މި ސަރުކާރުގެ ސިޔާސީ މަގާމުތައް ގިނަ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މިއަދުގެ ބަޖެޓް ބަހުސްގައި، އަންނަ އަހަރު ސަރުކާރުން ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ޖުމްލަ 785 ސިޔާސީ މަގާމަކަށް 331 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނާފައިވާތީ ބައެއް މެންބަރުން ކަންބޮޑުވުން ފާޅު ކުރުމާއި ގުޅިގެންނެވެ.

ނަޝީދު ވިދާޅުވީ ސިޔާސީ މަގާމުތަކުގެ އަދަދަކީ 785 ނަމަވެސް އެ އަދަދު ހަމަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރިހާ މުވައްޒިފުން ހިމަނައިގެން ކަމަށެވެ. ރައީސް އޮފީހުގައި ތިއްބަވާ ހުރިހާ މުވައްޒިފުންނަކީ ވެސް ސިޔާސީ މަގާމުތަކުގައި ތިއްބި މުވައްޒިފުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ސިޔާސީ މަގާމުތަކުގެ އަދަދަކީ 785. އެއީ ރައީސް އޮފީހުގައި ތިއްބެވި ހުރިހާ ސްޓާފުންނާއެކު. ރައީސް އޮފީހުގެ ސްޓާފުންނަކީ ސިވިލްސާވިސްގެ މެންބަރުންނެއް ނޫން. އެހެންވީމާ ހަގީގަތުގައި ސިޔާސީ މަގާމުތަކުގައި 400 އެއްހާ މީހުންވެސް ނޫޅޭ. އަދި ބަޖެޓުން ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ސިޔާސީ މަގާމުތަކަށް ޖުމްލަ އެއީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުރިހާ ބޭފުޅުންނާއެކުގަދާ އަދަދު ފެނިވަޑައިގަންނަވާނެ. އަދި މީގެ ކުރިން ހުރި އަދަދުވެސް ބަޖެޓުން ފެނިވަޑައިގަންނަވާނެ. އެހެންކަމުން ބޭފުޅުންނަށް ލިބިފައިވާ މައުލޫމާތު އެއީ ކުށޭ ނުވަތަ ނޫންތޯއޭ އެހެން ވިދާޅުވުން ބުއްދިވެރިއެއް ނޫން. ސައްހަ މައުލޫމާތު ބަޖެޓްގައި އެބަ ހިމެނޭ." ނަޝީދު ވިދާޅުވި އެވެ.

ސަރުކާރުން މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން، އަންނަ އަހަރު ސިޔާސީ މަގާމްތައް އެންމެ ގިނައީ ރައީސް އޮފީހުގަ އެވެ. އެ އޮފީހުގައި، އަންނަ އަހަރަށް ލަފާކޮށްފައިވާ ސިޔާސީ މަގާމްތަކުގެ އަދަދަކީ 377 އެވެ. މި މަގާމްތަކުގެ މުސާރައިގެ ގޮތުގައި، 94.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ރޮކް

    އެވްރެޖް މުސާރަ 21000 ރުފިޔާ އެބަޖެހޭ މަހަކަށް.. ތިއޮފީސް އޮޑިޓްކޮށްލާނީ ކޮންއިރަކުންބާ؟

    31
  2. ޙެހެ

    ރާއްޖޭގެ ހުރިހާރައްޔިތުނނަށް ސިޔާސީ މަގާމތައް ދިނަސް ކަލެޔަކަށްގިނަކަމަކަށް ނުފެންނާނެއެވެ. ޢޭރުނނުއްތޯ ދެނވެސް ހޮވޭނީ.

    30
  3. ދެއަނގަ

    ޤައުމުދަވާލަންތަ ތިއުޅެނީ ބުނާއަޑުއިވޭ ސިޔާސީމަޤާމް އެންމެސަތޭކައައްވުރެގިނައެއްނުވާނޭ

    29
  4. އެނގިއްޖެތަ؟

    ސިޔާސީ މަގާމުތައް ގިނަވެގެން ކަލޭ އުޅޭ ވާހަކަ މީހަކު ބުނެފިތަ؟ ރައްޔިތުން ދައްކަނީ ރައްޔިތުން ކަންބޮޑުވާ ކަންކަމުގެ ވާހަކަ. ކަލޭ ގޮތްފާޑު ކިޔާކަށް ނުޖެހޭ އެކަމަކާ

    36
  5. Anonymous

    މިހާރު އެބަ އެނގޭނު ވެރިކަން ބޭނުންވެގެން މި ލާދީނީ ބައިގަނޑު ލެވި ހަޅޭކެއްކަން ޔާމީނުގެ ވެރިކަމުގަ ސިޔާސީ މީހުން ގިނައޭ ކިޔާފަ. މުނާފިޤު ކަލޭގެ ހުރި ދައްޖާލުކަން ބަލާބަލަ

    33
    1
  6. މަނި

    އަދަދު ގުނަން އަހަރެމެން ދަންނަން.. ކަލޭތީ ކާކު އަދަދު ކިޔާދޭން.

    19
  7. ވައިސަރީ

    ތިވާހަކަ ގަބޫލު ކުރާނެތާ އަހަރުން ދެކޮނޑުމަތީގަ ހުންނަނީ މުޑިކާށި ވިއްޔަދޯ

    14
  8. ރައްޔިތުން

    ރައީސް ގެ ކޮންމެސް އެއްޗެކޭ ކިޔާފައޭ ސިޔާސީ ވަޒީފާ ދެނީ.. އެނުވާނެ ރައީސް އޮފީސް ގެ މުވައްޒަފުންނަށް.

  9. ގައުމު

    ނަޝީދަށް ނުޖެހޭނެ ސަރުކާރަށް އަންނަ ބަހުގެ ހަމަލާތަކަށް ރައްދު ދޭކަށް. ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އެއީ ހުރިހާ ރައްޔިތުން ތަމްސީލު ކުރާ އެންމެ އިސްމީހާ. ގާނޫނު ހަދާ މަޖިލީހުގެ ވެރިޔާ. ގާނޫނުތަކަށް ހުރިހާ ރައްޔިތުން އަމަލު ކުރަން ޖެހޭއިރު މަޖިލިސް ރައީސް ރިޔާސަތުގައި އިންނަވައިގެން ސަރުކާރު ދިފާއުކޮށް ވާހަކަ ދެއްކެވުން އެއީ ވަރަށްބޮޑު ގޯހެއް. ގައުމުގެ ވެރިޔަކީ ތިމާކަމަށް ހެދިގެން އުޅެނީ ނަޝީދު

  10. ހުސެން

    އެބުނީ ގިނައޭ ،