ސީރިޔާގައި ދިން ކެމިކަލް ޙަމަލާ ތަހުޤީޤުކުރަން ހުށަހެޅި ޤަރާރު ރަޝިޔާއިން ވީޓޯކޮށްފިއެވެ.

މި ޤަރާރު އދ. އަށް ހުށަހަޅާފައިވަނީ އެމެރިކާއިންނެވެ.

އެމެރިކާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ޤަރާރުގައި ވަނީ ސީރިޔާގެ ސަރުކާރުން އެޤައުމުގެ ރައްޔިތުންނާއި ދެކޮޅަށް ދިން ޙަމަލާގެ މިނިވަން ތަހުޤީޤެއް ކުރުމަށެވެ.

މިއީ ސީރިޔާ ސަރުކާރުން ސުންނީންނާއި ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކަށް ވާގިވެރިވާ ރަޝިޔާއިން ސަލާމަތީ މަޖިލީހުގައި ސީރިޔާގެ މައްސަލައެއްގައި ވީޓޯގެ ބާރު ބޭނުންކުރި 12 ވަނަ ފަހަރެވެ.

އޫތާގައި މިދިޔަ ހޮނިހިރު ދުވަހު ދިން ކެމިކަލް ޙަމަލާގައި 70 އަށް ވުރެ ގިނަ މީހުން މަރުވެ ހާހެއްހައި ޢާންމުންނަށް އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުންދާއިރު، އަނިޔާވި މީހުންގެ ތެރެއިން ބައެއް މީހުންގެ ހާލު ސީރިއަސްވުމުން، ޙަމަލާގައި މަރުވި މީހުންގެ ޢަދަދު އިތުރުވުމުގެ ފުރުސަތު އޮތްކަމަށް އޮފިޝަލުންނާއި ޙަވާލާދީ މީޑިއާތަކުން ބުނެއެވެ.

އޫތާގައި ކެމިކަލް ޙަމަލާއެއް ދީފައިވާއިރު، އެވާހަކަތައް ސީރިއާ ސަރުކާރުންނާއި ރަޝިއާ އިން ދޮގު ކުރެއެވެ.

އެމެރިކާއިން ހުށައެޅި ޤަރާރު ރަޝިޔާއިން ވީޓޯކުރިއިރު، އޫތާ އަށް ދިން ކެމިކަލް ހަމަލާއަށް ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން "ވަރަށް ބޮޑު އަގެއް" ދައްކަން ޖެހޭނެ ކަމަށް ބުނެ ބައްޝާރުގެ ސަރުކާރަށް އެމެރިކާއިން ވަނީ ވަރުގަދަ އިންޒާރުތަކެއްވެސް ދީފައެވެ.

ސީރިޔާގެ ސަރުކާރަށް ހިއްވަރުދީ، ބައްޝާރުގެ ސަރުކާރަށް ރަޝިޔާ ސިފައިން ހިމާޔަތް ދެމުން އަންނާތީ އާއި އެޤައުމުގެ ސަރުކާރުން ހިންގަމުންދާ ޖަރީމާތަކަށް ރަޝިޔާއިން މަގުފަހިކޮށްދޭ ކަމަށް ބުނެ މީގެ ކުރިންވެސް އެމެރިކާއިން ވަނީ ނުރުހުން ފާޅުކޮށް ރަޝިޔާއާއި ދެކޮޅަށް ބަސް ބުނެފައެވެ.

ހޮނިހިރު ދުވަހުގެ ޙަމަލާއާއި ގުޅިގެން އެމެރިކާއިން އދ. އަށް ޤަރާރެއް ހުށަހަޅިއިރު، ޢާންމު ގޮތެއްގައި އދ. ގައި ވީޓޯގެ ބާރު ބޭނުންކުރަނީ ޤައުމުތަކަށް ޤަތުލު ޢާންމު ހިންގަން ބާރުގަދަ ޤައުމުތަކުން ދޭ ހުއްދައެއްގެ ގޮތުގައެވެ.

ސީރިޔާގެ މައްސަލައިގައި ރަޝިޔާއިން ވީޓީގެ ބާރު ބޭނުންކުރާއިރު، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޤަތުލު ޢާންމުތައް ކުއްވެރިކުރުމަށާއި ތަހުޤީޤުކުރުމަށް ޤަރާރެއް ހުށަހަޅައިފިނަމަ، އިސްރާއީލަށް ވާގިވެރިވެ އެމެރިކާއިން ވީޓޯ ކުރާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުރުޖިބު ޖިންނި

    ތިޔަތިބީ ޖާހިލުވެގެންގޮސް ހައްދުފަހަނައަޅާފަ!!! އެއްބަޔަކު އަނެއްބަޔަކަށް ނުބައި ކަންތައްތަކަށް ވާގިވެރިވަމުން ގޮސް ތިޔަތިބީ ވާގިނެތޭ ބަލިޖެހިފޭ!!!! އަހުންނަށް ކޮންފަދަބޮޑު ބލ އެއްޖެހިފޭ މިއޮތީ؟؟؟ ކޮންމެ ދިމާލަކަށް ކަޅިހިންގާލިޔަސް މާރާމާރީ އާއި ރޭޕުކުރުމާއި ފޭރުމާއި ކުޑަކުދިން ފިލުވާލުމާއި މިހެންގޮސް ދައްޖާލު އުފާވާނެހާ ކަމެއް މިވެރިން ކުރުމުގައި މިތިބީ ސާބިތުވެ ޣަރަޤުވެފޭ!!! މަވާ ސަލާމް. ވަﷲ އަޢުލަމް!!!!

  2. އަލީ

    ނޫސްވެރިޔާ ދެކުނީމުތޯ ހަމަލާ ދިން މީހުން ؟

    މިރާއްޖެ އަށް، އަފްގާނިސްތާނުންނާއި، ލަންކާ އިންނާއި، އިރާގުން ބަޔަކު އައިސް ހަމަލާ ދިނީމަ އެވާނީ އުދުވާނީ ޓެރަރިސްޓް ހަމަލާއަކަށް.

    ސީރިއާ އަށް އެމެރިކާ ވާގިވެރިވާ ބަޔަކު އެރީމަ އެއީ ބަތަލުންނާއި ޖިހާދު ކުރާ މީހުން.

  3. ޖުޔހޔ

    ިހރޔފޖ5ވތޖރހތގބހ

  4. މޮހޮދޭ

    "ވީޓޯ" ކުރުން ދިވެހިން ނަށް އިނގޭހެން ސާފު ދިވެހި ބަހުން ހަބަރު ލިޔެބަލަ