އިންޑިއާ އަށް ނިސްބަތްވާ ގެރި ތަކުގެ ކިރުގައި ހުންނަނީ ރަން ކަމަށާއި، ކިރަށް ރީނދޫ ކުލައެއް އަރާފައި ހުންނަނީ އެހެން ވެގެން ކަމަށް އެ ގައުމުގެ ވެރިކަން ކުރާ ޕާޓީ، ބީޖޭޕީގެ ލީޑަރަކު ބުނެފިއެވެ.

"އިންޑިއާ ގެރިތަކުގައި ހުންނަ ޙާއްސަ އެއް ސިފަ އަކީ އެ ގެރިތަކުގެ ކިރުގައި ހުންނަނީ ރަން. އެހެންވެ މި ގައުމުގެ ގެރިތަކުން ނަގާ ކިރުގައި ރީނދޫ ކުލައެއް ހުންނަނީ" ވެސްޓް ބެންގަލްގެ ބީޖޭޕީ ލީޑަރު ދިލިފް ގޯޝް ބުނެފައިވެއެވެ.

ބެންގަލްގެ އާއްމު ރައްޔިތުންތަކަކާއި ބޮޑު ޖަލްސާ އެއްގެ ތެރެއިން ވާހަކަ ދައްކަމުން ދިލިޕް ބުނެފައި ވަނީ އިންޑިއާގެ ގެރިތަކުގައި ގުދެއް އިންނާނެ ކަމަށާއި، ނަމަވެސް ދުނިޔޭގެ އެހެން ހިސާބުތަކުގައި ހުންނަ ގެރިތަކުގައި ގުދެއް ނީންނާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ އެ ގުދުތަކަށް އިރުގެ އަލިކަން ޖެހޭ ވަގުތު ގެރީގެ ހަށިގަނޑު ތެރޭގައި ރަން އުފެދޭނޭ ކަމަށެވެ.

"އިންޑިއާ ގެރި ކިރުގައި ހުންނާނެ ޙާއްސަ ސިފަތަކެއްވެސް. އިންސާނަކަށް ދިރި ހުރެވޭނެ ހަމައެކަނި މި ގައުމުގެ ގެރިއެއްގެ ކިރު ބޮއިގެން. އެ ކިރުގައި ހިމެނޭނެ އިންސާނާ އަށް ކޮންމެހެން ބޭނުންވާ ކާނާވެސް. މި ކިރު ބޮންޔާ އިތުރު އެއްޗެއް ކާކަށް ނުޖެހޭނެ" ދިލިޕް ބުންޏެވެ.

ދިލިޕްގެ ވާހަކަތަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައި ވާއިރު، ގިނަ ބަޔަކު އަންނަނީ އޭނާގެ ވާހަކަތަކަށް ޖޯކު ޖަހައި، ފާޑު ކިޔަމުންކަން ފާހަގަކޮށްލެވެއެވެ. އެއީ ގެރިއެއްގެ ހަށިގަނޑު ތެރޭގަ އާއި އޭގެ ކިރުގައި ރަން އުފެދުމަކީ ނާދިރު ކަމަކަށް ވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޕޮގުބާ

    ބޮޑު ގަމާރެށް

    82
  2. މާމިގިލީ މީހާ

    ބޮޓެއް. ހުސް ބޮޓުން އުޅޭނީ އިންޑިޔާގަ.

    71
    2
  3. ހާލި

    އަސްލު އޭގެ ނަޖިހުގައޭ ރަން ހުންނަނީ... އެސޮރަށް އަނގަ އޮޅިގެން އެހެން ބުނެވުނީ ކަންނޭގެ...

    70
    3
  4. ފާއިޒު

    އަދި ކީއްހެއްޔެވެ. އިންޑިއާގެ ގެރިތައް ލާ ގުއި(ސީ)ގައި އެކުލެވެިގެންވަނީ ހުސް ޖެވާހިރާއި އަތަރު އުފައްދަން ބޭނުންކުރާ އަގުބޮޑު ބާވަތްތަކެވެ.

    67
    2
  5. ހުސޭނުބޭ

    ދެން ތިވީގޮތުން އޮބިއަޅައިގެންވިއަސް ރަން ފައިބާތޯ ބަލަންޖެހުނީ ތި! ކާކުތަ މިހާރު އޮތްބެއް ގެންގުޅެނީ!

    62
    2
    • ކިޔާ

      ހަހަހާ...

      20
  6. މަކިނބޫ

    އިންޑިޔާ ގެރިތަ ކުގެ ގުއިގަ ވެސް ހުސް ރަން ރިހި ޖަވާހިރު ޔާގޫތު ލޮއެ ?އެހެންވީމަ ކޮންމެ 10 އަ ކުން 9 މީހުން މުއްސަނދި ކަމުން ނިދަނީ ކކކކކ ކައިބޮއި ހަދަނީ ފާހާނާ ކުރަނީ މަގުމަތީގަ.

    46
    2
  7. ިޮފަލިނަރަ

    އެންޑިޔާ ގެރި ގަ އުމު...

    27
    1
  8. ޝޮޓްގަން

    ބްރޯ އެހެންވީމާ ކަލޯމެން ތިޔަ އަޅުކަން ކުރަނީ ރަނަށްވުރެ ދަށް އެއްޗަކަށްނު. ކަލޯމެންގެ ބޯ ކޮބާ؟ މޮޔަތެ؟ ތިމާމެން ހެއްދެވި ގަދަފަދަ ފަރާތެއްވާކަމެއް ނޭނގޭ އުތަ؟ ބުއްދިކޮބާ؟

    37
  9. ދަންސޫރަ

    ޖާހިލުކަން ދެކިބަލަ ގެރި

    22
    1
  10. ކައިލްސް

    ހެހެހެ، ޕޮއިންޓް ޕްރޫވް ކޮށްދޭން ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ،،

    20
  11. އަމީޒާ

    ހީވޭ ނަޖިހުގަވެސް ހުންނަނީ ޔަގޫތާއި މަރުޖާނު ހެން

    13
    1
  12. ޒުހޫ

    އެހެންވީމަ މޯދީ އަށް ދައްނަވައިގެން ދިވެހިސަރުކާރަށް ގެރީގެ ޓީމަކާއި ރަންފެލާނެ ފަހުލަވާނުންކޮޅެއް އަވަހަށް ހަދިޔާކުރޭ. އޭރުން 2020 އަށް ފައިސާ ނެތިގެން މަޝްރޫޢު ތައް ކުރިޔަށް ނުގެންދެވިގެން އުޅޭކަށްނުޖެހޭނެ.

    19
  13. އަޖައިބު

    ގެރި ފޮޓޯސިންތެސިސް ހަދާކަމަށްވެސް ވަނީ.

  14. ގ

    މި ރާއްޖޭގައި ވެސ ް
    މިކަހަލަ
    ކޮސް
    ގޮވާ
    ޢެކަކު
    އެބަހުރި

  15. ދޮން ބަބުރު ސޮރު

    އެކަލޭގެއަށް ނޭގޭ އަދި އެއްކަމެއް އެބަ އޮތް
    ހެނދުނު އަރާ އިރުގެ އަވި އިންޑިއާގެ ގެރިއަށް އެޅިގެން އަލިމަސް އުފެފޭތީ ދުނިޔޭގައި އަލިމަސް ހުންނަނީ.

  16. ގެރި

    މަގައިގަ ރަން ހުންނަ ކަމައްބުނާ މީހާގެ އުގޫބާތަކީ ދޫބުރިކުރުން.ހިހިހިހިހިއްހިހީ