ފަލަސްތީންގެ ޣައްޒާގައި މީހުން ނިދާފައި ތިބި ގެއަކަށް އިސްރާއީލް ސިފައިން ބޮން އެޅުމުން ކުޑަކުދިންތަކަކާއި ދެ އަންހެނުންގެ އިތުރުން އިތުރު ފިރިހެނަކު ޝަހީދުވެއްޖެއެވެ.

ޣައްޒާގައި ހުންނަ "ވަގުތު" ގެ ނޫސްވެރިޔާ ވަފާ އަލްއުދައިނީ ދެންމެ ބުނީ ޣައްޒާގެ ގެއަކަށް އިސްރާއީލުން ބޮން އެޅުމުން ތިން ކުޑަކުދިންނާއި ދެ އަންހެނުންގެ އިތުރުން އިތުރު ފިރިހެނަކު ޝަހީދުވެފައިވާ ކަމަށެވެ.

ވަފާ ބުނީ އެގެއަށް އިސްރާއީލް ސިފައިން ބޮން އެޅިއިރު ގޭގެ މީހުން ތިބީ ނިދާފައި ކަމަށެވެ.

ބޮން އެޅުމުގެ ސަބަބުން އެގޭގެ 13 މީހަކު ވަނީ ޒަހަމްވެފައެވެ.

ޣައްޒާގެ ހާލަތު ގެނެސްދޭ ލައިވް ބްލޮގް

އިސްރާއީލާއި ޣައްޒާގެ މުޖާހިދުންނާއި ދެމެދު ހަމަލާތައް ބަދަލުކުރަން ފެށީ އިސްލާމިކް ޖިހާދުގެ ކޮމާންޑަރެއް ކަމަށްވާ އަބޫ އަލް-އަތާ ޝަހީދުކޮށްލުމުންނެވެ. އޭނާ ޝަހީދުވީ އޭނާގެ ގޭގައި ހުއްޓާ އިސްރާއީލުން ދިން ހަމަލާއެއްގައެވެ. އަބޫ އަލް-އަތާގެ މަރުގެ ބަދަލުހިފަން އިސްލަމިކް ޖިހާދުން ގެންދަނީ މެދުކެނޑުމެއްނެތި އިސްރާއީލަށް ރޮކެޓް ހަމަލާތައް ދެމުންނެވެ.