ފަލަސްތީނުގެ ޣައްޒާ އިން އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި އެގައުމަށް ބޮޑެތި ގެއްލުންތަކެއް ވާން ފަށައިފިއެވެ.

މެގަމް ޔަވްނީ އާއި އަޝްޑޯޑް ދެންމެ އަމާޒުވި ހަމަލާއެއްގައި ހަތަރު މީހަކު ވަނީ ޒަހަމްވެފައެވެ. އެ މީހުންވެސް މިހާރު ވަނީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އޭގެ ތެރެއިން އަށް އަހަރުގެ ކުއްޖެއްގެ ހާލު ސީރިއަސް އެވެ.

އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލް ނުލިބެއެވެ.

ފަލަސްތީނުން އިސްރާއީލަށް ދެމުން ގެންދާ ހަމަލާތަކުގައި އިސްރާއީލްގެ އަޝްދޮދް ގައި އޮތް ކާރަކަށް ރޮކެޓް ހަމަލާއެއް ވަނީ އަމާޒުވެފައެވެ.

އަދި ހޮލަން އަށް ދިން ރޮކެޓް ހަމަލާއެއްގެ ސަބަބުން އިސްރާއީލް ކުއްޖެއްގެ ހާލު ސީރިއަސް ވަނީ ސީރިއަސް ވެފައެވެ. އެއީ އެ ހަމަލާގައި ހޭނެތުނު ކުއްޖެކެވެ. އާއިލާ އަށް އެކުއްޖާ ފެނުނީ ގޭތެރޭގައި ހޭނެތިފައި އޮއްވާއެވެ.

އަދި އިސްރާއީލްގެ ގަން ޔަންވީ އަށާއި، ރިޝަން ލެޒިއޮން އަށް ރޮކެޓް ހަމަލާއެއް ވަނީ އަމާޒުވެފައެވެ. ގަން ޔަންވީ އަށް ދިން އެ ހަމަލާގައި އިސްރާއީލް މީހަކުވެސް ވަނީ ޒަހަމްވެފައެވެ. އަދި ރިޝަން ލެޒިއޮން އަށް ދިން ހަމަލާ އަމާޒުވެފައި ވަނީ މަގެއްގެ މައްޗަށެވެ.

މީގެ އިތުރުން، ޣައްޒާ އިން ވަނީ މޯޓަރއަށް ހަމަލާދީފައެވެ. އެ ހަމަލާ އަމާޒުވެފައި ވަނީ ހުސްބިމަކަށެވެ. އެ ހަމަލާއަށްފަހު އެ ސަރަހައްދު ދަނީ އަނދަމުންނެވެ.