ކުރިއަށް އޮތް 48 ގަޑިއިރު ތެރޭ ސަމާލުވުމަށް ތިބުމަށް އިސްރާއީލްގެ ރައްޔިތުންނަށް އަންގައިފިއެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ނެރުނު ބަޔާނެއްގައި ބުނީ، "އިސްރާއީލުގެ އާއްމުންނަށް ހަމަލާ ދިނުމުގެ ފުރުސަތު ވަރަށް ބޮޑު" ކަމަށެވެ.

މިފަދަ ގޮތަކަށް އިސްރާއިލުން ސަމާލެއް ނެެރެފައި މިވަނީ ޣައްޒާ އާއި 50 މޭލު ނުވަތަ 80 ކިލޯމީޓަރު ކައިރީގައިވާ ސަރަހައްދުތަކުގެ ރައްޔިތުންނަށެވެ.

މި ސަމާލު ނެރެމުން އިސްރާއިލްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ މިއީ "ޙާއްސަ ހާލަތެއް" ކަމަށެވެ. ނަމަވެސް އެ ހާއްސަ ހާލަތާއި ބެހޭ އިތުރު މައުލޫމާތެއް އެ ގައުމުގެ ޑިފެންސް މިނިސްޓްރީ އިން ދީފައެއް ނުވެއެވެ.

އިސްރާއިލް އިން އެ ގައުމުގައި ހާއްސަ ހާލަތެއް އިއުލާން ކޮށްފައި މިވަނީ މިއަދު ފަލަސްތީނުގެ އިސްލާމިކް ޖިހާދް އިން އިސްރާއިލް އަށް ވަރުގަދަ ރޮކެޓު ހަމަލާތަކެއް ފޮނުވާލާފައި ވަނިކޮށެވެ.

މި ރޮކެޓު ހަމަލާތަކުގެ ސަބަބުން މިއަދު މިހާތަނަށް އިސްރާއީލް 42 މީހަކަށް ވަނީ ފަރުވާ ދީފައި. އޭގެ ތެރޭގައި ރޮކެޓް ހަމަލާތަކުގައި އަނިޔާވި ފަސް މީހަކާއި، ރޮކެޓް ހަމަލާއެއް އަމާޒުވި ގެއެއްގެ ތެރޭގައި ހޭނެތިފައި އޮތް އަށް އަހަރުގެ ކުއްޖަކުވެސް ހިމެނެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުން އިޒްރާއިލުން ދިން ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 30 މީހަކަށް އަނިޔާވެގެން ފަރުވާދެމުންދާ އިރު، އެ ގައުމުގެ 5 ރައްޔިތަކު ވަނީ ޝަހީދުވެސް ވެފައެވެ.

އިޒްރާއިލުން އެތައް ޒަމާންތަކެއް ވަންދެން ފަލަސްތީނުގެ ރައްޔިތުން ގަތުލުކޮށް، އެމީހުންގެ ބިންތައް ފޭރިގަންނަމުން ދިޔަ ނަމަވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެކަން ހުއްޓުވަން އެދެވޭ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް ފަލަސްތީނުން މިއަދު ރޮކެޓު ހަމަލާތައް އިސްރާއިލް އަށް ފޮނުވާލުމުން ޔޫރޮޕިއަން ޔޫނިއަން (އީޔޫ) އިންވެސް ވަނީ އެކަން ކުށްވެރި ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕީޖޭ

    ﷲ ގެ ރަޙްމަތުން ތިބައިގަނޑު ނައްތާލާ ހުރިހާ މުސްލިމުން ދުޢާކުރުން އިތުރުކުރައްވާ..

    79
  2. ....

    އެމީހުންވެސް ބިރުގަންފިތާ ދޯ ... ދެން ވިސްނާލަބަލަ ފަލަސްތީން މީހުން މިދިޔަ 80 އަހަރު އުޅުނު ހާލު... ޅަ ދަރިން އަތް ދަނޑިމަތީީގަަ މައިންބަފައިން ލޮލުގެ ކުރިމަތީގަ މަރުވަމުން ދިޔައިރު ކޮއްލާނެ އަސަރު... ﷲ ދިރި ތިބި މީހުނައް ފިލާވަޅެއް ކަމުގާާ މިކަން ލައްވާށި... ﷲ ފިޔަވާ އިލާހަކު ނުވާނެ މުހައްމަދުގެފާނީ ﷲ ގެ ރަސޫލާ ....

    81
  3. ސަހު

    ﷲ ނެތި ުކުރައްވަން ހުރި ތަނެއް ސި ކުންތު ކޮޅެއްގެ ތެރޭގަ ނެތި ކުރައްވާނެ ... އެތަ ކެއް އަހަރު ވީ އެމީހުނައް ފަލަސްތީނުން މީހުން ހުހެއް ނު ކުރެވުނެއްނު... ﷲ އިރާދަފުޅުން ނުވެސްވާނެ އެ އޮތީ އެބިމުން މީހުންް ހުސްނުވާނެ ވާހަ ކަ... ކިތައްމެ ހަތިޔާރެއްވެސް ބޭނުން ކުރޭ އެބަ އެ ކަމު ފަލަސްތީން މީހުން ޖެހިލުމެއްވެސް ނުވޭ ... ކެރިތިބެ އަމިއްލަ ގައުމު މާތް ވެގެންވާ އަސްލާމްދީން ހިމާޔަތް ކުރުމުގަ އެތިބެނީ ...

    58
    2
  4. ޙަމައެއްނެތް

    ޢީ.ޔޫ.އަކީ ހައްގު ހޯދައިދިނުމުގައި ލާމަސީލު ނަމޫނާ ޔޫނިއަންނެއް. އެހެންވީމަތާ އަޅުގަނޑުމެން އެވަރެއްނެތިގެން މިއުޅެނީ. އެމީހުން އެބައުޅެޔޭ އިންސާނީ ހައްްޤުތައް މުސްލިމުންނަށް ކިޔަވައިދޭން.