ޣައްޒާގެ މުޖާހިދުން މިއަދު އިސްރާއީލްގެ ވެރިރަށް ތެލްއަވީވަށް ރޮކެޓް ހަމަލާއެއް ދީފިއެވެ.

އިސްރާއީލްގެ ވެރިރަށަށް ޣައްޒާ އިން ފޮނުވާލި ހަމަލާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

ޣައްޒާ އިން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދިނުމަކީ އާއްމު ކަމެއް ނަމަވެސް ތެލްއަވީވާއި ހަމައަށް އެއިން ހަމަލާއެއް ފޯރާފައި ވަނީ ވަރަށް މަދު ފަހަރެއްގައެވެ.

މިއަދު ޣައްޒާ އިން ގެންދަނީ މެދުނުކެނޑި އިސްރާއީލަށް ހަމަލާތައް ދެމުންނެވެ.

އިސްރާއީލުން ބުނީ މިހާތަނަށް 50 އަށް ވުރެ ގިނަ ރޮކެޓް ހަމަލާ ދީފައިވާ ކަމަށާއި 20 ހަމަލާއެއް އަމާޒަށް ވާސިލްވުމުގެ ކުރިން އަޔަން ޑޯމް އިން ނާކާމިޔާބު ކޮށްލާފައިވާ ކަމަށެވެ.