އިސްރާއީލުން އިއްޔެ ހެނދުނު ޣައްޒާ އަށް ދިން ވައިގެ ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުކޮށްލުމުން މަސްރަހު ހޫނުވެއްޖެ. ޣައްޒާގެ މުޖާހިދުން ގެންދަނީ ހުއްޓުމެއް ނެގި އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުން. އިސްރާއީލުން ވެސް ގެންދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުން.

23:35

އަދި އާއްމުން އުޅޭ ތަންތަނާ އަމާޒުވާން ދިޔަ ރޮކެޓުތަކުގެ ތެރެއިން %90 މިސައިލް އިން ދިފާއުވާ ނިޒާމުން އަމާޒަށް ވާސިލްވުމުގެ ކުރިން ނައްތާލާފައިވާ ކަމަށެވެ.

23:32

އިސްރާއިލް އިން ބުނެފައި ވަނީ އޭގެ ތެރެއިން %60 އަމާޒުވެފައި ވަނީ ހުސްބިންތަކަށް ކަމަށާއި އެހެންކަމުން %60 ރޮކެޓު ހަމަލާތަކުން އެއްވެސް ގެއްލުމެއް ނުވާ ކަމަށެވެ.

23:27

މިހާތަނަށް ޣައްޒާ އިން ވަނީ އިސްރާއިލް އަށް 360ށް ވުރެން ގިނަ ރޮކެޓު ހަމަލާތައް ފޮނުވާލާފައި.

23:26

ފަލަސްތީނުން ބުނަނީ ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އާއްމުން ކަމަށެވެ.

23:25

ނަމަވެސް، އިސްލާމިކް ޖިހާދިގެ ހަނގުރާމަވެރިން ކަމަށްބުނެ އިސްރާއިލް އަސްކަރިއްޔާ އިން ނަން އާއްމު ކޮށްފައި ވަނީ 9 މީހެއްގެއެވެ.

23:22

އިސްރާއިލް އިން މިހެން ބުނެފައި މިވަނީ އެއްވެސް ވަރަކަށް ބެލުމެއް ނެތި ހަމަލާތަކުގައި ޝަހީދުވި 3 ކުޑަކުދިންނާއި އަންހެން މީހާ އުނި ކުރުމަށްފަހުކަން ފާހަގަކޮށްލެވެއެވެ.

23:19

އިސްރާއިލްގެ އަސްކަރިއްޔާ އިން ބުނަނީ ފަލަސްތީނުން މިހައިތަނަށް ޝަހީދުވި 24 މީހުންގެ ތެރެއިން 20 މީހުންނަކީ ނިރުބަވެރިން ކަމަށް

22:48

އިސްރާއީލުން މިހާރުވެސް ގެންދަނީ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން.

22:33

އިސްރާއީލާއި އިސްލާމިކް ޖިހާދާއި ދެމެދު ކުރަމުންދާ ހަނގުރާމަ މިރޭ ނިމިދާނެ ކަމަށް އިސްރާއީލްގެ އޮފިޝަލަކު ބުނެފި. އިސްރާއީލްގެ "ވައިނެޓް" ނޫހަށް މައުލޫމަތު ދިން އިސްރާއީލްގެ އޮފިޝަލަކު ބުނީ ހަމަލާ ބަދަލުކުރުން ހުއްޓާލަން އިސްލާމިކް ޖިހާދާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށް. ނަމަވެސް އިސްރާއީލްގެ އޮފިޝަލް ބުނީ "މިރޭ ވެސް މާދަމާ ވެސް ހަނގުރަމަ ނިމިދާނެ. ނުވަތަ އިތުރަށް ގޯސްވެސް ވެދާނެ."

މިއަދު އިސްލާމިކް ޖިހާދުން ބުނީ އިސްރާއީލަށް ދޭ ހަމަލާތައް ހުއްޓާލާނީ ބަދަލުހިފައި ނިމުނީމަ ކަމަށް.

22:31

ކޮންމެ ހުކުރު ދުވަހަކު ޣައްޒާ އާއި އިސްރާއީލް ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި ބާއްވަމުން އަންނަ މުޒާހަރާ އަންނަ ހުކުރު ދުވަހު ނޯންނާނެ ކަން އިއުލާން ކޮށްފި.

22:08

https://twitter.com/SallyIb49436710/status/1194662287124156416

22:08

22:08

22:06

22:04

ޣައްޒާގައި ހުންނަ "ވަގުތު" ގެ ނޫސްވެރިޔާ ވަފާ އަލްއުދައިނީ ބުނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް މިހާރު ވެސް އިސްރާއީލުން ވައިގެ މަގުން ހުއްޓުމެއް ނެތި ހަމަލާތައް ދެމުންދާ ކަމަށް.

22:02

އިސްރާއީލްގެ ދެކުނަށް މިހާރު ވެސް ރޮކެޓް ހަމަލާތައް އަމާޒުވަމުން އެބަދޭ.

21:41

ޣައްޒާއަށް ދެމުންދާ ހަމަލާތައް ތުރުކީން ކުށްވެރިކޮށްފި. "އިސްރާއީލުން ގެންދަނީ އެއްވެސް ހަމައެއް ލަމައެއް ނެތި ޣައްޒާގެ އަހުންނާއި އުހުތުން ޝަހީދު ކުރަމުން. އަޅުގަނޑުމެން އެންމެ ހަރުކަށި އިބާރާތުން އިސްރާއީލްގެ މި އަނިޔާވެރި އަމަލުތައް ކުށްވެރިކުރަން." ތުރުކީގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވޭ.

21:37

މިއަދު ޣައްޒާއަށް އިސްރާއީލުން ހަމަލާއެއް ދިން ވަގުތު ނަގާފައިވާ ފޮޓޯއެއް
މިއަދު ޣައްޒާއަށް އިސްރާއީލުން ހަމަލާއެއް ދިން ވަގުތު ނަގާފައިވާ ފޮޓޯއެއް

21:35

ފަލަސްތީންގެ އިތުރު މީހަކު ޝަހީދު ވެއްޖެ. ޝަހީދުވެފައި ވަނީ ޔޫސުފް އަބޫ ކާމިލް ނަމަކަށް ކިޔާ މީހެއް.

21:23

21:11

ފަލަސްތީންގެ ރާމަﷲ ގައި ޣައްޒާއަށް ތާއިދުކޮށް މުޒާހަރަ ކުރަމުން އެބަގެންދޭ.

20:10

މިހައިތަނަށް ފަލަސްތީނުން ޝަހީދުވެފައިވާ 25 މީހުން. މީގެ ތެރޭގައި 3 ކުޑަކުދިންނާއި އަންހެނަކުވެސް ހިމެނޭ.

20:05

ފަލަސްތީނުގެ އިތުރު މީހަކު ޝަހީދުވެއްޖެ.

20:03

މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ
މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ
މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ
މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ
މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ
މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ
މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ
މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ
މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ
މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ
މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ
މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ
މިއަދު ޝަހީދުކޮށްލި ކުޑަ ކުދިންނާއި އެ ކުދިންގެ ބައްޕަގެ ޖަނާޒާ ކުރިއަށް ދަނީ - ވަގުތު އިމޭޖެސް ވަފާ އަލް އުދައިނީ

19:48

ޣައްޒާ އިން އިސްރާއިލް އަށް ފޮނުވާލި ރޮކެޓެއް ފަލަސްތީނުގެ ރަފާހް އަށް ވެއްޓިއްޖެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ އެއް ނުވޭ.

19:45

ޝަހީދުވި ފަލަސްތީނު ރައްޔިތުންގެ އަދަދު 25ށް އަރައިފި. މިއަދު މިހައިތަނަށް ވަނީ 15 މީހަކު ޝަހީދުވެފައި. ޝަހީދުވި މީހުންގެ ތެރޭގައި 3 ކުޑަކުދިންނާއި އަންހެނަކު ހިމެނޭ.

19:29

އަޝްކޮލެން ގެއަކަށް ރޮކެޓު ހަމަލާއެއް އަމާޒުވެފައި.

19:27

އިސްރާއިލްގެ ބޯޓުތަކުން ބެއިތު ހަނޫން އަށް ބޮމުގެ ހަމަލާތައް ދޭން ފަށައިފި.

 

19:18

އަޝްކެލޮންގެ ގެއަކަށް އަމާޒުވި ރޮކެޓް ހަމަލާގައި ވަނީ 65 އަހަރުގެ އަންހެނަކު ޒަހަމްވެފައި. އޭނާގެ ހާލު ސީރިއަސްއެއް ނޫން.

19:17

19:05

އިއްޔެ ފެށި ހަމަލާތަކުގައި މިހައިތަނަށް ވައިގެ މަގުން 50 ހަމަލާ ދީފައި ވާއިރު އެއްގަމު މަގުން 21 ހަމަލާ އިސްރާއިލް އިން ޣައްޒާ އަށް ދީފައިވޭ.

19:02

އިސްރާއިލް އިން ޣައްޒާގައި ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ވަނީ 48 ގެއަކަށް ގެއްލުންވެފައި. މީގެ ތެރެއިން ބައެއް ގެތަށް ވަނީ ބިމާއި ހަމަވެފައި.

19:01

މާދަމާވެސް ޣައްޒާގެ ސްކޫލްތައް ބަންދުކުރަން ވަނީ ނިންމާފައި.

19:00

އަޝެލްކަންގެ ގެއަކަށް ހަމަލާ އަމާޒުވުމަށްފަހު އެގެއިން ދުން އަރަނީ.

18:58

ސްޑްރޮޓްގެ ސްކޫލެއް ކައިރިއަށް ރޮކެޓު ހަމަލާ އެއް އަމާޒުވެއްޖެ.

18:55

ހަމާސްގެ އޮފިޝަލެއް ފޮކްސް ނިއުސް އަށް : އިސްރާއިލް އިން ފަލަސްތީނަށް އަރައިގަނެ، ރައްޔިތުންނަށް ހަމަލާ ދެމުންގެންދާނަމަ އަޅުގަނޑުމެން އިސްލާމިކް ޖިހާދާއި ގުޅޭނަން. ފަލަސްތީނު ރައްޔިތުން ހިމާޔަތް ކުރުމަކީ އަޅުގަނޑުމެންގެ ވާޖިބެއް. އިއްޔެ ފެށި ހަމަލާތަކުގައި ހަމާސަ އިން އަދި ރަސްމީކޮށް ބައިވެރި އެއް ނުވޭ.

18:46

އަޝްކެލޮންގެ ގެއަކަށް ރޮކެޓް ހަމަލާއެއް އަމާޒުވެއްޖެ. މި ހަމަލާގެ އިތުރު މައުލޫމާތެއް އަދި ނުލިބޭ.

18:45

އިސްރާއީލުގެ ނެޓްވޮޓް އަވަށަށް ރޮކެޓެއް ވެއްޓިއްޖެ. އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ.

18:04

ފަލަސްތީނުގެ އިތުރު މީހަކު ޝަހީދުވެ، ޝަހީދުވި މީހުންގެ އަދަދު 23ށް އަރައިފި

18:02

ޣައްޒާ އިން ދިން މޯޓަރު ހަމަލާ އެއް އެޝްކޮލްގެ ތަނަކަށް އަރައިފި. މި ހަމަލާ އެރި ވަގުތު އެތަނުގައި އެއްވެސް މީހަކު ނެތް. ތަނަށް ވަނީ ގެއްލުންވެފައި.

17:59

ޣާއްޒާ އިން ދިން ރޮކެޓު ހަމަލާ އެއް އިސްރާއިލްގެ އެޝްކޮލް އަށް އަމާޒުވެ ބޮޑެތި ގެއްލުންތަކެއް ވެއްްޖެ. އިސްރާއިލްގެ ފެން ކުންފުނިން ބުނީ އެ ހޮޅިން މިހާރު ވަރަށް ބޮޑަށް ފެން ލީކުވަމުންދާ ކަމަށް.

16:54

ޕަލަސްތީންގެ މުޖާހިދުން އާއްމުކޮށްފައިވާ މެޕްއެއް. މެޕުން ރަތްކުލައިގެން ފެންނަނީ ޣައްޒާ އިން ރޮކެޓް ހަމަލާތައް ދިން އިސްރާއީލުގެ ސަރަހައްދުތައް.

16:50

16:35

އިސްރާއީލުގެ ގަލީލީގައި އަލިފާން ރޯވެ އަނދަމުން ދަނީ، އަލިފާން ރޯވާން ދިމާވި ސަބަބެއް އިސްރާއީލުން ނުބުނޭ.

16:34

މިހާތަނަށް ޝަހީދުވި 22 މީހުންގެ ތެރޭގައި އާއްމުންގެ 12 މީހަކު ހިމެނޭ. ދެން ޝަހީދުވެފައި ވަނީ އިސްރާއީލާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ މުޖާހިދުން.

16:33

ޝަހީދުވި މީހުންގެ ޖަނާޒާ ކުރިއަށް ދަނީ
ޝަހީދުވި މީހުންގެ ޖަނާޒާ ކުރިއަށް ދަނީ
ޝަހީދުވި މީހުންގެ ޖަނާޒާ ކުރިއަށް ދަނީ

16:23

ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 22 އަށް އަރައިފި. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 69 އަށް އަރާފައި.

15:47

ދެންމެ ޣައްޒާ އިން އިސްރާއީލަށް ހަމަލާ ދެނީ

15:46

މިއަދު ކުރިން ދިން ހަމަލާއެއްގައި ޝަހީދުވި ކުއްޖެއްގެ ބޭބެ

15:46

މިއަދު ކުރިން ދިން ހަމަލާއެއްގައި ޝަހީދުވި ކުއްޖެއްގެ ބައްޕަ

15:45

މިއަދު ކުރިން ދިން ހަމަލާއެއްގައި ޝަހީދުވި ކުއްޖެއް

15:43

ދެ ދުވަސް ތެރޭގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުން ގެ އަދަދު ވަނީ 18 އަށް އަރާފައި.

15:43

ފަލަސްތީނުގެ އިތުރު ދެ މީހަކު ޝަހީދުވެއްޖެ. އެމީހުން ޝަހީދުވީ ދުއްވާފައި ދިޔަ ސައިކަލަށް އިސްރާއީލުން ދިން ހަމަލާއެއްގައި.

14:18

ޣައްޒާއިން އިސްރާއީލަށް ދިން ރޮކެޓް ހަމަލާތަކުގެ އަދަދު 250 އަށް އަރައިފި.

14:08

ސްރިޑީއޮޓް އާއި އިތުރު ސަރަހައްދުތަކެއްގައި ދަނީ ރޮކެޓް ހަމަލާ އެއް އަންނަ ކަމުގެ ސައިރެން އަޅަމުން.

13:31

އެޝްކޮލް ރީޖަންގައި ރޮކެޓް ހަމަލާއެއް އަންނަ ކަމުގެ ސައިރެން ދަނީ އަޅަމުން.

13:20

13:14

މިއަދު ޣައްޒާއަށް ބޮން އެޅި ސަރަހައްދު - ވަގުތު އިމޭޖްސް: ވަފާ އަލް އުދައިނީ
މިއަދު ޣައްޒާއަށް ބޮން އެޅި ސަރަހައްދު - ވަގުތު އިމޭޖްސް: ވަފާ އަލް އުދައިނީ
މިއަދު ޣައްޒާއަށް ބޮން އެޅި ސަރަހައްދު - ވަގުތު އިމޭޖްސް: ވަފާ އަލް އުދައިނީ
މިއަދު ޣައްޒާއަށް ބޮން އެޅި ސަރަހައްދު - ވަގުތު އިމޭޖްސް: ވަފާ އަލް އުދައިނީ
މިއަދު ޣައްޒާއަށް ބޮން އެޅި ސަރަހައްދު - ވަގުތު އިމޭޖްސް: ވަފާ އަލް އުދައިނީ
މިއަދު ޣައްޒާއަށް ބޮން އެޅި ސަރަހައްދު - ވަގުތު އިމޭޖްސް: ވަފާ އަލް އުދައިނީ
މިއަދު ޣައްޒާއަށް ބޮން އެޅި ސަރަހައްދު - ވަގުތު އިމޭޖްސް: ވަފާ އަލް އުދައިނީ

13:08

ފަލަސްތީނުގެ ރަފާހް އަދި ޝުޖައިއާ ސަރަހައްދުގައި ހުރި ދެ ގެއަކަށް ބޮމުގެ ހަމަލާއެއް ދީފި.

12:16

12:04

https://twitter.com/ShehabAgencyEn/status/1194507286867263488

11:03

މިއަދުވެސް އިސްރާއީލުން ގެންދަނީ މެދުކެނޑުމެއްނެތި ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުން.

10:52

އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޣައްޒާއިން އިތުރު މީހަކު ޝަހީދުވެ ދެ މީހަކު ޒަހަމްވެއްޖެ.

09:59

ޣައްޒާގެ ހޮސްޕިޓަލްތަކުގައި އެކަށީގެންވާ މިންވަރަކަށް ބޭސް ނެތުމުން އިސްރާއީލްގެ ހަމަލާތަކުގައި ޒަހަމްވާ މީހުންނަށް ފަރުވާ ދިނުމުގައި ދަތިތަކެއް ދިމާވަމުންދާ ކަމަށް ޣައްޒާގެ ޑޮކްޓަރުން ބުނޭ. އިސްރާއީލުން ޣައްޒާ ހިސޯރު ކޮށްފައި އޮންނާތީ ޣައްޒާ އަށް އެއްވެސް އެއްޗެއް ވެއްދެނީ އިސްރާއީލުން ހުއްދަ ދިނުމުން، ހުއްދަ ދިން މިންވަރަކަށް.

09:47

އިސްރާއީލްގެ މެދުތެރޭގައި އޮންނަ ލަޓްރަން އިން ވަރުގަދަ ގޮވުމެއްގެ އަޑު އިވިއްޖެ ކަމަށް އެއަވަށުގެ މީހުން ބުނެފި. ރޮކެޓް ހަމަލާއެއް އަމާޒު ވެދާނެތީ އަޅާ ސައިރަން އެއަވަށުގައި ވެސް އަޅަމުން އެބަގެންދޭ.

ލަޓްރަން އަކީ ގުދުސް އާއި ތެލްއަވީވް އާއި ދެމެދު އޮންނަ އަވަށެއް.

އެއަވަށުގެ މީހުންނަށް އިވުނު އަޑަކީ މިސައިލުން ދިފާޢުވާ ނިޒާމުން ރޮކެޓެއް ވައްޓާލި އަޑުކަމަށް ވެދާނެ ކަމަށް އިސްރާއީލްގެ މީޑިއާތަކުން ބުނޭ. ނަމަވެސް މިކަމާއި ގުޅިގެން އިސްރާއީލްގެ އަސްކަރިއްޔާ އިން އަދި އެއްވެސް އެއްޗެއް ނުބުނޭ.

09:40

ޣައްޒާ އިން ފޮނުވާލި ރޮކެޓްތަކެއް އިސްރާއީލްގެ މިސައިލުން ދިފާޢުވާ ނިޒާމުން ވައްޓާލާފައިވާ ކަމަށް އިސްރާއީލުން ބުނެފި. ނަމަވެސް ވައްޓާލީ ކިތައް ރޮކެޓް ކަމެއް ނުބުނޭ.

09:12

އިސްރާއީލްގެ ދެކުނުގައި އޮންނަ ކެރެމް ޝަލޮމް އަށް ރޮކެޓެއް އަމާޒުވެދާނެ ކަމަށް ސައިރަން އަޅަން ފަށައިފި.

މިއަދު ސައިރަން އަޅަން ފަށާފައި ވާއިރު ރޭ ރޮކެޓް ހަމަލާއެއް އަމާޒުވި ކަމުގެ މައުލޫމާތެއް އަދި އިސްރާއީލްގެ މީޑިއާތަކަކުން ނުލިބޭ.

08:21

އިސްރާއީލަށް ޣައްޒާ އިން ދެމުން ގެންދާ ރޮކެޓް ހަމަލާތައް އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ކުށްވެރިކޮށްފި. އަންނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ރިޔާސީ ޓިކެޓް ހޯދަން ކެމްޕޭން ކުރަމުން ގެންދާ ބައިޑަން ކުރި ޓްވީޓެއްގައި ބުނީ އިސްރާއީލަށް އެގައުމުގެ ދިފާޢުގައި މަސައްކަތް ކުރުމުގެ ޙައްޤު އޮންނާނެ ކަމަށާއި، އިސްރާއީލަށް ދެމުންގެންދާ ރޮކެޓް ހަމަލާތައް ކުށްވެރިކުރާކަމަށް. މިސައިލުން ދިފާޢުވާ ނިޒާމަކީ އިސްރާއީލަށް ވަރަށް މުހިއްމު ނިޒާމެއް ކަމަށާއި އޮބާމާގެ ވެރިކަމުގައި އެ ނިޒާމް ތަރައްޤީ ކުރުމަށް އެމެރިކާ އިން ބޮޑު އެހީތަކެއް ވަމުން ދިޔައީ އެހެންވެ ކަމަށް.

އިސްރާއީލުން އެއްވެސް ހަމައެއް ނެތި ޣަައްޒާގެ އާއްމުން ދިރިއުޅޭ އިމާރާތްތަކަށާއި ދަނޑުބިންތަކަށް ދެމުންގެންދާ ހަމަލާތައް ބައިޑަން ކުށްވެރިކޮށްފައެއް ނުވޭ.

02:09

އިސްރާއީލުން މިހާރު ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށާ ހަމަލާ ދެމުން.

01:44

އިސްރާއިލް އިން ދިން ހަމަލާއެއްގައި ހާންޔޫނިސް ގެއެއް ބިމާ ހަމަވެއްޖެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ.

01:32

ފަލަސްތީނުގެ ރައްޔިތެއްގެ ގެއަށް ހަމަލާ ދިން ކަމުގެ ޙަބަރުުތައް ދަނީ ފެތުރެމުން.

01:30

އިސްރާއިލް ސިފައިން މިހާރު ދަނީ ފަލަސްތީީނުގެ ޣައްޒާ އާއި ރަފާ ބެއިތްލައިހާގެ ގިނަ އަދަދެއްގެ ދަނޑުބިންތަކާއި ހުސް ބިންތަކަށް ހަމަލާތައް އަމާޒު ކުރަމުން.

01:25

އިސްރާއިލްގެ ބައެއް ހިސާބުތަކުގައި ކުއްލި ހާލަތު އިއުލާން ކޮށްފި. ކުއްލި ހާލަތު އިއުލާން ކޮށްފައި ވަނީ ޣައްޒާގެ ބޯޑަރު ސަރަހައްދުން ފެށިގެން 80 ކިލޯމީޓާރާއި ހަމައަށް.

01:22

ފަލަސްތީނުގެ އިތުރު ބަޔަކު ޝަހީދު ވެއްޖެކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓު ކުރޭ.

01:20

އިސްރާއިލް އިން ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް ދެނީ

01:19

ހަމާސް : ކުރިއަށް އޮތް ގަޑިތަކުގައި ފެނިގެން ދާނެ އަޅުގަނޑުމުންގެ އަޙުން (އިސްލާމިކް ޖިހާދު) އޮތީ އެކަނި ނޫންކަން.

00:55

އުތުރު ޣޣައްޒާގެ ބޯޑަރު ސަރަހައްދަށް އިސްރާއިލް އިން ވައިގެ މަގުބް ދިން ހަމަލާއެއްގައި ފަލަސްތީނުގެ އިތުރު 3 މީހަކު ޝަހީދުކޮށްލައިފި. މިހާތަނަށް އިސްރާއިލްގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 12 އަށް އަރާފައި. އަދި ގިނަ އަދަދެއްގެ ބަޔަކު ވަނީ މި ހަމަލާތަކުގައި ޒަޚަމް ވެފައި.

ބަދަލުގައި ޣައްޒާއިން އިސްރާއިލް އަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޔަހޫދީންގެ 30 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމް ވެފައި.

00:48

އިސްލާމިކް ޖިހާދުން ހަނގުރާމަ އިއުލާނުކޮށް ހަނގުރާމަ ފެށުމުން އިސްރާއީލުން ރައްދުގައި ދިން ހަމަލާގައި އިސްލާމިކް ޖިހާދުގެ އިސް ލީޑަރަކު ޝަހީދުކޮށްލުމާ ގުޅިގެން ހަމަލާތައް ވަނީ ވަރުގަދަ ކޮށްފައި. އިސްލާމިކް ޖިހާދުން ބުނެފައި ވަނީ އިސްރާއިލްގެ އެ ހަމަލާގެ ބަދަލު ހިތި ގޮތަކަށް ދޭނެ ކަމަށް. އަދި އިސްރާއިލް ފަހަތައް ޖެހެންދެން ހަމަލާތައް ދެމުންދާނެ ކަމުގެ އިންޒާރު އެ ޖަމާއަތުން ވަނީ އިސްރާއީލަށް ދީފައި.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ދިވެހިމިީހަާ

    މުޖާހިދުން ނަށް ކާމިޔާބު ދެއްވާށި

    146
    1
    • މުޖާހިދު

      އެއޮތީ ދެއްވާފަ.

      4
      17
  2. Anonymous

    އަލްހަމްދުލިﷲ. ކުރިޔައް އޮތީ އިޒްރާހެލްގެ ޓެރަރިސްޓުން ނިކަމެތި ގޮތަކައް ފަލަސްތީނުގެ ބިމުން ބޭލުން. ބިއިޒްނިﷲ

    129
    4
  3. Anonymous

    ޔާﷲ މި އަނިޔާވެރި ޓެރަރިސްޓް ޕައިރޭޓް ޔަހޫދީން ނިކަމެތި ގޮތަކައް ބަލިކޮދެއްވައި ފަލަސްތީނުގެ މުޖާހިދުންނައް ނަސްރާ ކާމިޔާބް ދެއްވައިފާދޭއެވެ. އާމީން

    176
  4. Anonymous

    މިހިރަ ވާނުވާ ނޭގޭ ރޯނު އެނދުރު ތާރީޙު ބަލާބަލަ. އޭރުން ފަހަރެއްގަ ވާނުވާ އެނގިދާނެ

    60
    1
  5. Anonymous

    ކަލޭ ދިމާކޮއްލަބަލަ އޭރުން އެނގޭނެ ފައިބާނެ މީހުން

    47
  6. ދަންނަ މޫސީ

    މޫސީ އަށް ތިޔައޮތީ މާބޮޑަށް އެނގިފައި

    42
  7. ފުނަދޫ

    ކަލޭތީ މުސްލިމުންނައް ހާދަ އިހާނެތިބަސްބުނާ މީހެކޭ އަރަބިންނައް އިހާނެތިބަސްބުނާމީހާ އަކީ މުސްލިމުންގެތެރެއިންވާމީހެއްނޫންކަމައް ކައުއިތުރު މާތް ނަބިއްޔާ ހަދީސްކުރައްވާފައޮތް ކަމެއް ކަލެއަކައްނޭނގޭތަ

    60
  8. ޕީޖޭ

    މޫސީ އަކީ އިންޑިޔާ ޓީޗަރެއް..ޓްރެކް ވެއްޖެ..ޓްރިޓާގައި ބޭނުން ކުރާ އެކައުންޓް ހޯދަމުން މިދަނީ..

    16
    1
  9. Anonymous

    ތެރަރިސްޓް މުޖާހިދުން ބަލިކުރައްވާށި

    14
    64
  10. ޣަސަން

    ޢިސްލާމިކް ޖިޙާދުން ސައިޒުގަ ހުޜީމަ އެންމެ ރަގަޅުވަަނީ

    9
    76
    • ޙުސެން

      ކަލޯ ކޮމެންޓް ނުކޮށް ސައިޒް ގަ ހުރޭ...ރާއްޖޭ ގައި އުޅޭ ތިކަހަލަ މުނާފިގު ބައިގަ ޑުވެސް ސައިޒް ވާނެ ދުވަހެއް އަންނާނެ......ﷲއަކްބަރް........

      37
      1
  11. ފފފފފ

    ހިތްވަރުކުރޭ. އިންޝާ ﷲ ނަސްރުދެއްވާނެ. ދައްޖާލުގެ އައުވާން ޝައިޠާނުންނާ ކުރިމަތިލާ. މަރުވާނެ. ކިތަންމެ ބޮޑާވެފަ ތިއްބަސް. ކިތަންމެ ވަރަކަށް ބަދަލުހިފިއަސް، ﷲ ތަޢާލާ އެކަމެއް ނިންމަވަންވީމަ ނިންމަވާނެ.

    76
  12. އައްޑޫ މީހާ

    މުޖާހިދުންނަށް ކާމިޔާބު ދެއްވާށި

    47
  13. ކަހުރަބު

    ތިޔަ އޮތީ އިޒްރޭލު ފަނާކޮށް ނިމިފަ. ދެން އަތްޖަހާ.

    6
    30
  14. އަހުމަދު

    ޖިހާދަށް ދިއުމާއި ސޯލިހު ދެކޮޅު ބަލަ ޖިދަކީ ފަލަސްތީނުގައި އެކަނި ކުރާކަމެއްނު، ސޫރިއާގައި ވެސް އެކުރަނީ ހައްގާއި ބާތިލާއި ދެމެދު ކުރެވޭ ޖިހާދުތައް، އަދި މުޖާހިދުން ވެސް ތިބެނީ ފަލަސްތީނުގައި އެކަނު،، އިސްލާމީ އެހެންގައުމުތަކުގައި ވެސް މުޖާހިދުން އުޅޭ، އެކަމަކު އެމެރިކާއާއި ޔަހޫދީން ނާއި ސޮލިބީންނާއި ގުޅިގެން ތިބެ އެކިޔަނީއެ އެންމެނަކީ ވެސް ޓެރަރިސްޓުންނޭ، އެހެންވީމާ މުޝްރިކުންގެ ބޮޑުން ގަނޑު ކިހާ އުފާވާނެ.. ކާފަރުން އެންމެ ބޮޑު ހަރަދެއް އެކުރަނީ އިސްލާމު ދީންނައްތާލުމަށް، މިރާއްޖޭގެ ގައި ވެސް މިސަރުކާރުން ވަރަށް ބޮޑަށް އެމަސައްކަތުގައި ބައިވެރިވެއްޖެ. . އިސްލާމް ދީނާއި ދެކޮޅު މީހުން ލޯބިވެރިންނަށް ނުހަދާށެވެ.

    24
    2
  15. ޜޮކެޓޭ

    ކޮން ރޮކެޓެއް. މިސައިލް ބޭނުންކޮށްބަލަ