އިންޑިއާގެ އުއްތަރ ޕްރަދޭޝްގެ ސިޓީއެއް ކަމަށްވާ އަޔޯދިޔާގައި ހުރި 16 ވަނަ ގަރުނުގެ މިސްކިތެއް ކަމަށްވާ، މަސްޖިދް ބަބްރީ ހުރި ބިމުގައި ހިންދޫ ދީނުގެ ފައްޅިއެއް އެޅުމަށް އެޤައުމުގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން މިގޮތަށް ނިންމާފައިވަނީ، ބަބްރީ މިސްކިތް ހުރި ބިމާއި މެދު ގޮތެއް ނިންމުމަށް ކުރިޔަށްގެންދިޔަ ޝަރީޢަތަށްފަހު މިއަދު އިއްވި ނިހާއީ ޙުކުމެއްގައެވެ. އެ ޙުކުމުގައި ކޯޓުން ވަނީ، ބަބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް މިލްކުކޮށްދީ، އެ ބިމުގައި ފައްޅިއެއް އެޅުމުގެ ފުރުސަތު ހިންދޫންނަށް ދިނުމަށް ނިންމާފައެވެ.

އަދި މި ބިމުގެ ބަދަލުގައި މުސްލިމުންނަށް އިންޑިއާގެ އެހެން ހިސާބަކުން ބިމެއް ދިނުމަށްވެސް އެ ޙުކުމުގައި ނިންމާފައި ވެއެވެ.

ބަބްރީ މިސްކިތް ހުރި ބިން ހިންދޫންނަށް ދިނުމަކީ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި އޭނާ ނިސްބަތްވާ ބީޖޭޕީގެ ވައުދެކެވެ. އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު މި ވައުދު ފުއްދިފައިވުމުން، ހިންދޫންގެ ތަރުޚީބު އޭނާއަށް ވަނީ އިތުރުވެގެން ގޮސްފައެވެ.

ބަބްރީ މިސްކިތުގެ މައްސަލައަކީ އިންޑިއާގައި މުސްލިމުންނާއި ހިންދޫންނާއި ދެމެދު ދެކޮޅުވެރިކަން އެންމެ ބޮޑުވި އެއް މައްސަލައެވެ. 1992 ވަނަ އަހަރުގެ ޑިސެމްބަރު 6 ވަނަ ދުވަހު، އިންޑިއާގެ ހައްދުފަހަނައަޅާފައިވާ ހިންދޫ ދީނުގެ މީހުން އަޔޯދިޔާއަށް އަރައި އެ ސިޓީގެ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާގައި މިސްކިތް ވަނީ ތަޅައި ސުންނާފަތިކޮށްލާފައެވެ.

މުސްލިމުންނަށް އޭރު އޮތް ރުޅިވެރިކަމުގައި އާމިރާއި އޭނާގެ ބައިވެރިން ބަބްރީ މިސްކިތަށް އަރައި އެތަނަށް ބޮޑެތި ގެއްލުންދީ ބޭނުން ނުކުރެވޭވަރު ކޮށްލިއެވެ.

ބަބްރީ މަސްޖިދަށް ހިންދޫ ދީނުގެ މީހުން އަރައިގަނެ ހިންގި ހަމަނުޖެހުންތަކުގައި 2000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ މުސްލިމުން ހިމެނެއެވެ. ހިންދޫ ދީނުގެ މީހުން ޤަބޫލުކުރާ ގޮތުގައި އެ މިސްކިތް ހުރި ބިމަކީ އެމީހުންގެ ވަރަށް މާތް ކަލާނގެއެއް އުފަންވި ބިމެކެވެ.

ހިންދޫން ބުނާގޮތުގައި، ބަބްރީ މިސްކިތް ހުރި ތަނުގައި ކުރިން އެބައި މީހުންގެ ފައްޅިއެއް ހުއްޓެވެ. ނަމަވެސް 16 ވަނަ ޤަރުނުގައި މުސްލިމުން އެތަނަށް ވެރިވެގަނެ، ފައްޅި ތަޅާލީ ކަމަށް އެމީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ާޫޫ މަަަރިޔަނާ

    ގެރިމޯދީގެ ނުބައިނުލަފާކަމާއެ

    49
    2
  2. ނަން

    ނިންމުން ރަނގަޅު...

    4
    49
  3. Anonymous

    ޙުރި ހިތާމައެއްގެ ބޮޑުކަމާއެވެ

    42
    3
  4. ކެޔޮޅު

    އިބުރާހީމް މަރުހަބާ ނުފޮނުވާތަ....

    29
    5
  5. ޓްރޭސް

    މޯދީއަށް ހަލާކުހުރި

    56
    5
  6. ރާއްޖެތެރެ

    ރާއްޖޭގަ ގެރިމޯދީ އައް ތާއީދު ކުރަނީ ނަޝީދު އެކަނި.

    23
    3
  7. ޔސރ

    ކަލާނގެ އުފަންވީ ލޮލް. ހަވާ ނަފްސަށާ ޝަހްވަތަށް އަޅުކަން ކުރާ ބައެއް.

    20
    2
  8. ގައުމީދޫ

    ޢެމީހުންގެ އަމިއްލަ އަތުން އެމީހުންގެ އާސާރީ ބިނާތަށް ތަޅައި ގައުމުގެ މާޒީ ސުންނާފަތިކޮށް މުސްތަގްބަލް ވީރާނާކުރަނީއެވެ. 16 ވަނަ ގަރުނުގެ އެ މިސްކިތް ރައްކަތެރިކަމާއިއެކު ބެލެހެއްޓިނަމަ، އެ ބިނާ ބަލާލުމަށްތަކައި ކިތަށް މީހުން އެ ސަރަހައްދަށް ޒިޔާރަތްކުރާނެބާ؟ ޢަދި އަމަން އަނާންކަން ގާއިމްކުރެވި އިގްތިސީދީ ގޮތުންނާއި އިޖްތިމާއީގޮތުން ކިހާ ބޮޑު ކުރިއެރުމެއް ލިބިގެންދާނެ؟

    3
    1