މިސައިލު ހަމަލާއަކަށް ތައްޔާރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާ އަށް އިންޒާރު ދީފިއެވެ.

ޓްރަމްޕް މިހެން ބުނެފައިމިވަނީ ސީރިޔާ އަށް އެމެރިކާ އިން މިސައިލު ހަމަލާތަކެއް ދީފިނަމަ، އެ މިސައިލުތައް ވައްޓާލާނެ ކަމުގެ އިންޒާރު ލުބްނާނަށް ކަނޑައަޅުއްވާފައި ހުންނަވާ ރަޝިޔާގެ ސަފީރު ދެއްވާފައިވަނިކޮށެވެ.

މިކަމާ ގުޅިގެން ޓްރަމްޕް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާ އިން މިސައިލުތައް ސީރިޔާ އަށް ފޮނުވާނެ ކަމަށާއި އެކަމަށް ރަޝިޔާ އިން ތައްޔާރުވެގެން ތިބުމަށް ގޮވާލާފައެވެ. އަދި ރަޝިޔާ އިން ވެސް މީހުން މެރުމަށްފަހު އެކަމާ އުފާފާޅުކުރާ ބަޔަކާ ގުޅެންޖެހޭ ސަބަބެއް ނެތް ކަމަށް ވެސް ޓްރަމްޕް ބުންޏެވެ.

ސީރިޔާގެ ސަރުކާރުގެ ބާރުގަދަ ހިސާބުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާ އާއި އެހެންވެސް ގައުމުތަކުން ދީފައިމިވަނީ ދާދިފަހުން ސީރިއާގައި އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ދޫމާއަށް ކެމިކަލް ހަމަލާއެއް ސީރިއާގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދީފައިވާތީއެވެ.

އެ ހަމަލާގައި 70 މީހަކު މަރުވިއިރު އެ ހަމަލާގައި ކްލޮރިން ގޭހާއި އެއަށް ވުރެ ބާރުގަދަ ގޭހެއް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ރަޝިޔާ އަކީ ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް ތާއީދުކޮށް ވާގިވެރިވާ އެއް ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބެ

    މިއޮތީ އަނެއް ހަކަންތަކާ ދިމާވެފަ، ދެވަނަ ބޮޑު ހަނގުރާން ފެށެނީ.

    • އިރުފާން

      ހުސޭނުބޭ.....އަހަރުމެން ދެވަނަ ބޮޑުހަގުރާމަ ނިންމާލައިގެން މިތިބީ..

  2. ބަކަރި

    ތިއުޅެނީ އިޒުރޭލަށް ސީރިޔާގެ ބިން ހަދިޔާކުރަން އެއްވެސް ހާލެއްގައި ޓުރަމްޕުގެ ހިތުގައި މުސްލިމުންނަށް ރަހުމެއްނެއް... ތީޔަހޫދީންނަށް ކޮއްދޭކަމެއް