަރުން ފަހާ ދުވާނެ މާ ބިރުވެރި ދުވަހެއް އައްނާނެ... ލާހިކެއްނޫން އެދުވަހަކުން ފިލާކައް... އަދި ތި ބަޑި މިސައިލް ބޭނުން ކޮއްލާކައް....

    16
  9. ދދ

    އޭސް ދޭ ޝުޑް.

  10. ހަ؟

    އޭސް ދޭ ޝުޑް.

  11. އިޒްރޭލު

    އިޒްރޭލު ފަނާވެދާނެ މިފަހަރު

    11
  12. Anonymous

    ތީމާކުރިންވެސް އިނގޭ ކަންތަކެއްނު

    1
    2
  13. ާއަޙްމަދް

    ކޮމަންޓު ކުރައްވާ ބޭފުޅުންނޭ "އިސްރާއިލެއްނޫން"
    އެއީ ފަލަސްޠީނުގެ ބިން ފޭރިގަނެގެން އުޅޭ (ޔަހޫދީންނެވެ)
    ދެނެގައްނާށެވެ، ޔަހޫދީންނާއި އިސްރާއިލު މިއީ ތަފާތު ދެބަޔެކެވެ.
    ފަލަސްޠީނު ބިންފޭރިގަނެގެން އުޅެނީ އެއީ ޔަހޫދީންނޭވެ.
    ސޫރަތުލް ފާތިޙާގެ ފަހުއާޔަތުގައި ވާފަދައިންނެވެ (އެއީ)ﷲ އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންނެވެ.

    12
  14. XD

    ތިޔަށް ކިޔަނީ ކުޅަނދުރު ހަތަޔައް އޮށްގާލުން.