ރާއްޖެ ސަރަހައްދުގައި އުފެދުނު ތޫފާނު "މަހާ"ގެ އަސަރު މިހާރު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް މިސްރާބު ޖަހާފައި ވާއިރު، ސެލްފީ ނެގުމުގައި ސަމާލުވުމަށް އެ ގައުމުގެ ސަރުކާރުން އިލްތިމާސް ކޮށްފިއެވެ.
އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކާއި ހަވާލާދީ ރިޕޯޓްތައް ބުނަމުން އަންނަނީ އެފަދަ ގޮތަކަށް ސެލްފީ ނެގުމުގައި ސަމާލުވުމަށް އިލްތިމާސް ކޮށްފައި ވަނީ މީގެ ކުރިންވެސް ބޮޑެތި ރާޅުތައް ނަގާ ވަގުތު މީހުން އެ ރާޅުތަކާއި އެކު ސެލްފީ ނަގަން މަސައްކަތްކޮށް، ގެއްލުންތަކެއް ވެފައި ވާތީ ކަމަށެވެ.
" މި ތޫފާނާއި އެކު ނަގަމުން ދާނީ ބޮޑެތި، ބިޔަ ރާޅުތައް. މީހުން އެ ރާޅުތައް ބޯމަތިން ނަގާ ވަގުތު އެއާއި އެކު ސެލްފީ ނަގަން މަސައްކަތް ކޮށްފިއްޔާ އެމީހުންގެ ފުރާނަ އަށް އޭގެ ސަބަބުން ނުރައްކާ ވާނެ. އެފަދަ ވަގުތެއްގައި ސިއްހީ ފަރާތްތަަކަށްވެސް އެމީހުންނަށް އެހީވާން އުނދަގޫވާނެ" އޮފިޝަލް ބުނެފައި ވެއެވެ.
ތޫފާނު އެ ގައުމާއި ދުރަށް ދިއުމުގެ ކުރިން އާއްމު ފަރުދުން ބީޗު ސަރަހައްދަށް ނިކުމެ ނޫޅުމަށްވެސް އެ ގައުމުގެ ސަރުކާރުން ވަނީ ބާރު އަޅާފައެވެ.
ތޫފާނު އެ ގައުމާއި ދިމާލަށް މިސްރާބު ޖަހާފައި ވާއިރު އޭގެ ސަބަބުން އެ ސަރަހައްދުގައި ވަނީ ގިނަ އަދަދެއްގެ ވިއްސާރަ ވިލާތައް ޖަމާވެފައެވެ. މިއާއި އެކު ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ބައެއް މަގުތަކުގައި ފެންބޮޑުވެފައި ވީ ނަމަވެސް އެ ގައުމުގެ ސަރުކާރުން ވަނީ އެ މައްސަލަ ވަރަށް އަވަހަށް ހައްލު ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
ދެން ރާއްޖެ އަށް ތޫފާނަކަށް ނަންދޭން ޖެހިއްޖެ ނަމަ މަ ކިޔަންވީ ޝަހިންދާ
ސެލްފީ ނަގަން އިލްތިމާސް ކޮއްފި ޔޯ؟؟؟؟