އިންޑިއާގެ ބެންގަލޫރުގައި ގަވާއިދުން ނަމާދަށްދާ ކުދިންނަށް ބައިސިކަލް ހަދިޔާކޮށްފިއެވެ.

40 ދުވަސް މެދުނުކުނޑި ބެންގަލޫރުގު ހާޖީ ސާއިސްމާއީ ސާއިދު މިސްކިތަށް ނަމާދަށް ގޮސްފައިވާ 99 ކުދިންނަށް މިހާރު އެ މިސްކިތުން ވަނީ އާ ބައިސިކަލް ހަދިޔާ ކޮށްފައެވެ.

މިކަން އެމިސްކިތުން ކޮށްފައިވަނީ މީގެ ކުރިން އިންޑިއާގެ ބައެއް މިސްކިތްތަކުން، ކުޑަކުދިން ނަމާދަށް ފަރުވާތެރި ކުރުމަށް ކުރި މި މަސައްކަތް ކާމިޔާބުވެފައިވާތީ، އެ މަސައްކަތް އިތުރަށް ފުޅާކޮށް، ކުދިންގެ ހިތުގައި ނަމާދަށް ލޯބި އިތުރުކުރުމުގެ ބޭނުމުގައެވެ.

ހާޖީ ސާއިސްމާއީ މިސްކިތުން ބޭއްވި މި ޕްރޮގްރާމްގައި 200 ވަރަކަށް ކުދިން ވަނީ ބައިވެރިވެފައެވެ. އެހެން ނަމަވެސް ގަވައިދަށް މިސްކިތައް ނާދެވެނު ކުދިންނަށް ވަނީ އެކުދިން ކުރި ހިތްވަރު ފާހަގަކޮށް ގަޑި ފަދަ ތަކެތި ހަދިޔާ ކޮށްފައެވެ.

މި ޕްރޮގްރާމް ކުރިޔަށް އޮތް ތަނުގައިވެސް ހިންގުމަށް އެ މިސްކިތުން ވަނީ ނިންމާފައެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވެ، ހަދިޔާ ލިބޭ ކުދިން ކުރިޔަށް އޮތް ތަނުގައިވެސް ނަމާދަށް ފަރުވާތެރިވުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ޕްރޮގްރާމް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ އެދިފައެވެ.

މީގެ ކުރިންވެސް އެކި ގައުމުތަކުގައި ވަނީ ކުޑަދިންގެ ހިތްތަކުގައި ނަމާދަށް ލޯބިކޮށް އެކުދިން ނަމާދަށް ފަރުވާތެރި ކުރުވުމަށް މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މެލޭޝިއާގެ މިސްކިތަކުންވެސް ވަނީ މިފަދަ ހަރަކާތެއް ހިންގާފައެވެ. އަދި ތުރުކީވިލާތާ މިސްރުގައިވެސް މީގެ ކުރިން ވަނީ މިފަދަ ހަރަކާތްތަކެއް ހިންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޒާހިރާ

    ދެޓް އިޒް ޑީލް މެކިންގް. ޢެއްޗެއް ބޭނުމުގަ. ޜަގަޅެއްނޫން.

    7
    13
  2. ޖުހާ

    މަޖްބޫރުކަމެއްނެތް. އެކުދީން ބައިސްކަލެއް ބޭނުމިއްޔާ ދާން ޖެހޭނެނު. އެހެންނޫނަސް އެކަމުގެ މާތްކަން އެނގުނީމަ ދާނެތާ ބައިސްކަލެއް ނުދިނަސް.

    7
    1
  3. އައިޝާ

    އަޅުގަނޑު އެދެނީ ހދ އަތޮޅުގަ އަރަބިއްޔާގެ ކުލާސްރޫމުތަކެއް ގާއިމުކޮއް ދީނީ ތައުލީމު ފުޅާކުރުން ނަމެއްގަ މުސްލިމުން ކަމުގަ ދައުލަތުން އެކަށީގެންވާ ގޮތައް އިސްލާމުންނައް އެފުރުސަތު ފަހިކޮއް ނުދިނުމަކީ ވަރައްދެރަކަމެއް

  4. އަހުމަދު

    ކުޑައިރު ހިތް ޖެހުމުން ފަހުން އޭގެ ފައިދާ ކުރާނެ ރަނގަޅު ކަމެއް މީ އިނާމު ދީގެންވެސް އެހެން ގޮތަކުން ވެސް ދީނާ ކައިރީ ކުރުން މުހިންމީ ޓެސްޓުން ނަތީޖާ ގެނެސްފިއްޔާ އަގުބޮޑު ހަދިޔާ ވެސް ދެނީއެއްނު

    13
    2
  5. ެއަލިފު

    ދުރު ހިސާބު ތަކުން މިސްކިތައް އެކުދިން އަންނަނީ ހަމަ ރަނގަޅު ކަމެއް މީ

    12
    2
  6. އއިސިސ

    ބައިސްކަލް ދީގެން އައިސިސްއަށް ވެއްދުމުގެ ޕްރޮގްރާމް ފެށުނީ

    4
    17
    • ?

      ??? ޢަދި ދޭނެ ފުރޮޅުލީގޮނޑިވެސް