ޓޮންގާ އަަށް ބާރުގަދަ ތޫފާނެއް އަރައި ބޮޑެތި ގެއްލުންތަކެއް ވަމުން އެބަދެއެވެ.

ތޫފާން "ގީތާ" ނަމުން ނަންދީފައިވާ މި ތޫފާނަކީ ފާއިތުވެދިޔަ 60 އަހަރު ތެރޭވެސް އެގައުމަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. ކެޓެގަރީ 4 ގެ ބާރުމިނުގައި އެރި މިތޫފާނުގައި ޓޮންގާގެ 100 އަހަރުވީ މަޖިލީހުގެ އިމާރާތް ބިމާ ހަމަވެފައިވާއިރު، ތޫފާނުގައި ވަނީ ގިނަ ހިސާބުތަކުން ކަރަންޓުގެ ހިދުމަތް ކެޑި, ގިނަ ގޭގޭގެ ފުރާޅު އެއްލާލައި ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ.

 

މި ތޫފާނުގައި ގަޑިއަކު 200 ކިލޯ މީޓަރު ބާރުމިނުގައި ވައިޖެހުނު ކަމަަށް ވަނީ ރިޕޯޓް ކުރެވިފައެވެ.

ތޫފާންނުގައި އެއްވެސް ބަޔަކަަށް ގެއްލުންވެ, އަދި އެއްވެސް ބަޔަކު ޒަހަމު ވިކަމުގެ ރިޕޯޓެއް އަދި ލިބިފައި ނުވާއިރު ތޫފާނާއި ގުޅިގެން އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮއްފައެވެ. ތޫފާނުގައި ގެއްލުން ލިބުނު ފަރާތް ތަކަށް އެހީވުމަށް މިހާރު ވަނީ ސަރަހައްދީ މަރުކަޒުތައް ހަދާފައެވެ.

ޓޮންގާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ބުނެފައިވަނީ މި ތޫފާނުގައި ގެއްލުން ނުވާ ހަމަ އެންމެ ގެޔެެއްވެސް ނެތް ކަމަށެވެ.

ފިޖީގެ އިރުން އަދި ނިއު ޒީލެންޑުގެ އުތުރުން ޕެސިފިކުގައި އޮންނަ ޓޮންގާ އެކުލެވިގެން ވަނީ 170 ރަށުގެ މައްޗަށެވެ. ގީތާ ތޫފާން މިހާރު ދަތުރު ކުރަމުން ދަނީ ފިޖީއާ ދިމާލަށެވެ. އެ ތޫފާން ކެޓަގަރީ ފަހަކަށް މިއަދު ބަދަލުވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ. އެހެންކަމުން ކުރިއަށްއޮތްތާ މި ތޫފާނުގެ ގެއްލުން މާ ބޮޑުވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.