ތައިލޭންޑްގެ ދެކުނުގެ ހިސާބެއްގައި ދިން ހަމަލާއެއްގައި 15 މީހަކު މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ތައިލޭންޑްގެ ފުލުހުން ޖަހާފައިވާ ސެކިއުރިޓީ ޗެކްޕޯސްޓެއް ކައިރީގައެވެ. މި ހާދިސާގައި ފުލުހުންގެ މީހަކަށާއި އަމިއްލަ އިސްނެގުމުގެ މަތިން އެތަނަށް އައިސްފައިވާ ސިފައިންގެ ބައެއް މީހުންނަށްވެސް ވަނީ އެކި ވަރުގެ އަނިޔާ ވެފައެވެ.

އަލްޖަޒީރާ ނޫހުން ބުނެފައިވަނީ، މި ހަމަލާތައް ދިން ފަރާތްތަކުން ވަނީ ތައިލޭންޑްގެ ދެކުނުގެ އަވަށެއް ކަމަށްވާ ޔަލަ ގައިވެސް ގޮވާތަކެތި ބޭނުން ކޮށްފައި ކަމަށެވެ. އަދި ދުއްވާ އުޅަނދުތައް ހުއްޓުވުމުގެ ގޮތުން މަގު މައްޗަށް މޮހޮރު ފަދަ ތަކެތި އަޅާ ކަމަށްވެސް އަލްޖަޒީރާއިން ބުނެފައިވެއެވެ.

ތައިލޭންޑްގެ ސިފައިންގެ ތަރުޖަމާނު ބުނީ، މިއަދު ދިން ހަމަލާފައި 12 މީހަކު އެތަނަށް މަރުވެފައިވާ ކަމަށައި 2 މީހަކު މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށެވެ. އަދި ދެން މަރުވެފައިވާ މީހާ މަރުވެފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް އޭނާ ބުނެފައިވެއެވެ.

"12 މީހުން މަރުވެފައިވަނީ ދިން ހަމަލާގައި އެތަނަށް، އަނެއް 2 މީހުން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް، އަދި އަނެއް މީހާ މަރުވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި" ކޮލޮނެލް ޕްރަމޯޓް ޕްރޮމްއިން ބުންޏެވެ.

އޭނާ ބުނެފައިވަނީ މި ހަމަލާއަކީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ދީފައިވާ ހަމަލާއެއް ކަމަށާއި މިއީ ތައިލޭންޑްގައި ފަހަކަށް އައިސް ދީފައިވާ އެންމެ ނުރައްކާތެރި އަދި އެންމެ ބޮޑު ހަމަލާ ކަމަށެވެ. އަދި ހަމަލާ ދިން ފަރާތްތަކުން ފުލުހުންގެ ސެކިއުރިޓީ ޗެކްޕޯސްޓަށް އައިސް ބަޑި ނަގައިގެން ގޮސްފައިވާ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.