އަރަބި ކަނޑާ ދިމާލުން ރާއްޖެ ކައިރިއަށް ދަތުރުކުރަމުން އައި ތޫފާން "މަހާ'ގެ އަސަރު އިންޑިއާގެ ދެ އަވަށަކަށް ކުރާނެ ކަމަށް އިންޑިއާގެ މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ކުރިއަަށް އޮތް ހަފްތާއަށް އެގައުމުގެ އަވަށެއް ކަމަށްވާ ގުޖަރާތަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. މީގެ އިތުރުން އެ ތޫފާނުގެ އަސަރު އިތުރަށް ގަދަވަމުން އަންނަ ކަމަށާއި ކުރިއަށް އޮތް 48 ގަޑި އިރު ތެރޭގައި އިތުރަށް އޭގެ ބާރު ގަދަ ވާނެ ކަމަށްވެސް އިންޑިއާގެ މެޓުން ވަނީ ލަފާކޮށްފައެވެ.

"ތޫފާން މަހާގެ ސަބަބުން ސައުރަޝްތްރަ އާއި ގުޖަރާތައް ކުރިއަށް އޮތް ދުވަސް ތަކުގައި ބޯކޮށް ވިއްސާރަ ކުރާނެ. އަދި މަހަރަޝްތްރަގެ ބައެއް ހިސާބުތަކަށްވެސް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ" އިންޑިއާގެ މެޓުން ބުނެފައިވެއެވެ.

ފާއިތުވެގެން ދިޔަ 24 ގަޑިއިރު ތެރޭވެސް މި ތޫފާނުގެ ސަބަބުން މަހަރަޝްތްރަ އަށް ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑު ވުމުގެ ހާދިސާތަކެއް ކުރިމަތިވެފައެެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް ބަޔަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް މައުލޫމާތެއް ލިބިފައެއް ނެތެވެ.

އިންޑިއާގެ މެޓުން ވަނީ މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް ކުރިއަށް އޮތް 24 ގަޑި އިރު މަސްވެރިކަމަށް ނުނިކުންނަން އެދިވަޑައިގެންފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    އަލްހަމްދުލިﷲ. ގެރީގެ އަޅުން ފަނާކުިރައްވައިފާދޭއެވެ. އާމީން

    7
    2