ކެލިފޯނިއާ ސެލިނަސް ޖަލުން ދެ ގައިދީއަކު ޖަލުގެ ސީލިންގ ފަޅާލައިގެން ފިލައިފި އެވެ. އެދެމީހުން ފިލާފައިވަނީ އެޖަލުގައިވާ ފާހަނައިގެ ސީލިންގ ފަޅާލައިގެންނެވެ.

ސެލިނަސް ޖަލުން އެ ދެ ގައިދީން ފިލާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ހެނދުނުގެ ވަގުތެއްގަ އެވެ. ފަޅާލާފައިވާ ތަނުގެ ފުޅާމިނުގައި 56 ސެންޓިމީޓަރު ހުއްޓެވެ. މި ދެ ގައިދީންނަކީ 21 އަހަރުގެ ސަންތޯސް ފޮންސެކާ ނަމަކަށް ކިޔާ މީހަކާ 20 އަހަރުގެ ސޮނަތަން ސަލަޒަރް ނަމަކަށް ކިޔާ މީހެކެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އެދެމީހުންނަކީ މީގެ ކުރިންވެސް ސެލިނަސް ޖަލުން ފިލައިގެން އުޅެނިކޮށް ހޯދައިފައިވާ ދެމީހުންނެވެ. އެޖަލުން ފިލާފައިވަނީ އެތާތިބި ގާޑުންނަށްވެސް އެނގިފައިނުވާ ތަނަކުންކަމަށެވެ. މީގެކުރިން އެމީހުންނަށް އެކަން ދެނެގަނެފައި ނުވާކަމަށް ގާޑުން ބުނެފައިވެ އެވެ.

އަދި މިމީހުން ފިލާފައިވަނީ އެއްވެސް ހިލަމެއް ނެތިއެވެ. ނަމަވެސް މިހާބޮޑު ކަމެއް ހިނގާދިޔައިރު، މީހަކަށް އެއްވެސް ހިލަމެއް ނުވުމުން މިތަނުގައި ޖަލު ބަލަހައްޓަން ތިބި މީހުންނާމެދު ޝައްކު ކުރެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި ފުލުހުން ބުނިގޮތުގައި އެކަމުގެ ހަގީގަތް ހޯދާނެ ކަމަށާއި މިކަމުގައި ކޮންމެސް ބައެއްގެ އެހީއެއް ލިބިގެން ނޫނި ފިލައިގެން ނުދެވޭނެ އެވެ.

ފުލުހުންގެ ކެޕްޓަން ބުނީ އެމީހުން ފިލައިގެން ދިއުމުގައި ޖަލު ހޯލުންވެސް ނުކުމެވޭނި ކޮންމެވެސް ބައެއްގެ އަތެއް އޮވެގެން ކަމަށެވެ. އަދި އެނޫންގޮތަކައް މިތަނުން ފިލައިގެން ނުދެވޭނެކަން ޔަގީންކަން އޭނާ ދެެެއެވެ.

އަދި އޭނާ ފާހަގަކޮށްފައިވާގޮތުގައި، އެކަން ބޮޑު އެއް މައްސަލައެއްގެ ގޮތުގައި ބަލާނެ އެވެ.

މީގެ ކުރިން 2018 ވަނަ އަހަރު ތެރޭގައި މިކަހަލަ ހާދިސާއެއް ހިންގާފައިވެ އެވެ. އެފަހަރު އެމީހުން ފިލާފައިވަނީ އެވަގުތު ޖަލު ބަލަހައްޓަން ތިބި ބަޔަކާ ގުޅިގެންކަމަށް ފުލުހުން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު