އިންޑިއާ ކަނޑުގެ ޖަޒީރާ ޤައުމެއް ކަމަށްވާ ރީޔޫނިއަން އަށް ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ދިޔަ ފަތުރުވެރިޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ސްކޮޓްލޭންޑްގެ 44 އަހަރުގެ ފަތުރުވެރިޔާ ގެއްލިފައިވަނީ މިދިޔަ ހަފްތާ ބަންދުގައި ރީޔޫނިއަންގައި ފަތާފައި ދަނިކޮށެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު ޤަބޫލުކުރަނީ މިޔަރެއް އޭނާ ކާލާފައިވާ ކަމަށެވެ.

ނަން އެނގިފައިނުވާ 41 އަހަރުގެ ސްކޮޓްލެންޑު ރައްޔިތަކާއި، އޭނާގެ އަނބިމީހާ ރީޔޫނިއަން އަސް ގޮސްފައިވަނީ ހަފްތާއެއްހާ ދުވަހަށެވެ. ފަތުރުވެރިޔާ ކާލާފައިވާ ކަމުގެ ނިޝާންތައް ފެނިފައިވަނީ ރީޔޫނިއަންގެ މަޝްހޫރު ގޮނޑުދޮށްތައް ކައިރިން ފަތުރުވެރިންނަށް ނުރައްކާވާ ގޮތަށް 'ޓައިގަރ ޝާކް' މިޔަރެއް އުޅޭތީ، އޭތި މަރާލުމުންނެވެ. މިޔަރުގެ ބަނޑުތެރެއިން ޗިސްޗިސްވެފައި އޮއްވާ ފެނުނު އިންސާނެއްގެ އަތާއި އެއްކޮށް ހުރިހާ ޝައްކުތަކަށް ޖަވާބު ލިބިގެން ދިޔައެވެ.

އެދެމަފިރިން ހަރމިޓޭޖް ލެގޫން' ގޮނޑުދޮށަށް މޫދަށް އެރިލުމަށް ގޮސް ތިއްބާ ފިރިމީހާ ގެއްލުމުގެ ސަބަބުން އެކަން ސަމާލުކަށް ގެނައީ އޭނާގެ އަނބިމީހާ އެވެ. ފިރިމީހާ އެނބުރި ނައިސް، ގިނަ އިރުތަކެއް ވުމުން އޭނާގެ އަންހެނުން ވަނީ ފުލުހުންގެ ސަމާލުކަމަށްވެސް އެކަން ގެނެސްފައެވެ. އެއާއެކު، އޭނާ ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފެށިގެން ދިޔައެވެ. ބޯޓާއި، ހެލިކަޕްޓަރު ބޭނުންކޮށްގެން އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު، ކުއްތާ ވެސް މި އޮޕަރޭޝަނުގައި ބޭނުންކޮށްފައިވެއެވެ

ފުލުހުންގެ އެ އޮޕަރޭޝަނުގައި އެ ސަރަޙައްދުގެ ފަރުތައްވެސް ވަކި ވަކިން ބެލިއެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ފަތުރުވެރިންނަށް މާ ބޮޑަށް ނުރައްކާވާ ގޮތަށް ހަލަބޮލިކޮށް އުޅުނު މިޔަރު މަރާލިއިރު އޭތީގެ ބަނޑުތެރެއިން ފެނުނު އިންސާނެއްގެ 'އަތް' މިހާރު ޑީއެންއޭ ތަހުލީލަށް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.

އެ އަތުގައި އޮތް ކައިވެނީގެ އަނގޮޓީގެ ސަބަބުން އެއީ ސްކޮޓްލޭންޑުގެ ފަތުރުވެރިޔާކަން ޔަޤީންކުރެވޭ ކަމަށް ރީޔޫނިއަންގެ ނޫސްތަކުން ބުނެއެވެ. އެއީ އޭނާގެ އަންހެނުންނަށް އެ އަނގޮޓި ވަކިކުރަން މާ ރަނގަޅަށްވެސް އެނގޭތީއެވެ. އެ ހާދިސާގައި މަރާލެވުނު 'ޓައިގަރ ޝާކް' އަކީ 10 ފޫޓުގެ ބޮޑު މިޔަރެކެވެ. އަދި އެއީ އެ ގޮނޑުދޮށް ކައިރީގައި ނުރައްކާ ގޮތަށް އުޅުނު 5 މިޔަރުން ކުރެ އެކަތި ކަމަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހޮހޯ

    މިޔަރެއް މީހަކަށް ހަމަލާ ނުދޭނެ. އެއީ ވަރަށް ޕީސްފުލް ލަވިންގ އުއްމައެއް.

    6
    44
  2. Anonymous

    މިރާއްޖޭގައި ވެސް މިޔަރު އުނދަގޫ ވަރަށް ބޮޑު އިންސާނެއްގެ ފުރާނަ ނުދަނީސް މިކަމަށް ޙައްލެއް ހޯދަން ޖެހޭ

    66
    6
  3. ސާއްޓޭ

    މިރާއްޖޭގައި ވެސް މިޔަރުގެ އުނދަގޫ ވަރަށް ބޮޑު އިންސާނެއްގެ ފުރާނަ ނުދަނީސް މިކަމަށް ޙައްލެއް ހޯދަން އެބަ ޖެހޭ

    45
    8
    • ެއަލް

      މިސަރުކާރަކީ ކަމެއް ދިމާވީމަ ފިޔަވަޅު އަޅާ ސަރުކާރެއް. މަޑުކޮއްލާ މީހަކަށް އަނިޔާ ވީމަ ވަގުތުން އެކްޝަން ނަގާނެ.

      35
      4
    • މައުސް

      ކޮޕީކެޓް ނެވާ ކެޗް އަސް އަ މަ އުސް

      8
      2