23:12

22:03

އިސްލާމިކް ޖިހާދުން މިރޭ ވަރަށް ހާއްސަ ބަޔާނެއް ދޭނެ ކަމަށް ބުނެފި. ބަޔާން ދޭނީ ރާއްޖޭ ގަޑިން މިރޭ 23:00 ގައި.

21:00

މި ރޮކެޓު ވަނީ އަމާޒަށް ވާސިލްވުމުގެ ކުރިން، އިސްރާއިލްގެ މިސައިލްތަކުން ދިފާއުވާ ނިޒާމުން ވައްޓާލާފައި.

20:59

ޣައްޒާ އިން އަނެއްކާވެސް ރޮކެޓު ހަމަލާ އެއް ދީފި.

17:36

16:32

ގުދުސްގައި އިސްރާއީލުގެ ބަޔަކަށް ވަޅިން ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި 14 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި.

16:31

ރޭ އިސްރާއީލުން ޝަހީދުކުރި އެއް އާއިލާގެ 8 މެންބަރުންގެ ޖަނާޒާ ކުރިއަށް ދަނީ
ރޭ އިސްރާއީލުން ޝަހީދުކުރި އެއް އާއިލާގެ 8 މެންބަރުންގެ ޖަނާޒާ ކުރިއަށް ދަނީ

16:24

މިއަދު އިސްރާއީލްގެ ޑޭކެއާ ސެންޓަރަކަށް ވަނީ ރޮކެޓްގެ ބައެއް ވެއްޓިފައި. އެގަޑީގައި ސެންޓަރުގައި އެއްވެސް ކުއްޖަކު ނެތް.

15:07

ޣައްޒާ އެޑިއުކޭޝަން މިނިސްޓްރީ: އިސްރާއީލުގެ ހަމަލާތަކުގައި ހަ ދަރިވަރަކު ވަނީ ޝަހީދުވެފައި. 15 ސްކޫލަކަށް ވަނީ ގެއްލުންވެފައި.

14:50

ރޭ ފަތިހު އިސްރާއީލުން ދިން ހަމަލާއެއްގައި ޝަހީދުވި އެއް އާއިލާގެ މެންބަރުން

14:35

އިސްރާއީލުގެ ދެކުނު ސަރަހައްދަށް ދިން މި ހަަމަލާތަކުގައި އެއްވެސް ތަނަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް އަދި ނުލިބޭ.

14:34

ޣައްޒާއިން އިސްރާއީލަށް ފަސް ރޮކެޓް ހަމަލާ ދިން.

14:33

ރޮކެޓް ހަމަލާތަކެއް މި ފޮނުވީ ޣައްޒާ އިސްލާމިކް ޖިހާދާއި އިސްރާއީލާއި ދެމެދު ހަމަލާ ބަދަލު ކުރުން ހުއްޓާލަން އެއްބަސްވެފައި ވަނިކޮށް.

14:32

ޣައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވައިފި.

12:59

ހަމަލާ ބަދަލުކުރަން ގާއިމް ކުރި އެއްބަސްވުމަށް އިސްރާއީލްގެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔައިފި. އިސްރާއީލްގެ އިދިކޮޅު ޔިސްރާއީލް ބޭތެން ޕާޓީގެ ލީޑަރު ލިބަމަން ބުނީ އެއްވެސް ޓެރަރިސްޓް ޖަމާޢަތަކަކަށް ގައުމު ހުއްޓުވާލުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް.

10:55

އިސްރާއީލްގެ ބައެއް ސަރަހައްދުތަކަށް އެއްވުމާއި، ދަތުރުކުރުން މަނާކޮށް އިސްރާއީލްގެ އަސްކަރިއްޔާ އިން ނެރެފައި އޮތް އަމުރުތައް ބާތިލްކޮށް ހުރިހާ ސަރަހައްދެއް އާއްމުކޮށް ހުޅުވާލައިފި.

10:33

10:05

މިހާރު ހަމަލާތައް ބަދަލުކުރުން ކުރިއަށް ނުދާކަމަށް ރިޕޯޓްތައް ބުނޭ.

09:32

ހަމަލާ ބަދަލުކުރުން ހުއްޓާލަން އެއްބަސްވުމުން ފަލަސްތީންގެ ބައެއް މީޑިއާތަކުން ދަނީ ސުވާލު އުފައްދަމުން. އެ މީޑިއަތަކުން ދަނީ ރޭ ފަތިހު ދިން ހަމަލާއެއްގައި ކުދިންތަކެއް ހިމެނޭ ގޮތައް އެއް އާއިލާއެއްގެ ހަ މީހުން ޝަހީދުވިއިރު ޒިންމާ ވާނީ ކޮންބައެއްތޯ ސުވާލު ކުރަމުން. އަދި އެހަމަލާގައި ލީޑަރަކު ޝަހީދުވި ނަމަ އަމަލު ކުރާނީ ކިހިނެއްތޯ ވެސް ގެންދަނީ ސުވާލު ކުރަމުން.

09:21

އިސްރާއީލްގެ ދެކުނުގެ ސަރަހައްދުތަކަށް ރޮކެޓް ހަމަލާތަކެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން ސައިރަން އަޅަން ފަށައިފި.

09:17

އިސްރާއީލުން ދިން ހަމަލާއެއްގައި އިސްލާމިކް ޖިހާދުގެ ކޮމާންޑަރަކު ޝަހީދުވުމުން އިސްރާއީލާއި އިސްލާމިކް ޖިހާދާއި ދެމެދު ބަދަލުކުރަން ފެށި ހަމަލާތައް ހުއްޓާލަން އިސްރާއީލާއި އިސްލާމިކް ޖިހާދުން ވެސް އެއްބަސްވެއްޖެ.

08:31

ހަމަލާ ބަދަލުކުރުން ވަގުތުން ހުއްޓާލަން މިސްރުން، އިސްލާމިކް ޖިހާދަށާއި، އިސްރާއީލަށް ގޮވާލައިފި. ނަމަވެސް މި ގޮވާލުމަށް އެއްވެސް ފަރާތަކުން އިހްތިރާމް ކުރާ މަންޒަރެއް އަދި ނުފެނޭ.

އިސްރާއީލާއި އިސްލާމިކް ޖިހާދާއި ދެމެދު ހަމަލާތައް ބަދަލުކުރަން ފެށުމާއި އެކު ހަމަލާތައް ބަދަލުކުރުން ހުއްޓުވުމަށް މިސްރުން ގެންދަނީ މެދުވެރިއެއްގެ ރޯލު އަދާކުރަމުން. ނަމަވެސް އަދި އެއްވެސް ކުރިއެރުމެއް ލިބިފައެއް ނެތް.

08:24

https://twitter.com/Sirshamsher/status/1194817763514052609

08:24

https://twitter.com/Titi_6663/status/1194812378421981184

08:18

03:22

އަނެއްކާވެސް ޣައްޒާއިން އިސްރާއީލަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ދީފި.

03:10

ޣައްޒާގެ އުތުރުގައި ބާރުގަދަ ގޮވުމެއް ގޮވާ ކަރަންޓް ކެނޑިއްޖެ.

03:09

ޣައްޒާ އިން އިސްރާއީލަށް ރޮކެޓު ފޮނުވަނީ
ޣައްޒާ އިން އިސްރާއީލަށް ރޮކެޓު ފޮނުވަނީ

03:06

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާގެ ދެކުނުން ޚަން ޔޫނިސްގައި ހުރި ކޮމާންޑް ސެންޓަރަަކަށް ބޮން އަޅާފައިވާކަމަށް. މީގެ އިތުރަށް އިސްލާމިކް ޖިހާދުން މީހުން ތަމްރީނު ކުރާ މަރުކަޒަކަށްވެސް ހަމަލާ ދީފައިވާނެ ކަމަަށް.

03:03

އިސްރާއީލުން ކަނޑުމަގުން ޣައްޒާއަށް ހަމަލާތަކެއް ދީފި. މިއީ މިފަހަރު ހަމަނުޖެހުން ފެށިފަހުން ކަނޑުމަގުން ހަމަލާދިން ފުރަތަމަ ފަހަރު.

02:58

ނަހަލް އޮޒްގައި ދަނީ ރޮކެޓް ސައިރަން އަޅަމުން.

02:54

މުސްލިމުންގެ ތިން ވަނަ އެންމެ މާތް މިސްކިތް ހުންނަ ގުދުސްއަކީ އިސްރާއީލުން ފޭރިގެންފައިވާ ބިމެއް.

02:54

ގުދުސް އަށް ޣައްޒާއިން ހަމަލާ ދީފިކަމަށް ފަލަސްތީނުން ބުނޭ.

02:53

ވަރަށް އަވަހަށް ހަމަލާ ބަދަލު ކުރުން ހުއްޓާލާނެ ކަމަށް އިސްރާއީލުގެ އޮފިޝަލަކު ބުނެފި.

02:52

ޓެލަވިވް އާ ދިމާލަށް ރޮކެޓްތަކެއް ފޮނުވުކަން އިސްރާއީލުގެ މީޑިއާތަކުން ކަށަވަރުކޮށްދީފި. ނަމަވެސް ޓެލަވިވްއަށް ހަމަލާއެއް އަމާޒުވި ކަމެއް އަދި ނޭނގެ.

02:51

ޣައްޒާއިން މިހާރު އިސްރާއީލަށް ދެމުންދާ ހަމަލާތަކުގައި މީހަކަށް އަނިޔާއެއް ނުވާކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނޭ. އިސްރާއީލުގެ މީޑިއާތަކުން ބުނީ އެގައުމުގެ މެދު ތެރެއާ ދެކުނު ރޮކެޓް ހަމަލާތަކުގެ ޝިކާއަރަކަށް ވެފައިވާކަމަށް. ހަމަލާތަކުން ދިފާއުވާން ބިންގަރާހަށް ވަންނަން ދުވެފައި ދިޔަ މީހަކަށް ވެއްޓި ފަރުވާދެމުންދާއިރު، ރޮކެޓްގެ އަލިފާން ފެނި ބިރުގަތް ބަޔަކަށްވެސް ވަނީ ފަރުވާ ދީފައި.

02:49

އިސްރާއީލުގެ ވެރި ރަަށަށް ޣައްޒާއިން ދިން ހަމަލާއެއް ތަނަަށް އަމާޒުވެފައިވާ ކަމަށް ފަލަސްތީނުގެ މިީޑިއާތަކުން ބުނޭ.

02:48

ޣައްޒާ އިން އިސްރާއީލަށް ހަމަލާ ދެނީ

02:47

އިސްރާއީލުގެ ވެރިވަރަށް ޓެލަވިވް އަށް ޣައްޒާއިން ހަމަލާ ދެމުންދާކަމަށް ފަލަސްތީނުގެ މިޑީއާ ރިޕޯޓްތައް ބުނޭ. ނަމަވެސް އިސްރާއީލުން އަދި ވަކި އެއްޗެއް ބުނައެއް ނުވޭ.

02:46

ޣައްޒާ އިން އިސްރާއީލަށް ހަމަލާ ދެނީ

02:44

ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެ ނުވަތަ އަނިޔާވެފައި ވާ ކަމަށް ފަލަސްތީނުގެ މީޑިއާތަކުން ބުނޭ.

02:42

އިސްރާއީލުން ދަނީ ޣައްޒާގެ ގިނަ ސަރަހައްދު ތަކަކަށް ހަމަލާތަައް ދެމުން.

02:41

އިސްރާއީލުން ދިން ހަމަލާއެއްގައި ޣައްޒާގެ ގެއެއް ބިމާ ހަމަވެއްޖެ.

02:40

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ޣައްޒާ އަށް މިހާރު ހަމަލާ ދެމުން ދާކަމަށް. އިތުރު އެއްވެސް މައުލޫމާތެއް އަދި ނުދޭ.

02:36

އިސްރާއީލުގެ ބޯޓުތަކުން ޣައްޒާ އަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި.

02:36

އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުއްލި ގޮތަކަށް އިސްލާމިކް ޖިހާދުގެ ހަމަލާތައް އިތުރު ކުރުމަކީ ހަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ "ނިޝާނަކަށް" ވެދާނެ.

އަދި ފަހުން ވަގުތު ކޮންމެ ކޮޅަކުން ވެސް ބަލާނީ ވަރުގަދަ ހަމަލާތަކެއް ދިނުމަށް ފަހު "މޮޅުވީ" އެ ބަޔަކު ކަމަށް ނިންމުމަށް ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނޭ.

02:32

ޣައްޒާ އިން ގިިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް އިސްރާއީލަށް ފޮނުވަމުންދާ ކަމަށް އިސްރާއީލުގެ މީޑިއާ ރިޕޯޓްތައް ބުނޭ. މި ހަމަލާތަކުގައި ގެއްލުމެއް ލިބުނުކަމެއް އަދި ނޭނގެ.

02:31

އިސްލާމިކް ޖިހާދުގެ ޝަރުތުތަކަށްް އިސްރާއީލުން އަދި ވަކި އެއްޗެއް ނުބުނޭ.

02:30

އިސްލާމިކް ޖިހާދުން ހުށަހެޅި ބައެއް މުހިންމު ޝަރުތުތައް:

1- އިސްރާއީލުން ޣައްޒާ އާއި ވެސްޓްބޭންކްގައި މީހުން ގަތުލުކުރުން ހުއްޓަލުން

2- ޣައްޒާ ރައްޔިތުން ކޮންމެ ހުކުރު ދުވަހެއްގައި ކުރާ މުޒާހަރާތަކުގައި ކުށެއް ނެތް އާއްމުންނަށް ހަމަލާދިނުން ހުއްޓާލުން.

3- މީގެ ކުރިން ހަމަލާ ބަދަލު ކުރުން ހުއްޓާލިއިރު، އެއްބަސްވެފައި ހުރި ކަންތައްތަކަށް އަމަލު ކުރަން ފެށުން.

02:27

"އަޅުގަނޑުމެން ޝަރުތުތަކެއް ކަނޑައެޅިން. އިސްރާއީލުން ގަބޫލުކޮށްފިނަމަ އަހަރުމެން ހަނގުރާނަމ ހުއްޓާލާނަން". ޒައިދު ވިދާޅުވިއެވެ.

02:26

ޒައިދު ވިދާޅުވީ، މިސްރުގައި ބޭއްވި މަޝްވަރާތަކަށްފަހު އިސްލާމިކް ޖިހާދުން ބޭނުންވާ ކަންތައް ހުށަހަޅާފައިވާނެ ކަމަށާއި، ހަނގުރާމަ ހުއްޓާލަން އިސްރާއިލުން ބޭނުންވާނަމަ އެކަންތަކަށް އެއްބަސްވާނެ ޖެހޭނެ ކަމަަށް.

02:24

ލުބްނާންގެ ހެޒްބޮލާގެ ޓީވީ، މަޔާދީން ޓީވީ ސްޓޭނަށް ދިން އިންޓަވިއެއްގައި ޒިއާދު ވިދާޅުވީ، އިސްލާމިކް ޖިހާދުން ހުށަހެޅި ކަންތައް އިސްރާއީލުން ގަބޫލުކޮށްފިނަމަ އެ ޖަމާއަތުން ހަނގުރާމަ މެދު ކަނޑާލާނެ ކަމަށް.

02:22

އޭނާ ވިދާޅުވީ، ޣައްޒާ އިން އިސްރާއީލަށް ފޮނުވާ ގިނަ ރޮކެޓް ހަމަލާތަކަށް ސީދާ ގެއްލުންތަކެއް ތަންތަނަށް ނުލިބުނަސް އޭގެ ސަބަބުން އިސްރާއީލުގެ ބޮޑެތި ސިޓީތައް ހުއްޓުމަކަށް އައުމަކީ ކާމިޔާބެއް ކަމާށް.

02:10

"މި ވެދާނެ ހުޅުވާލެވިފައިވާ ހަނގުރާމަ އަކަށް، މި ވެދާނެ ދިގުދެމިގެންވާ ހަނގުރާމަ އަކަށް.ދުޝްމަނުންނަކީ ޣައްޒާ އަށް އަރާގަތް މީހުން، އަހަރުމެން ދިނީ ރައްދު, ދެން އޮތީ އިސްރާއީލުން އަމަލު ކުރާނެ ގޮތެއް،". އިސްލާމިކް ޖިހާދުގެ ލީޑަރު ވިދާޅުވި.

02:06

އޭނާ ވިދާޅުވީ އިސްލާމިކް ޖިހާދުން ހަނގުރާމަ ހުއްޓާލާފާނެ ކަމަށާއި ނަމަވެސް ހަނގުރާމަ ދިގުދެމިގެން ދާނީ ކިހާ ދުވަހަކަށް ކަން ނިންމުމުގެ ބާރު އޮތީ އިސްރާއީލު އަތުގައި ކަމަށް.

02:04

އިސްލާމިކް ޖިހާދުގެ ލީޑަރު ޒިއާދު ނަކްހަލާ ދެންމެ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ" މިހާރު ބޯޅަަ އޮތީ" އިސްރާއީލުގެ ކޮޅުގައި ކަމަށް.

02:00

ފަލަސްތީނުގެ އިސްލާމިކް ޖިހާދާައި އިސާރާއީލާއި ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް މިރޭ ހުއްޓާލާނެ އެކަމަށް ކުރިން ބެލެވުނަސް އަދި ހަނގުރާމަ ހުއްޓާލަން ނޫޅޭކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

00:51

ރޮކެޓުގެ ބައެއް އަޝްޑޮޑްގެ މަގަކަށް ވެއްޓިއްޖެ، މާ ބޮޑު ގެއްލުމެއް ނުވޭ

00:35

ޣައްޒާ އިން އިސްރާއިލް އަށް އަދިވެސް ހަމަލާ ދެނީ

00:24

އެމީހުން ޝަހީދުވެފައި ވަނީ ދެކުނު ޣައްޒާގައި އޮންނަ ރަފަހް އަށް އިސްރާއިލް އިން ދިން ހަމަލާއެއްގައި

00:23

ފަލަސްތީނުގެ އިތުރު ދެ މީހަކު ޝަހީދުވެއްޖެ، މިހާރު ވަނީ ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 26ށް އަރާފައި

އިސްލާމިކް ޖިހާދުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަ އިއުލާނު ކުރި ފަހުން ހަމަލާތައް ބަދަލުކުރުން އަދިވެސް ދަނީ ކުރިޔަށް. ޣައްޒާގެ މުޖާހިދުން ގެންދަނީ ހުއްޓުމެއް ނެގި އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުން. އިސްރާއީލުން ވެސް ގެންދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުން. މި ހަމަލާތަކުގައި ފަލަސްތީނުގެ ގިނަ ބަޔަކު ވަނީ ޝަހީދުވެފައި.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޯދީ

    ބޭކާރު ކަމެއް، އިޒްރާއިލް ބަލިވެ އިދަޖެހި ހިފައިފައިވާ ބިންތަކުންވެސް އަދި އެއްވެސްތާކުން ނުފައިބާނެ އެކަން ނުވެސްކުރެވޭނެ! އެކަންކުރުވާނެބަޔަކުވެސް މިދުނިޔަކުނެތް! ފަލަސްތީނާ އެއްކޮޅަށް އަނގައިން “ތާއިދު” ކުރަމޭ ބުނުންފިޔަވާ ދެން އެއްވެސް ކަމެއްނުކުރެވޭނެ!

    28
    3
  2. ބަރަބޯ

    ކޮބާ ހީވޭ. މިތިބަ ބަރަބޯތަކަށް ވިސްނޭނީ ކޮން ދުވަހަކުން ބާއޭ މަގޭ ހިތަށް އަރާ

    5
    17
  3. ކޮރަލް

    ހަނގުރާމަ އެއް ހިނގާ އެތައް ބަޔަކު ޝަހީދު ވި އިރު ރާއްޖޭގެ މީޑިޔާ ނިދާ ފައެވެ. ފަހުގެ މައުލޫމާތު މިލިބުނީ ވަގުތުން ނެވެ.

    26
    2
  4. އެންދެރި

    ވަގުތު ޖެހުނީމަ ދުނިޔެވެސް ނިމޭނެއެވެ. އެމެރިކާ އެއް އިޒްރޭލެއް ޔޫރަޕެއް އެހެން ތަނެއް ނޯންނާނެ އެވެ. ﷲ ގެ ޒާތުފުޅު ފިޔަވާ ހުރިހާ އެއްޗެއް ހަލާކު ވެގެން ދާނެއެވެ.

    31
  5. ހުސޭނުބޭ

    ތި ޔަހޫދީން މަރުދެކެ ވަރަށް ބިރުގަންނާނެ! ކަމެއް ވާއިރަށް އިޒްރޭލުގެ ވެރިރަށަށް ހަމަލާދިނީމާ ރަގަޅުވާނެ! އޭރުން ގޮތްހުސްވާނެ!

    15
  6. ހިތައްއަރާ

    މަ ހިތައްއަރާ މި އިސްރާއީލް މީހުންގެ ހިތުގަ ކުޑަވެސް ރަހުމެއް ނެތީ ބާއޭ

    12
    1
  7. އަހަރެން

    ﷲގެ މަދަދާއި ރަހުމަތްވަނީ ހައްގުގެ އަހުލުވެރިންނާއެކު.

    13