އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތަކުގައި ފަސް މީހަކު ޝަހީދުކޮށްލައިފިއެވެ.

މީގެ ތެރެއިން އެއް ހަމަލާގައި ފަލަސްތީނުގެ ފަސް މީހަކު ޝަހީދުވިއިރު، ދެން ޝަހީދުވި މީހާ ޝަހީދުވީ ކުރިން ދިން ހަމަލާއެއްގައެވެ.

މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އެއްް އާއިލާއެއްގެ ތިން މީހުން ހިމެނެއެވެ. އެއީ ބައްޕަ އާއި އޭނާގެ ދެ ދަރިންނެވެ.

މި ހަމަލާތަކުގައި މިއަދު ހަ މީހަކު ޝަހީދުކޮށްލިއިރު، މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 16 މީހަކު ވަނީ ޝަހީދު ވެފައެވެ.

އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުންދަނީ އިސްލާމިކް ޖިހާދުގެ ފަރާތުން، އެ ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމަށްވާ ބަހާ އަބޫ އަލް-އަތާ ޝަހީދުކޮށްލުމުން، އޭގެ ބަދަލުހިފުމެއްގެ ގޮތުންނެވެ.

ޒަމާންތަކެއް ވަންދެން ފަލަސްތީނުގެ މަޢުސޫމް، ކުށެއްނެތް އެތައް ބަޔަކު ޝަހީދުކުރަމުން އަންނަ އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ ސިފައިންވެސް ދަނީ ފަލަސްތީނަށް މިއަދު ޑްރޯން މެދުވެރިކޮށް ހަމަލާތަކެއް ދެމުންނެވެ. އެ ހަމަލާތަކުގައި ކުށެއްނެތް އާއްމުން ޝަހީދުވެ، ގިނަ ބަޔަކު މިހާރުވެސް ޒަޚަމްވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ....

    ތި އައިއެސް މީހުން ކޮބާ ؟ އެ މީހުންވެސް އަރާބަލަ ޖިހާދީ މީހުންނާ އެއްކޮޅައް... އެ މީހުން އެ އިސްލާމުންވިއްޔާ .... އައިއެސް މީހުންގެ ލީޑަރެއް އެމީހުން މެރީމަ ވެސް އެއްޗެއް ބުނެލަން ނުކެރުނު ... އޭގެ ބަދަލުގަ ކުށެއްނެތް މީހުން މަރަނީ

    37
    1
  2. ބުރާންތި

    މައޭރުވެސް ބުނީމެއްނު ކަލޭމެން އަތްޖަހަން ތިބޭށޭ.

    23
  3. ކޭޓް

    އިސްރާއިލް މީހުންނަކީ އިންސާްނުން ނެއް ނޫން. އެއީ ވަލަ ޖަނަވާރުން ތަކެއް